ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވި، ޒުހުދު.--
15 ޖެނުއަރީ 2024 - 21:06
އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި ޒުހުދުލް ހައްގު (ޒުހުދު)، ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.
ޒުހުދު އެ މަގާމަށް ހަމަޖެއްސީ، ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގައި 19 އަހަރު ވަންދެން ހުންނެވި އައިޝަތު ސޮފޫރާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމުންނެވެ.
ތައުލީމީ ދާއިރާގައި 15 އަހަރު ހޭދަކުރައްވާފައިވާ ޒުހުދު ކިޔަވައިދޭން ފެއްޓެވީ 2008 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގެ ހިސާބު ޓީޗަރެއްގެ ގޮތުގަ އެވެ.
އެއަށްފަހު އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވުމަށްފަހު 2021 ވަނަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް ވަޑައިގެންނެވި އެވެ.
ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް އިއްޔެ ހަމަޖެއްސުމާ ހަމައަށް ވެސް ޒުހުދު މަސައްކަތް ކުރައްވަމުން ގެންދެވީ އިމާދުއްދީން ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލަކަށެވެ.
އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބެޗްލާސް އިން ފިޒިކްސް އެންޑް މެތްސް އަދި މާސްޓާސް އިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ދާއިރާއިން ތައުލީމު ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމް ދަރިވަރު
16 January 2024
ސަފޫރާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރެ ސީއެޗްއެސްސީ އަށް ދިން ލަނޑަކާ ވައްތަރީ. ޕީއެސް ހީކުރީ ކަންނޭގެ މިކަން ކޮށްދިނީމަ މިނިސްޓަރ އޭނަ ސަލާމަތް ކުރާނޭ އޭނަ އާ ދެކޮޅަށް ހުރި މައްސަލަތަކުން. މިކަން ކުރުވާފަ ޕީއެސް ސަސްޕެންޑް. ސަޅި
ފިރާގު
16 January 2024
ވަރަށް ނާއިންސާފުން ދިޔަ އިންޓަވިއުއެއްކަން އޭ2 ޝީޓް ބަލާލީމަ އިނގޭނެ. ޒުހުދުއަށް އިންޓަވިއުއިން 75 އިން މަތި ލިބުނު އިރު އަނެއް 6 ކެންޑިޑޭޓުންނަށް 68 ވެސް ނުލިބެއެވެ. ދެން ތިބީވެސް ޕްރިންސިޕަލުންނާއި ޑެޕިއުޓީންނެވެ. ގައިމު އެބުނާހާ ދަށެއް ނުވާނެ ތާއެވެ. ޝީޓު ބަލާލުމުން ޕެނަލިސްޓިން ހެދި ގޮތެއްކަން އެގެއެވެ. އެ ޕެނަލްގައި ތިބި ބައެއް ބަލަން ޖެހެއެވެ. އޭލެވެލް ތަޖުރިބާހުރި އެކަކުވެސް ޕެނެލްގައި ނެތްކަމަށް މިނިސްޓްރީ މީހެއް ބުންޏެވެ.
ފަތިފުށް
17 January 2024
ޕެނަލްގަ ހުރީ މިނިސްޓްރީގެ ލީގަލްގަ އުޅޭ ސޮރަކާ މާލޭ ޒޯން ކޯޑިނޭޓަރާ އެޑިއުކޭޝަން ޑިވެލޮޕަންޓް އޮފިސަރެއް.
ދަންޑޭ
16 January 2024
އެންމެ ބްރައިޓް މީހުން ތިބި ތަނަށް އެލީ މަރުމޯލެއް ޗޮއް
އަންދަލޫސިޔާ
16 January 2024
ޒުހުދަކީ ވަރަށް ޤާބިލް މީހެއް.
ސީއެޗްއެސްއީ ގެ ދަރިވަރެއްގެ ބެލެނިވެރިއެއް
16 January 2024
އާ ޕްރިންސިޕަލް ޒުހުދަށް މަރްޙަބާ އެވެ! ތި ޕްރިންސިޕަލްގެ ނަން މީގެ ކުރިން މީހަކު ބުނާތީ ވެސް އަޑެއް ނާހަމެވެ. ނުވެސް ދަންނަމެވެ. އެއާއިއެކު ވެސް ޒުދުގެ ތަޖުުރިބާއަށް ބަލާފައި އިތުބާރު ކުރެވެއެވެ. އާ ވިޔަސް މައްސަލައެއް ނެތެވެ! ދެން ލިބިވަޑައިގަންނަވާނީ 11، 12 ގެ ތަޖުރިބާ އެވެ. 19 އަހަރުވަންދެން ކުދިންނާއިއެކު އުޅުއްވި ޕްރިންސިޕަލް ދޮންކަޅުމިން ވެސް އަންގަވާ ނުލައްވައި ޓަސްލާފައި ސްޓޭޓް މިނިސްޓަރަކަށް ވަޑައިގަތީ އެވެ.
ސިފަތުން
16 January 2024
ޒުހުދަކީ މި މަޤާމަށް އެންމެ ރަނގަޅު މީހާ ހަމަ. މަޑުމައިތިރި ކަމާ ވިސްނުންތެރިކަމަކީ ލީޑަރެއްގެ އަސާސީ އެއްސިފަ
ފެއޮލްޑް މީހެއް
16 January 2024
އިމާދުއްދީން ކުރި ނޭރި ސަބަބު ސާފު ވެއްޖެ ލޮލް
ޑާޓީ ޕޮލިޓިކްސް
16 January 2024
ސެކަންޑްރީއާ ހަޔަރ ސެކަންޑުރީ ވަރަށް ތަފާތު ވާނެ. ސިލަބަހާ ކިޔަބައިދޭން ޖެހޭ ގޮތާ ކުދިންގެ މިޒާޖާ. ދުވަހަކު ހަޔަ ސެލަންޑުރީގައި ހޭކިފައިވެސް ނެތް މީހަކު ސިޔާސީ ނުފޫޒުން އެލީ އެތަނަށް. ސީއެޗްއެސްއީ މެނޭޖަންޓްގައި އެބަތިބި ދުނިޔޭގެ ފަސްޓް ކްލާސް ޔުމިވާސިޓީތަކުން ކިޔަވާފަ ތިބި ހަބޭހަށް ކޮލިފައިޑް ހަޔާ ސެކަންޑުރީގެ އެކްސްޕީރިއަންސް ހުރި މީހުން. އެމީހުން ކަޓުވާލީ!!!
ރޯނު
16 January 2024
މާސްޓާސް އިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ދާއިރާއިން ތައުލީމު ހާސިލް ކުރެއްވީވެސް ރާއްޖޭ ގައުމީ ޔުނިވަރސީޓީއިންތޯ؟ ގައުމިއްޔަތު ކިޔަވައިދޭން ރަގަޅުވާނެއެވެ.
ސިޔާސީ ބޮޓެކޭ ތިޔައީ
16 January 2024
އަތުގައި ސެޓްފިކެޓެއް އޮތަސް އެކިޔެވި ތަނަކާ ކޮލިޓީއާ އެލާ ވަޒީފާއެއްގެ ތަޖުރިބާ މުހިންމު ދޯ؟ މިސޮރު ނެތޭ ހޭކިފަވެސް ހަޔަ ސެކަންޑުރީގަ. ދެން އެބުނީ އިމާދުއްދީން ޑީޕީ އަކަށް ހުއްޓޭ. މަ ނެތީމޭ އިމާދުއްދީން މެނޭޖުމަނ ޓުގެ ދޯދިޔާކަން އިތުރަށް ކިޔާ ދޭކަށް
ކޮސް
16 January 2024
މުއިއްޒަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތަކަށް ގޮތް ނިންމަވާ ފަރާތެއް. އެހެން މީހުން ފޫހިވާ , ރުޅިއަންނަ އަދި ނަތީޖާ ނުނެރޭ ގޮތަށް މުޅި ތަޢުލީމީ ނިޒާމު މިގެންދަނީ. ކީއްތަވާނީ ސީ.އެޗް.އެސް.އީ ގެ ޑެޕިއުޓީ ޕްރިންސިޕަލަށް އެމަޤާމު ދިނިއްޔާ. އެންމެ ރަނގަޅީ ސަފޫރާ މޭޑަމަށް ސްޓޭޓް މިނިސްޓަރުގެ ފެނއވަރުގައި ޕްރިންސިޕަލުގެ ގޮތުގައި ބެހެއްޓެވިނަމަ. ޕްރިންގޮނޑީގަ އަދި ޑިޝިނަނެއް ނުނަގާ ފަރާތެއް އޭލެވެލް ކިޔަވާދޭ ތަނަކަށް މިގެނައީ.