ޚަބަރު / ރިޔާސީ ބަޔާން

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ 5 ގައި

ރައީސް ޑރ. މުއިއްޒު ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.

14 ޖެނުއަރީ 2024 - 17:53

15 comments

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ނުވަތަ 19 ވަނަ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުން އަންނަ މަހުގެ 5 އަށް މަޖިލިހުގެ އިދާރާ އިން ތާވަލުކުރާ ގޮތަށް ނިންމައިފި އެވެ.

އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާ އެވެ.

ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލިހަށް މެމްބަރުން އިންތިހާބުކުރުން އަންނަ މާޗު 17 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ދާދި ފަހުން ގުޅިވަޑައިގެންފައިވާއިރު، 43 މެމްބަރުންނާ އެކު މަޖިލިހުގެ އަޣުލަބިއްޔަތު އަދިވެސް ކޮންޓްރޯލް ކުރަނީ އިދިކޮޅު އެމްޑީޕީ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 16 އެވެ.

15 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބާން މުހައްމަދު

15 January 2024

މިވާނެ ރާއްޖޭގެ ރައީސަކު ދޭނެ އެއްމެ އުފާވެރި އެއް ބަޔާނަށް.

The name is already taken The name is available. Register?

ރިފާއު އަހްމަދު

15 January 2024

މި ބަޔާން ވާނެ އިންޝާﷲ އުފާވެރި ހަބަރުތައް ގެނެސްދޭނެ ބަޔާނަކަށް.

The name is already taken The name is available. Register?

މުހައްމަދު ހުސައިން.

15 January 2024

ގުޑްލަކް ރައީސް.

The name is already taken The name is available. Register?

ނެވިލޯން

15 January 2024

ރިޔާސީ ބަޔާނުގައި އަތޮޅުތެރެ ބާކީ ނުކޮށްލާނެ ކަމަށް އުންމީދުކުރަން

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

15 January 2024

މޑޕ ގެ ހިއްވަރެހުރިނަމަ އިތުބާރުނެތްކަމުގެ ވޯޓުނަގާ އަޒުލުކުރަން ވެއްޖެ...އަހަރެމެން ގެނައި ސަރުކާރެމޯ އެކަމަކު މިހާރުމިސަރުކާރު ދަމަހައްޓަން އަހަރެމެންވެސް ބޭނުމެނޫން... ދޮގާމަކަރު އޮޅުވާލުން އިންތިހާއަށްގޮސްފި އަދުރޭގެ ބޮޑާކަމާ ފޮނިކަންފެނި ރމުއިއްޒުގެ ބަހާއަމަލާ ދިމާނުވާ ސިޔާސަތުފެނިއްޖެ..ދައުރުނިންމަން ފުރުސަތުދޭ ވަރަށްވުރެ ދައުލަތުގެ ފައިސާއިސްރާފުކުރާވަރު މާގިނަވެއްޖެ..

The name is already taken The name is available. Register?

ގޯތި

15 January 2024

ހަވާލު ނުކޮށްހުރި ގޯތިތަކުގެވާހަކަ ދައްކަވާނެކަމަށް ހީކުރަން

The name is already taken The name is available. Register?

2024

15 January 2024

ތިދުވަހު ސަރުކާރުބަންދުކުރައްޗޭ؟.... ބޮއިހަލަކި

The name is already taken The name is available. Register?

ކީކޭ ބުނާނީ

14 January 2024

މިހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލައިގެން އައި ފުރަތަމަ ރައީސް، ފުރަތަމަ ދޯކާ ދިނީ އަމިއްލަ ޕާޓީގެ ޒައީމަށް، ދެން ވޯޓްދިން މާލޭ ރައްޔިތުންނަށް.

The name is already taken The name is available. Register?

123456789

14 January 2024

އޭބަލަ ދިދަޔާއެވެ. އަހުރެން މިހުރީ މަޖިލީހުގައިއެވެ. ތިބާއަށް އެތަނެއް ފަހެ ނުފެނޭހެއްޔެވެ. ދެން ހުރިހާ މެމްބަރުން ގައުމީ ސަލާމް ވިދާޅުވާށެވެ.

The name is already taken The name is available. Register?

ތިއްތިބޭ

14 January 2024

މީ ބޮނދުބުޑަށް ސައިވާނެ ރައީސެއްހެން ވަރަށް ހީވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454