24 ޑިސެމްބަރ 2023 - 17:41
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދު އަށް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ފުޅަދު އަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ.
އަދި ހިދުމަތުގެ ސަބަބުން ފުޅަދޫގެ އިތުރުން އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދު އާއި ފެހެންދު އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހިތްފަސޭހަ ދަތުރެއްގެ ތަޖުރިބާ ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެ އަތޮޅަށް ސީޕްލޭންގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
25 December 2023
އަގުތައްވެސް ޖަހާލަދިންނަމަ.
ކަކުނިބޯ
25 December 2023
ޜަމްވޭހަދާގެންވެސް ނުހަދާވެސް ސީޕްލޭންގެގޮތިގައޮވެސް ރާއްޖެއަށް އެންމމެ އެކަށީގެންވާ ވައިގެ ޓްރާންސްޕޯޓަކީ މީ މުޅިރާއްޖެ ގުޅާލަން ފެނޭ
ޓިނުޖެހިގޭ ރަޙީމުބޭ
24 December 2023
އުދުހެނަ ބަތްތެއްލާ ޖެއްސުންމާ މިރަޓު މީހުންނަށް ވަރަށް އުފާވެރި އުފަލެއްގެ އިހުސާސެއް ކުރެވުނު@
ސައިމް
24 December 2023
ދިވެއްސަކަށް ތި ހިދުމަތް ލިބޭތަ؟
ރައްލި ދަ ކްރޫ
25 December 2023
ލާރި ހުރިއްޔާ ހިދުމަތް ލިބޭނެ އެކަމު ނޯ މަނީ ނޯ ޗާންސް.
ޖުމޭރާ
24 December 2023
އަގު ކިހާވަރެއް
ޙހތެަދޗޗ
25 December 2023
ޢަގުގެ ވާހަކަ ނުދައްކާ!
ރަންނަ
24 December 2023
އަގު ކިހާވަރެއް؟؟