އާޒިމާގެ ކެމްޕެއިނު ރެލީއެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
10 ޖެނުއަރީ 2024 - 11:43
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ތަންފީޒުކޮށްދެވޭނެ އަދި މާލެއަށް އެ މަނިކުފާނު ކޮށްދެއްވި ހިދުމަތާ އެއްވަރުގެ ހިދުމަތެއް ދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވި އެވެ.
މި މަހުގެ 14 ގައި ބާއްވާ މާލޭގޭ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ރޭ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މޭޔަރުގެ އިތުރުން މާލޭގެ މުޅި މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
"ސިޓީ ކައުންސިލްގެ ސުޕަމެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް އޮންނަން އެބަ ޖެހޭ. މާނައަކީ ދައުލަތުން ފަހިކުރާ ކަންކަން ހިންގުމަށްޓަކައި މާލެ ސިޓީން އެ ރާވާ ކަންތައްތަކާ އެއްގޮތަށް ހިންގުމަށް ބޭނުން ވެޔޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މޭޔަރެއްގެ ގޮތުގައި ހުންނެވިއިރު އެ މަނިކުފާނުގެ ހިކުމަތްތެރިކަމުން މަސައްކަތް ކުރެއްވީ އެހެނިހެން ޕާޓީތަކުގެ މެންބަރުންނާ ވެސް ވަރަށް ގުޅިގެން ކަމަށެވެ.
އާޒިމާގެ ކެމްޕެއިނު ރެލީއެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭގެ ނަތީޖާއަކީ މާލޭގެ މޭޔަރުކަމަށް މިހާރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވެސް ރައީސް މުއިއްޒުގެ ތަސައްވުރު ގަބޫލުކުރައްވައި އެ ކަންކަން ކޮންމެހެން ވެސް ތަންފީޒު ކުރަންޖެހޭ ކަމަށް ގަބޫލުކުރެއްވުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެކަމަކު، ރައީސް މުއިއްޒު ކެންޑިޑޭޓަކު ދައްކަވާފައިވާ ކަމަށާއި ރައްޔިތުންނާ ހަމައަށް ގެންނަން ބޭނުންވާ ތަރައްގީ ގެނެވޭނީ އާޒިމާ ހޮވައިގެން ކަމަށެވެ.
"[އާޒިމާއަކީ] ތެދުވެރި، ހިކުމަތްތެރި ވެރިންނާއެކީގައި މަސައްކަތް ކުރަން، ވެރިންގެ ފަހަތުން މަސައްކަތް ކުރަން ތިބޭނެ ފަރާތްތަކެއް، އެހާ ކެރޭނެ އެހާ ހިދުމަތްތެރި ބަޔަކަށް ވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސިޓީ ކައުންސިލާއި ސަރުކާރާ މެދު ހިޔާލުތަފާތުވުންތައް އޮތުމުންނާއި ކައުންސިލަށް ދޭން ޖެހޭ ބާރުތައް ނުދީ އޮތުމުން ވެފައި އޮތް ގޮތް މާޒީއިން ފެންނަ ކަމަށާއި މިއީ އެ ހާލަތު ބަދަލުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުއައިދާ
11 January 2024
އަންހެނުން ބާރުވެރި ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް އާޒިމާ ކަހަލަ ގާބިލު ދަރިން ހޮވުމަކީ
ރިނާޙް
11 January 2024
ސަރުކާރުން ބޭނުންވާ ތަރައްގީ ގެނެވޭނީ ސަރުކާރުގެ ކެންޑިޑޭޓްއެއް ހޮވައިގެން
ރާނީ
10 January 2024
އޭސީސީ ބަލާ ނުނިމެނި ފުލެޓްތަކުގެ ހައްގުވެރިން މަންސަލަ އެކަނިތަ ކީއްވެތަ ފާޓީ ބަދަލު ކުރާ މީހުންނާއި ހުކުމް ކޮށްފަ ކޯޓަށް ފިލާގެން އުޅޭ މީހުން މަންސަލަ ނުބަލަނި
އަހުމަދު
10 January 2024
ދަރަނި ވެފަ ހުރި މޭޔަރކު ރަށްއިތުން ބޭނުމެއް ނުވާނެ
މޯޑޭ
10 January 2024
ކޮން ވައުދެއް ކިޔާކަށް. ކޮބާ ފުލެޓް ތައް ވައުދާއި އެއްގޮތަށް ހަވާލު ކުރޭ
ޓިނު
10 January 2024
ތިމާވީ ވައުދު ނުފުއްދި މީހަކު ކިހެނެއް ސަރުކާރުގެ ވައުދު ފުއްދާނީ
ޓިނު
10 January 2024
ހޮވުމުގެކުރިންވެސް އެއޮތީ އެއްބަސްވުމާއި ޚިލާފުވެފައި
ބުޅާފެންވަރު
10 January 2024
ނުހޮވިއްޖެޔާ މޭޔަރު ފެންވަރުގަ ކޮންމެވެސް ކުންފުންޏަކުން ވަޒީފާ ދޭނެ!
ބޮކަރު
10 January 2024
3. ރ. ޔާމީނަށް ޕާޓީއިން ރިޔާސީ ޓިކެޓް ދިނުމުން ވިދާޅުވީ މިފަހަރު ތާއީދުކުރެވެން ނެތޭ. ދާނީ ކާނަލް ނާޒިމާއެކު ކަމަށް. އެހެން ހެއްދެވީ. 4. މިފަހަރު ޕާޓީ ފެނުނީ އިންތިޚާބު ކާމިޔާބުވި ހިސާބުން. މިއީ 2013 ގައިވެސް ކަންކުރިގޮތް.
ބޮކަރު
10 January 2024
މި ސަރުކާރުގެ މޭޔަރު ކެންޑިޑޭޓަށް ނޫނުކޭ ބުނަންޖެހޭ މައިގަނޑު 4 ސަބަބެއް! 1. ޕީޕީއެމްގެ މެމްބަރުންނަށް ދިމާވި އެންމެ އުނދަގޫ 5 އަހަރަކީ ފާއިތުވި ފަސްއަހަރު، މި ސަރުކާރުގެ ކެންޑިޑޭޓް ޕާޓީީގައިވެސް ނެތް. 2. ކާނިވަލްގައި "ކަނޑުވިއްކާލުމާ ދެކޮޅު" ބޮޑު ޖަލްސާގައި ވިދާޅުވީ ތިމަންނައަކީ މިހާރު ސިޔާސީ މީހެެއް ނޫނޭ.