ސަލާހުއްދީން ސްކޫލު: އެ ސްކޫލުގައި ބުލީ ކުރި ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
13 ޑިސެމްބަރ 2023 - 14:37
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގާ ސަލާހުއްދީން ސްކޫލުގައި ކިޔަވާ ދަރިވަރަކަށް އެ ސްކޫލުގައި ކިޔަވާ އެހެން ދަރިވަރުންތަކެއް ބުލީކުރި ކަމަށް ބުނާ މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސަލާހުއްދީން ސްކޫލުގައި ދަރިވަރަކަށް ބުލީކުރި ކަމަށް ބުނާ މައްސަލަ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ ދަރިވަރަކީ ސަލާހުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ކުއްޖެއް ކަމަށެވެ. އެ ދަރިވަރަށް ތިން ކުއްޖަކު ބުލީ ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ބެލެނިވެރިންނަށް ކުއްޖާގެ ފަރާތުން ތަފާތުތަކެއް ފާހަގަވެ، އެކަން ކްލާސް ޓީޗަރުގެ ސަމާލުކަމަށް ގެނައި ނަމަވެސް "އެއީ ހައިޕާ އެކްޓިވް ކުދިންތަކެއް ކުރާ ކަމެއް" ކަމަށް ބުނެ އެ މައްސަލަ ނުބެލި ކަމަށް ބެލެނިވެރިޔާއާ ހަވާލާދީ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ބުލ؛ީ ކުރި ދަރުވަރުގެ ބޯ ކޮށާލާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ޖުލާ/ ފޭސްބުކް
އެކަން ތަކުރާރުވަމުން ގޮސް އިއްޔެ ކުއްޖާ ސްކޫލުން ގެއަށް ދިޔައިރު ބޯކޮށާލައި ޔުނީފޯމުގެ ސޯޓުގެ ކުރިމަތި، ކަތުރުން ކަފައިލާފައި ހުރި ކަމަށް ކުއްޖާގެ މަންމައާ ހަވާލާދީ އޭގައިވެ އެވެ.
ބުލީގެ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ފަހުން ދަރިފުޅާ ވާހަކަ ދެއްކުމުން އެ ކުދިން ކުރި ކަންކަން ކިޔައިދިން ކަމަށާއި ސްކޫލަށް ގެންދާ ފެންފުޅީގައި އެ ކުދިން ދޫލާތީ ފެން ނުބޮއި ހުންނަ ކަމަށް ކުއްޖާ މަންމަ ކިޔައިދީފައިވެ އެވެ. އަދި ފޮތް ފަންސޫރު/ކުލަ ގެއަށް އަންނަ އިރު ބިންދާފައި ހުރުން ކަހަލަ ކަންކަން ވެސް ކޮށްފައި ހުންނަ ކަމަށް ކުއްޖާގެ މަންމަ ބުނެފައި ވެ އެވެ.
އެކަން ސްކޫލު ޕްރިންސިޕަލާއި ކުއްޖާގެ ޓީޗަރުންގެ ސަމާލުކަމަށް ގެނައުމުން ކްލާސް ޓީޗަރުން ކުއްޖާގެ ވާހަކަ ދޮގުކުރި ކަމަށާއި އެއީ އެ ކުއްޖާ އަމިއްލަ އަށް ކުރި ކަމެއް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށް ވެސް ވެ އެވެ.
ކުއްޖާގެ ސޯޓު ކަތުރުން ކަފާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ޖުހާ/ ފޭސްބުކް
ނަމަވެސް އެ ކުއްޖާ ހަދަނީ ދޮގު ކަމަށް ގަބޫލުކުރެވޭ ގޮތަށް ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް ވެސް ވާހަކަދެއްކި ކަމަށް ވެއެވެ. ޕޯސްޓުގައި އިތުރަށް ބުނީ، އެ ކުއްޖާގެ ބެލެނިވެރިން އަނބުރާ ގެއަށް އައިތަނާ ބުލީ ކުރި ކުއްޖެއްގެ ބެލެނިވެރިއެއް ގުޅި ކަމަށާއި އޭނާ ވަރަށް ރީތިކޮށް ވާހަކަދައްކައި މާފަށް އެދުނު ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެ އެވެ. އަދި އެކުއްޖާގެ ބޯކޮށާލި ކަމަށް އެ ކުއްޖާ އެ ބެލެނިވެރިޔާ ގާތު ބުނި ކަމަށް ވެސް އެމީހާ ގުޅާފައި ބުނި ކަމަށް ވެއެވެ.
އެކޯލް ރިކޯޑިން ހިފައިގެން ޓީޗަރަށާއި ޑެޕިއުޓީ ޕްރިންސިޕަލަށް އަޑު އިއްވުމުން ޓީޗަރު އެކަމުގައި އެއްޗެއް ބުނެފައި ނުވާއިރު އެކަމުގައި ޑެޕިއުޓީ ޕްރިންސިޕަލް ވަނީ ކޮންމެ އެއްޗެއް ރިކޯޑު ކުރަނީ ކީއްވެތޯ ސުވާލުކޮށްފައި ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެ އެވެ.
ކުއްޖާގެ ކުލަ ފަންސޫރު ބިންދާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ޖުހާ/ ފޭސްބުކް
މި ޕޯސްޓްގައި ހިމެނޭ ވާހަކަތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންތޯ ދެންނެވުމުން ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މި މައްސަލާގައި ވާހަކަ ދައްކާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.
ސްކޫލްތަކުގައި ހިންގާ އެފަދަ ބުލީ ކުރުންތަކުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޓީޗަރަށާއި ޕްރިންސިޕަލަށް ވެސް ފާޑުކިޔަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންއަލި 5
15 December 2023
ހޮޅުއަށި ތަކުގަވެސް، ކުޑަކުދިންނަށް ނޫނަސް މަޖަލަކަށް ހަދައިގެން ބުލީ ކުރާލެއް މި ކުދިކުދި މުޖުތމަޢުތަކުގައި މަދެއްނޫން... ސިޔާސީ މީހުން އަކަކު އަނެކަކަށް މިކުރާ ފުރައްސާރަލާނެ ތަނެއް ކިޔާބަލަ... މީ އާދައިގެ ކަމެއް މިހާރު... އިސްލާމީ ރިވެތި އާދަކާދަތައް ނެތި ދާތީ ކުރިމަތިވާ ކަންކަންމީ.
މަގޭހިޔާލު1
14 December 2023
ބުލީކުރުން އާންމުވެފައިވާއިރު އެއީ ގޭތެރެއިން ވެސް ހައްލުކުރަން ޖެހިފައިވާ ކަމެއް، ހަމައެކަނި ސްކޫލުން ކުރަންޖެހޭ ކަމެއްކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ހުރިހާ ކުދިންނަށާއި ބެލެނިވެރިންނަށް އަދި ސްކޫލުގެ އެންމެހާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.
އަހުމަދު
14 December 2023
ބުލީގެ މައްސަލައެ ހުށައަޅައިފިނަމަ ކުލާސްޓޗަރުވެސް އަދި ސްކޫލުންވެސް ބުލީގެ ޝިކާރައަކައްވާ ކުއްޖާ ބާކީކޮށް ކުލާހުގައި އެކަހެރި ކޮށްލާ.ބުލީކުރާ ކުދިން އިތުރަށް ބުލީކުރަން ހިއްވަރުދޭ.
އަލީބަލީ
14 December 2023
ސުކޫލުތަކުން ބުލީ އަކަށް އެއްބާރުލުމަށް ނުދޭ. ސީސީޓީވީ ބަލަން އެދުނަސް ނުދައްކާ. ޝަކުވާ ހުށަހެޅިޔަސް ބަލައެއް ނުވާނޭ. ދެރަވަރު. ތިންވަނަ ފަރާތަކުން މިކަން ވަގުތުން ބަލަން ޖެހޭ. ޕޮލިހަށް މައްސަލަ ލައި ނޫސް ހަބާރުގައި ޖަހައި މިކަން ހައްލެއް ނުވާނެ.
ނިޝާނީ
14 December 2023
ޕްރިންސިޕަލްއަކީ ވަރަށް ގިނަ މީހުންގެ ނަޒަރުގައި ހިންގުންތެރި، އޯގާތެރި 100 ގެ ޕްރިންސިޕަލެއް. ގިނަ އަމިއްލަ ސިނކުޑިން ވިސްނާލާފައި ގޮތް ނިންމާ. ބަދުނާމުކޮށްލަންވީމަ ރަނގަޅު އެއްކަމެއް ވެސް ނުފެނުން އެއީ ވަރަށް ދެރަ ކަމެއް. ނަމަވެސް، މެނޭޖްމަންޓްގެ ބައެއް މީހުން، ބައެއް އެލްޓީން، ބައެއް ޑެޕިއުޓީން، ބައެއް މަންދޫބުން ވެސް ބޭއިންސާފާއި، މަލާމާތާއި ފުރައްސާރަކުރުން ފަދަ ކަންކަން އެންޓަޓެއިންގ ކުރާކަން ފާހަގަކުރެވޭ. އެއީ މިފަދަ ކަންކަމަށް ހިއްވަރެއް
ނިޝާނީ
14 December 2023
ތި ޞަ؛ާޙުއްދީންގައި، ޓީޗަރުން ޓީޗަރުން ޖައްސާލައިގެން، ބެލެވިވެރިން ބެލެނިވެރިނާ ޖައްސާލައިގެން، މަންދޫބުން މަންދޫބުންނާ ޖައްސާލައިގެން، ބެލެނިވެރިން ކުދިންނާ ޖައްސާލައިގެން، އެލްޓީން ބެލެނިވެރިންނާ ޖައްސާލައިގެން، މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ޙައްދުން ނެއްޓިފައި އޮތީ، އިންސާފާއި ހަމަހަމަކަމަކީ ވުޖޫދުގައި ވެސް އޮތްކަމެއް ނޫން ތިތާނގައި. ދެން ކުދިންނަށް ވާނެ ގޮތް ވިސްނާލާ
LaamuonlineDOTcom
14 December 2023
ފުރަމަތމަ ފިޔަވަޅުއަޅަންޖެހިފައިތިއޮތީ ތިޔަ ޓީޗަރަށާއި ޑެޕިއުޓީ ޕްރިންސިޕަލަށް ނޫންތޯ؟ ސެޓުފިކެޓުގަނޑެއް އަތުގައި އޮތަކަސްއެއީ އެމީހަކު ގާބިލުވީކީނޫން! ވިޔާނުދާކޮށް އަދި އެހެންކުދިންނަށް ޖެއްސުންކޮށް ހަދާކުދިންނާމެދު ސުކޫލުތަކުން އެކަށީގެންވާ ފިޔަވަޅެއްނާޅާތާ ކިތަންމެ ޒަމާނެއް، ލ.ގަމުގައި ހިންގާ ހަމަދުސުކޫލު ނުވަތަ ގަތަރުސުކޫލުގައިވެސް ވިޔާނުދާކޮށްއުޅޭކުދިން އިސްލާހުކުރުމަށް އެކަށީގެންވާ ފިޔަވަޅެއްނާޅާ މައްސަލަ ވަރަށްބޮޑު!
ނަން
14 December 2023
ކޮބާތަ އެކަށީގެންވާ ފިޔަވަޅަކީ. ކުދިން ސްކޫލުން ކޭޑޭކަން ނެތް. ސަސްޕެންޑު ނުކުރެވޭ، އަދަބެއް ނުދެވޭ. ދެން ބޭނުން ގޮތަކަށް އުޅެންވީނު
ރާމީ33
14 December 2023
ތީ ކަލާފާން ސްކޫލުގަ އާއްމުކަމެއް.. އެތާންގަ ދަށްގްޜޭޑްގައި އުޅޭ ޓީޗަރުން ގަބޫލެއް ނުވެސްކުރާނެ ކްލާސްތެރޭ އެމީހުންނަށް ނޭގި ކުއްޖަކު ނޭވާއެއްވެސް ލާނެކަމަށް. އެހާވެސް ރަނަގަޅަށް ކުދިން ކްލާހުގަ ބަލަހައްޓާކަމަށް ވާހަދައްކާނީ.. ކުދިން ތަފާތުކުރުން މީ ޓީޗަރުން ކުދިންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް.
ސަރީފާ
14 December 2023
ކުދިން އަދި ޓީޗަރުންވެސް އެބަޖެހޭ ޑިސިޕްލިން ކުރަން. ހުރިހާއެއްމެން އުޅެނީ ހިތަށްއަރާގޮތަކަށް. މިކަން ރަގަޅުކުރެވޭނީ ސޮސައިޓީ ހަމަމަގަށް އަޅުވައިގެން.
ބަލަމާ
14 December 2023
ކުޅިވަރު އެސޯސިއޭޝަންތަކުގެ ކޯޗުންވެސް ކުދިންނަށް ބުލީކުރޭ. ކާކު މިކަންތައް ބަލަނީ. އެތަންތާވެސް ކުޅުންތެރިންނޭ ކިޔާފަ ތިބެނީ ކުޑަކުދިން.