މިއަދު ކުރިއަށްދާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތައް ހުސްކޮށް: އިންތިހާބަށް ތަރުހީބެއް ނެތް - ފޮޓޯ: ނިޝާން އަލީ / މިހާރު
13 ޖެނުއަރީ 2024 - 11:55
މާލެ ސިޓީގެ މޭޔަރާއި ކައުންސިލްގެ ތިން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގައި ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދިޔަ ނަމަވެސް، މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލާން ތަރުހީބު ފެންނަނީ ކުޑަކޮށެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން މާލޭގައި ވޯޓުލުން ކުރިއަށްދާއިރު މި އިންތިހާބުގައި ޖުމްލަ 54،680 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 10:00 އާ ހަމައަށް ވޯޓުލާފައިވަނީ 2،633 މީހުންނެވެ. އެއީ ހައްގު ލިބޭ މީހުންގެ އެންމެ 4.7 ޕަސެންޓެވެ.
ތަފާސްހިސާބުތައް ދަައްކާ ގޮތުން 11:00އާ ހަމައަށް ވޯޓުލާފައިވަނީ 4،236 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 7.56 ޕަސެންޓެވެ.
ވޯޓުލާ މަރުކަޒުތައް މި ވަގުތަށް އޮތީ ހުސްކޮށެވެ. ދިގު ކިޔުއެއް އޮތް އެއްވެސް މަރުކަޒެއް ނެތެވެ.
އާންމު ގޮތެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކަށް އެހެން އިންތިހާބުތަކާ އަޅާ ބަލާއިރު ތަރުހީބު ކުޑަ އެވެ. އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ވޯޓުލުމަށް ނުކުތުމަށް އެދިފަ އެވެ. އަދި ވޯޓުލުން އެއް ގަޑިއިރަށް ކޮމިޝަނުން ވަނީ ދަންމާލަން ވެސް ނިންމައިފަ އެވެ.
ރާއްޖޭގެ އިންތިހާބުތަކުގައި އާންމުކޮށް ވޯޓުލާން ގިނަ މީހުން ނުކުންނަނީ ފަހު ވަގުތު އެވެ.
މިއަދު ކުރިއަށްދާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތައް ހުސްކޮށް: އިންތިހާބަށް ތަރުހީބެއް ނެތް - ފޮޓޯ: ނިޝާން އަލީ / މިހާރު
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ:
- ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
- އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
- ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ)
- އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު
- އަމިއްލަ ގޮތުން ޝުއައިބް އަލީ
މާލޭ ސިޓީ ކައުންސިލްގެ އިތުރުން ދެން މިއަދު ކުރިއަށްދަނީ މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދަން
13 January 2024
ކެނޑިޑޭޓުން ކަޑަ.
ބޯގުޑާ ލަތީފް
13 January 2024
މިކަމުން މި ދައްކާދެނީ ސިޔާސީ މީހުންނާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ވަރު. ޚާއްސަކޮށް މި ސަރުކާރު ގެންނަން ވޯޓްލީ މިހުން މާޔޫސްވެފައި ވާވަރު.
ޕްރޭމްޗޯޕްރާ
13 January 2024
ރައްޔިތުންނަށް ކަންތައްކޮށްދޭން ވަޢުދުވެގެން އައިސް ގިނަފައިސާދޭ ފަރާތްތަކަށް ބަދަލުވެ ރައްޔިތުން އެދޭ ގޮތޭ ބުނެ ރައީސް ވިދާޅުވާހެން ހަދަނީ ބުހުތާން ދޮގު ކުރަނީ ރައްޔިތުންނަށް ކޮށްދޭންބުނާކަންތަކާ ދިމާއިދިކޮޅު. ޑިމޮކްރަސީގަ ދެން އެންމެރަގަޅުވާނީ ގަދަމީހާ ގަދަވެގެން ހުރުން ރައްޔިތުންކައިރިއަށް ވޯޓަށް އަންނާނެކަމެއްނެތް.?
ކިލޯ
13 January 2024
ބޮއިކޯޓު ކުރުމުން ވާނެ ފައިދާއެއްނެއް، ބަންގާޅަ އިންތިހާބު އިދިކޮޅުން ބައިކޯޓު ކުރި، ވެރިކަމުގަ އެހެރީ ހަސީނާ.
ޢެމީލިއޯ
13 January 2024
މަލޭގަ ގިނައީ ބަގުލަދޭޝް މީހުން.
އިބޫބެ
13 January 2024
ހީވާގޮތުން މި 5 އަހަރު މޭޔަރެއް ހޮވުމުގެ ބޭނުމެއް ނެތް. ވެރިކަމައް ހޮވާފައި އެހުރީ ދެން މޭޔަރެއްގެ މަގާމުވެސް ފުރުއްވާނެ ވެރިއެއް. ހީކުރި ވަރައްވުރެވެ ވެސް ކުރީގަ އުޅުއްވަނީ
ރައްޔިތުން ފޫހިވެއްޖެ
13 January 2024
މިކަމުން ވެސް އިގެނީ ރައްޔިތުން ފޫހިވެފަ ތިބި ވަރު. ހަމަ ހޮވޭ އިރަށް ކީ ހާޅެން ފަރިއްސަށް ހަދާ އަމިއްލަ އަންބޮަޑި ބޮޑުކުރަން ތެޅި ގަންނާނެ
ޔާސީން66
13 January 2024
މިކަމުން އެނގެނީ ވޯޓްލާން ދިވެހިން ބޭނުން ނުވާކަން. އެއީ ބޭކާރު ކަމެއްކަން. ރައްޔިތުން ކުރިމަތީ ދޮގުތައްހަދާ މަކަރާއި ހީލަތުން ވެރިކަމަށް އައިސް ކުޅޭ ކުޅިވަރު ބަލަން ދިވެހިންގެ ގިނަ މީހުން ބޭނުމެއް ނުވޭ.
އއއއ
13 January 2024
ފޫހިވެއްޖެ..ޔާމިނުވެސް ވެއްޖެ ޕާޓީއެއް ހަދަން ދަރި ގޮވައިގެން..
އުދުހޭ
13 January 2024
އެތަށް ގެއެއްގެ ފުރާޅަށް ވެހޭހާ ފެނެއް ހޮޅިން ތިއަށް އައިސް އެޅެނީ މަގުމައްޗަށް. އެގެތަކުގެ މީހުންވެސް ފެން ބޮޑުވީމާ ކުށްވެރިކުރަނީ ސަރުކާރުބާ ނުވަތަ ކައުންސިލުބާ؟ އާންމު އުނދަގުލަކަށްވާއިރު މިކަން ހުއްޓުވާނެ ފަރާތެއް ނެތީބާ؟
ޛސޖސޖޖސ
13 January 2024
ސުކުން ދަސްކުރޭ.. އެތަށް އާ އެތައް ނޭނގޭ މީހުން މާ ވެގަނެގެން
ނޫދުހޭ
13 January 2024
އެއީ އެކަން ކުރަން އަންގާފަ އޮންނަ ގޮތް! ކުރިން ހުރިހާ އެންމެންވެސް ފުރާޅު/ޓެރަސް އިން ފައިބާ ހޮޅި ގުޅަނީ ފާހާނާ ޖަންކްޝަން އަށް. އެކަމަކު އެމްޑަބްލިއުއެސްއީ ގެ ސްވަރޭޖް ސިސްޓަމް އަށް ބާރު ބޮޑުވާތީ މިހާރު އަންގާފަ އޮންނަނީ މަގުމައްޗަށް ފުރާޅު/ޓެރަސްގެ ފެން ދޫކުރަން!
އަފްރާސިޔާބު
13 January 2024
ތީ ކަލޯމެން އެޅި ރިހަގަނޑަކުން ނުކެވި ހުރި އެއްޗެއް.
ހަސަންބެ އަލީ
14 January 2024
ކައެ ހާދަ ގަމާރޭ، ބަލަ ދެން ކޮންތާކަށް ގުޅާނީ. ކޮންމެ ގެއެއްގެ ހޮޅި ގުޅަންވީ ވާދޫ ކަނޑަށްތަ؟