ޖުލައި 20، 2022 ގައި ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި ސިފައިންނާއި ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --އޭއެފްޕީ
01 ޖެނުއަރީ 2024 - 05:33
ސްރީ ލަންކާގައި ޑްރަގާ ދެކޮޅަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ސިއްރު ފުލުހުންގެ ބަޔަކަށް ސިފައިންނަށް އޮޅިގެން ހަމަލާ ދެވުމުން އެއް ފުލުހަކު މަރުވެ އެހެން މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
މިދިޔަ ތިން ހަފްތާ ތެރޭ 17،000 މީހަކު ހައްޔަރުކޮށްފައިވާ "ޔުކްތީވާ" އޮޕަރޭޝަނުގައި ފުލުހަކު މަރުވީ ސާފިން އަށް މަޝްހޫރު ވެލިގަމާގެ ބީޗް ހޮޓަލެއްގައި ތިބި ސިއްރު ފުލުހުންގެ ބަޔަކު ވޭނެއްގައި ދަނިކޮށް އެޔަށް ބަޑި ޖެހުމުންނެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކި ފުލުހުންގެ އޮފިސަރަކު ބުނީ ހޮޓާ ހުންނަ ސަރަހައްދަށް، ޑްރަގް އޮޕަރޭޝަންގައި އުޅޭ ފުލުހުންނަށް އެހީވާ ސިފައިންގެ ޓީމު ދިޔައީ އެ ހިސާބުގައި ޑްރަގް އޮޕަރޭޝަނަކާ ގުޅުމެއް ވެސް ނެތް ބަޑިޖެހުމުގެ ހާދިސާއެއް ހިނގުމުން ކަމަށެވެ. އެ ވަގުތު ސިފައިންނަށް ފެނުނީ ހޮޓަލުން ނުކުމެގެން ބާރަށް ދުއްވާފައި ދިޔަ ވޭނެކެވެ.
"ސިފައިންނަކަށް ނޭނގެ އޭގައި ތިބީ ކޮލަމްބޯ ކްރައިމް ޑިވިޝަންގެ ފުލުހުން ކަމެއް،" ފުލުހުންގެ އޮފިސަރަކު ބުންޏެވެ.
އޭނާ ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން އަންނާތީ އިތުރު މައުލާމާތެއް އަދި ނެތް ކަމަށެވެ.
މިއީ މިދިޔަ މަހު 10 ގައި މި އޮޕަރޭޝަން ފެށި ފަހުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމާ ދެކޮޅަށް ފެށި މި އޮޕަރޭޝަންގައި ކޯޓު އަމުރަކައި ނުލައި ވެސް ތަންތަނަށް ވަދެ ފާސްކޮށް މީހުން ހައްޔަރުކުރެ އެވެ. އެހެންވެ މިއީ ޣައިރު ގާނޫނީ އޮޕަރޭޝަނެއް ކަމަށް ލަންކާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ސައިފުލް
02 January 2024
ރާއްޖޭގައިވެސް މި ކަހަލަ އޮޕަރޭޝަނެއް ޖައްސަން ފެންނަނީ! ކީއްވެބާ މި ކަހަލަ ކަމެއް ރާއްޖޭގައި ނުކުރެވެންވީކީ، އަދި މާ ކުޑަ ތަނެއް މީ އެހެންވީމަ ފަސޭހަވެސް ވާނެ ނު!
ނުރަބޯ
01 January 2024
ރާއްޖޭގައި ކުރިން ހިންގި ވެރިކަމުން، ޑްރަގް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އެކަމަށް މަގުފަހިވާނެ އިތުރުދޮރެެއް ހުޅުވައިދިނީ އެވެ. އެއީ ވެރިކަމުގެ ބޮޑުންނާ އެ ފަންތީގެ މީހުންގެ ފޮށިތައްމަތި(ލަގެޖް) ޗެކް ނުކުރާގޮތަށް ހަމަޖެއްސީއެވެ.
ދޮންހުއް ތު
01 January 2024
މި 5 އަހަރު ޑުރަގު ވާހަކަ ނުދެއްކުން އެއީ ވަޢުދެއް
އިހްސާސް
01 January 2024
ރާއްޖޭގައި ޑުރަގު އޮޕަރޭޝަނެއް ނިކަން ހިންގާލަބަލަ. ލައްކަ އެއްޗެހި ފެންނާނެ.