އެފްޑީސީ ފްލެޓް މޮޑެލް ދައްކާލަނީ. އަންނަ އަހަރުގެ ފެބުރުއަރީ އަށް 500 އަށް ވުރެން ގިނަ ފްލެޓް ނިމޭނެ ކަމަށް ހަމްދާން ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޑިސެމްބަރ 2023 - 11:26
އަންނަ އަހަރުގެ ފެބުރުއަރީއަށް 500 އަށް ވުރެން ގިނަ ފްލެޓް ނިންމައި ހަވާލު ކުރެވޭނެ ކަމަށާއި އަހަރު ނިމެންވާ އިރަށް ބާކީ ހުރި ފްލެޓްތައް ވެސް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" މޮކް-އަޕް ދައްކާލަން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް ޝަކީލު ވިދާޅުވީ ފުރަތަމަ ހަތަރު ޓަވަރު އަންނަ އަހަރުގެ ފެބުރުއަރީ އަށް ނިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޓަވަރުތަކުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަދު މަސައްކަތްތަކެއް ކަމަށާއި ނިމުނުހާ އަވަހަކަށް އެތަންތަން ހަވާލުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ސްޕީޑު އަވަސް ކުރަން މިހާރު ވަނީ ބައެއް ކަންކަމަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.
އެފްޑީސީގެ "މޮކް-އަޕް" އެޕާޓްމެންޓެއް. ހުޅުމާލޭގައި 4،000 ފްލެޓް އަންނަނީ އަޅަމުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ޓަވަރުތައް ނިމޭ ވަރަކުން ރިސޯސަސް ދެން ހުރި ޓަވަރުތަކަށް ޑައިވާޓް ކުރަމުން ދާނީ. ޕްލޭނަކީ ހުރިހާ އެއްޗެއް މަޑުމަޑުން ގެންދިއުމުގެ ބަދަލުގައި އަވަހަށް ފްލެޓްތައް ނިންމާލައި މީހުންނަށް ބަދަލުވެވޭނެ ގޮތް ހެދުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީއަށް ފަހު، ކޮންމެ ދެ މަހަކުން ފްލެޓެއް ނިންމައި ހަވާލުކުރެވޭނެ އެވެ.
"އަޅުގަނޑުގެ އަމާޒަކީ [އަންނަ އަހަރު] ޑިސެމްބަރު 31ގެ ކުރިން 32ޓަވަރު ނިންމާލުން،" އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ، ފްލެޓްތައް އަޅަން ލޮޖިސްޓިކަލް އުނދަގޫތައް ވެސް ހުރުމުން އެކަންކަން ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
"އަމާން ދޯދި" ފްލެޓް އިމާރާތެއް. މި ޓަވަރުތައް ނިމޭނީ އަންނަ އަހަރުގެ މެދު ތެރެއަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުރަތަމަ ނިމޭ ހަތަރު ޓަވަރު ހަވާލުކޮށްފައި ވަނީ ޖޭއެމްސީ ކުންފުންޏާ އެވެ. އަދި އެންބީސީސީއާ ހަވާލުކޮށްގެން ހަދާ ފްލެޓްތަކުގެ ތެރެއިން 600 ފްލެޓް އަންނަ އަހަރުގެ މެދު ތެރެއަށް ނިމޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
14 December 2023
ކުރީ ސަރުކާރުން ފްލެޓް ޓަވަރ ތަކުގެ ބިންގާ އަޅައިދީފި. ދެން މި ސަރުކާރުން އެ ތަންތަން އަވަސް ސްޕީޑް ގަ ނިންމައިދީފިއްޔާ އޭގެ ކްރެޑިޓް މި ސަރުކާރަށްވެސް ލިބެން ޖެހޭ ދެއްތޯ. އެހެނެއްކަމަކު މި ފްލެޓްތަކުގެ ޑިޒައިނާއި ސައިޒް އަދި ފިނިޝިން ނިންމަން ކަނޑައަޅާފައިވާ ސްޓޭންޑަޑް ގެ ކްރެޑިޓް ހަމަ ރައީސް އިބޫ ޞާލިޙް ގެ ސަރުކާރަށް ދޭންޖެހޭނީ.
ލަދުވެތިޔާ
14 December 2023
ބިންގާ އަޅާފައި ހުރިތަނެއް މަސްދުވަހުން ނިންމާލީތަ. ފިތުނަބޭމެން ހާދަފާސްޓޭ. ކޮއިފުޅާ ގިނަ ޓަވަރުތައް ހުރީ ނިމުމާއި ގާތުގައި. ކުލަލައިގެން ތިދައްކަނީ އެތަންތަން.
ކިނާރީ
14 December 2023
ކުރީސަރުކާރުން ލިޔުން ލިބިފަވާފަރާތްތަކަށް ފުރަތަމަ އަށް . އެއީވައުދު. އިސްކަން ދެއްވަން ޖެހެނީ މިވެނި ފޮއްޓަށް ވޯޓް ވައްޓާލަން އެންގީމަ ތަނެއްގަ ލައްވާނުލާ ދަފްތަރަށް މާރީތި ނަމަކަށް ނުވާއިރު ، އެވެސް ދިވެހިރައްޔިތުން . ހޮހޮޅާގަ ދިރިއުޅޭން ބޭނުންވާމީހުން ވެސް ބޯހިޔާވޭތޯ ބަލާނެ . ސަރުތު ފުރިހަމަ ވާނެ ދިވެހިފަސްގަޑުން ދިވެހި ރައްޔިތުންނަށް . ސަރުތު ފުރިހަމަ ނުވެއޭ ބުނީމަ މަގުމަތީ ފޮތިގަޑު ފަތުރައިގެން ދިރިއުޅެވޭނެ ތަނެއް ނޫން ދިވެހިރާއްޖެ އަކީ
މަސްތު
14 December 2023
ކަލޭ ހިތުން މޮޅު އެއްޗެއް ބުނެލީމާ ކަލޭ ހިތައް ފިނިކަމެއް ލިބޭނޭކަމަށް ހީވުމީ ޅެމާ ފަރިއްސަވުރެ ޗާލު އެއްޗެހި ދުނިޔެއަށް އައިކަމަށް ހީނުވުން
މިއަވީކިހިނެތް
14 December 2023
ކުރިންބުނީ 3 ޓަވަރޭ ނިމެންހުރީ. މިހާރުމިއީ ކޮންތަނަކުން ކުއްލިއަކަށް ފާޅުވި ޓަވަރެއްތަ. އަނެއްކާ އަލާއުއްދީނުގެ ވޮއްގަނޑު ބޭނުންކުރީތަ. އަދިވެސް ތެދެއްނަހަދާތި.
ޕްރޮފެސަރ. ތާކިހާބެ
14 December 2023
މާލޭ ރައްޔިތުން ނަށް މިދިޔަ ވެރިކަމުގައި ދެއްވާފައިވާ ބިން ތަކުގައި މްސައްކަތް ކުރެވޭ ގޮތަށް ފެނާއި ކަރަންޓް އަސާސީ ހަދިމަތް ދެއްވާ...
އައްލާ.
14 December 2023
450 ނެގީމަ ދެން ވަރަށް މަދު ބައެއްތާ ބާކީ ވާނި
ފޫހި
14 December 2023
ތިޔަތަންތަން ދޭންޖެހޭނީ އަލުން ބެލުމަށްފަހު މާލޭގައި 30 އަހަރު 40 އަހަރު ދިރިއުޅުނު މީހުންނަށް އިސްކަންދީގެން. ކުރީސަރުކާރުން ހުރީ ހަމަ ބޭނުންބަޔަކަށް ބަހާލާފަ.
ރެފިއުޖީ
14 December 2023
އަވަސް ކުރޭ. މި ސަރުކާރުގެ ސުޕީޑު ދައްކާލާ.
ކިނާރީ
14 December 2023
އުއްމީދު ކުރަނީ ހުވަފެން ހަގީގަތަކަށް ހައްދަވާދެއްވާނެ ކަމަށް . އެންމެ އަސާސީ ހައްޤަކީ ސަރުތަކާ ނުލާ ބޮލަށް ހިޔާވުން . މަގާމް ލިބޭމީހުން ވެސް ދެނީ ވޯޓް . ބޯހިޔަލަށް އުއްމީދު ކުރާމީހުންވެސް ދޭނީވޯޓް .
ބަބޫ
14 December 2023
ދެވޭނީ ކަލޭމެންނާ އޭސީސީއާއި ގުޅިގެން ތިލުޅޭކުޅި ނިމިގެންދޯ. މަޖިލީސް އިންތިހާބުގެ ކުރިން އެކަން ނުނިންމާނެކަމުގެ އަޑުއޮތީ އިވިފައި
ޤަލީލީ
14 December 2023
ހިތުން މިބޭފުޅުން އެޅި ތަނެއް ދެއްތޯ؟ ޝުކުރިއްޔާ އިބޫ ސޯލިހު
ކިނާރީ
14 December 2023
ބިންގާ އެޅީ މުސާރަ ނައްގަވާތީ . ވީވައުދަކަށް ވާތީ ގެއްިގެން ދިއަ ފުލެޓް ވެސް ގެއްލުނީ ނިމުނު ސަރުކާރުގެ ސަބަބުން . ކުރީ ސަރުކާރުން ލިޔުން ދިނީމަ ގެއްލުވާލީ ދިވެހި ރައްޔިތުން ގެ ސަރުތު ހަމަ ނުވާކަމަށް ނިއްމާފަ . އެހެންވީމާ ޝުކުރު އަދާ ނުކުރާނަން .
ދޮންފުތު
14 December 2023
މަވެސް ހީކުރީ މުއިއްޒު އަލާއޮއްދީން ވޮށްކޮޅުގެ ބޭނުންކޮށްގެން އެޅި ތަންތަން ކަމަށް.. ހައިދަރުމެން ހިތައް ހާދަހާ އަސަރެކޭ ތިކުރަނީ ރީތި ރީތި އެޕާރޓްމެންޓްތައް ފެނުނީމަ. ޢަޅެ ދެންވެސް މުއިއްޒުގެ ހުރި މޮޅުކަމެއްދައްކާލަން އަހަރެމެންކަހަލަ ނިކަމެތިންނަށް ހެޔޮ އަގުގައި ޗާލު ޗާލު ފުލެޓްތައް އަޅާފައި ދީބަލަ.
ހާސަރު
14 December 2023
ޝުކުރިއްޔާ އިބޫ. ދިރިއުޅެން ފަސޭހަ ސައިޒުން ބޮޑު ލިފްޓްކައިރީ ތޮއްޖެހެން ނުޖެހޭގޮތަށް ތިޔަ ހަދާދެއްވި ފްލެޓްތަކަށްޓަކާ.