ޚަބަރު / ރޯދަ މަސް

ރޯދަމަހަށް، ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ

މާލޭގެ މާރުކޭޓެއް: ކޮންމެ އަހާރަކު ވެސް ރާއްޖޭގައި ހައްދާ ބާވަތްތައް ރޯދައަށް އަގުބޮޑުވާ މައްސަލަ ހައްލުކުރަން މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ފަށާފައި.-- ފޮޓޯ: މިހާރު

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ރޯދަ މަހަށް އަގުބޮޑު ނުވާނެ ގޮތަށް، އަގު ކޮންޓްރޯލް ކުރަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާ މަހެކެވެ. ސަބަބެއް ކަމަށް ވަނީ ރޯދަ މަހު އެ ބާވަތްތައް ބޭނުންކުރާ ވަރަށް ދަނޑުވެރިންނަށް ނުއުފެއްދުން ކަމަށް ވިޔަފާރި ވެރިން ބުނެ އެވެ.

އަގު އުފުލޭ ބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް، ކެޔޮ، ކިޔުކަމްބާ، ލުނބޯ، ކާށި ފަދަ ބާވަތްތައް ހިމެނެ އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ކާބޯތަކެތީގެ އަގުތައް، ހާއްސަކޮށް ރޯދަ މަހަށް ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އާންމުކޮށް ދިވެހިން މި ބޭނުންކުރާ ބާވަތްތައް، ކަރާ، މިރުސް، ދޮންކެޔޮ ކަހަލަ ބާވަތްތައް ކޮންމެ އަހަރަކު ވެސް ވަރަށް މައްޗަށް އަގުތައް އަރައިގެންދޭ. އެ އަގުތައް ބޮޑު ނުވެ، ކޮންޓްރޯލް ކުރަން އަޅުގަނޑުމެން މިގާރު މަސައްކަތް ފަށާފައި ވަނީ،" ހުސެއިން ވިދާޅުވި އެވެ.

މާލޭގެ މާރުކޭޓަކުން ކުރުނބާ ގަނެގެން މީހަކު ނިކުންނަނީ.-- ފޮޓޯ: މިހާރު

މިހާރު ކުރާ ކަމަކީ ރޯދަ މަހަށް އާންމުކޮށް ދިވެހިން ބޭނުންވާ ތަކެތި ހޯދަންޖެހޭ ވަރު ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން މާކެޓަށް، އާންމުނަށް ބޭނުންކުރުމަށް ނެރެވެން ހުރި ވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރު ރޯދަ މަހަށް އަގުތައް ކޮންޓްރޯލް ކުރާނެކަމަށް ހުސެއިން ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަމުން ދަނީ ދަނޑުވެރިކަމުގެ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ގުޅިގެންނެވެ.

56 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫މުޙުއްމާ

20 January 2024

އ‫ަގު ކޮންރޯލް ކުރުން ރަނގަޅު އެކަމަކު ކުރާގޮތް ކަމަކުނުދޭ. ސަރުކާރުގެ ކުންފުނިތަކަށް ބޮޑު ފައިދާ އޮވެފަ އާއްމު މީހާގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ކުރީމަ ކަމަކުނުދޭ. އެސް.ޓީ.އޯ. އިން ކުރީ ސަރުކާރުން ހިލޭ ޑެލިވަރ ކޮއްދިން. މިހާރު މިޖެހެނީ ޕިކަޕެކާއި މީހުން ކުއްޔަށްހިފައިގެން ގޮސް ފުށް ހަކުރުނަގަން. ދެން ކިހިނެއް ކޮންޓރޯލް އަގުގަ ވިއްކާނީ. މިސަރުކާރުގެ ވާހަކަ ވަރަށް މޮޅު. ކަން ކަމަކުނުދޭ. 2028

The name is already taken The name is available. Register?

ސީނު505

20 January 2024

ރާއްޖޭގަ މިއޮންނަގޮތަކީ ރޯދަ އައީމަ ސޭޓުން އެއްޗިހީގެ އަގުބޮޑުކޮއްލާފަ ފެލާމިލަނީ ލާރިކޮޅު. ދީނުގައޮންނަގޮތުން އެންމެ ދީލަތިވާންވީމަސް އެއީ. ރާއްޖޭގަ މިކަންމިހިގަނީ އިދިކޮޅައް

The name is already taken The name is available. Register?

ސަރަންފީ

19 January 2024

ރަގަޅުފެންވަރުގެ މާރުކާޓެއް ހަދާފައި ޔޫގެންޑާއިން ތަރުކާރީ އަދި އިންޑިޔާއިން އިންޕޯރޓްކުރީމާ އަގުހެޔޮވާނެ. އތެރެކުރާ ގިނަތަކެތި ސްޓޯރކުރުމުގައި ހަލާކުވާތީ އާއި މާރުކޭޓް ތެރޭ މީދާކާވަރުން އެއްޗިހިއަގުބޮޑުވަނީ. ދިވެހިރާއްޖޭގައި ހައްދަންވީ އަގުބޮޑު ފުރުޓާއި ތަރުކާރީ ރިސޯޓްތަކަށް މާކެޓްކުރަން.

The name is already taken The name is available. Register?

އާޕސްސ

18 January 2024

ވެގެން އުޅޭގޮތް ވަރައްސާފް. އިންޑިޔާއިން ތަރުކާރީއާ މޭވާމިފަހަރު ނުލިބޭނެކަމައް ލަފާކުރެވެނީ. މިހެންކަމުން ރާއްޖޭގެދަނޑުވެރިން އަށް ޑިމާންޑާ އެއްވަރައް ބާޒާރައް ތަކެތި ނުނެރެވޭނެތީ މޭކަރަނީ. ދަނޑުވެރިން މާޔޫސް ކުރުވުމައްވުރެ ރާއޖޭގެ ދނޑުވރިންނައް ހިވަރުދީގެން އުފެއްދުން އިތުރުކުރުމައް އިތުރުފުރުސަތުތައް ފަހިކޮއްދިނުން މާރަގޅުވާނެ

The name is already taken The name is available. Register?

ހުސްނު

18 January 2024

ވަޒީފާތަކުގެ މުސާރަބޮޑުކުރާ ކޮންމެފަހަރަކު ފިހާރަތަކުގެ އެއްޗެތި އަގުބޮޑުވޭ. އުފެއްދުތެރިކަމުގަ މިއުޅޭމީހުންވެސް ފިހާރަތަކުން ތަކެތިގަންނަނީ ރުފިޔާދީފަ. މިރުސްކިލޯއެއް މިހާރުވެސްލިބޭނީ މީގެ8 އަހަރުކުރިންވެސް ލިބޭވަރައް

The name is already taken The name is available. Register?

ބއާރު

18 January 2024

މިހަބަރު ދިފާއުކޮއްފަ ވާހަކަމިދައްކަނީ ރައްޔިތުފައިސާން ބިންހިއްކާފަ ރައްޔިތުފާސާއިން ފުލެޓުއަޅާފަ އެތަނައްވަދެ ތިބެ ކުލިނުދައްކާ ރައްޔިތުފައިސާ އިން މާފުލިބިގެން ތިބިމީހުން

The name is already taken The name is available. Register?

ރަސީދާ

17 January 2024

މިސަރުކާރު ބޭރުކޮށްގެން ނޫންގޮތަކަށް ދަނޑުވެރިކަން ކީއްކުރަން އެހެން ސިނާޢަތެއްވެސް ދެނެއް ނޯންނާއެވެ. ރައީސް ޔާމީނު ފެޔަށް ޖެހުނު ހިސާބުން މިމީހުންވަނީ ފާލުން ނެއްޓިފައެވެ. ދެން ނިކަން އޮޅުވާލައިގެން ވޯޓް ހޯއްދަބަލާށެވެ.

The name is already taken The name is available. Register?

ކޮލަމާހުއްޓާ

17 January 2024

ނިކަން ކެރޭނަމަ މާލޭގެ ކުލި ކޮންޓްރޯލް ކޮއްބަލަ.

The name is already taken The name is available. Register?

ަަސަމްތިންގ

18 January 2024

ނުކެރޭނެ ނުވެސް ކުރާނެ. ވޯޓްވެސް މިމީސްމީހުންނަށް ދޭނެ ކަމެއްނެތް

The name is already taken The name is available. Register?

ޟމމމމ

17 January 2024

ތިޔައީ ދަނޑުވެރިންގެ ބޮލުގައި ޖަހާ ތަފާޔެއް! ދަނޑުވެރިން ދަނޑު ހައްދަން. ބޭނުންވާ ކާނާއާޢި ބޭސް ގަންނަންޖެހެނީ އިންތިހާ ބޮޑު އަގުގައި. ފުރަތަމަ ކުރަންޖެހޭ ކަމަކީ މިކަމަށް ދަނޑުވެރިންނަށް ލުޔެއް ހޯދައިދިނުން. ދަނޑުވެރިންނަށް އެއްވެސް ކަމެއް ކޮށްނުދީ ދަނޑުވެރިންގެ އާމްދަނީއަށް ހުރަސް އަޅާތީ ހިތާމަކުރަން.

The name is already taken The name is available. Register?

ދަފަދސދ

17 January 2024

ދަނޑުވެރިން ޝައުބާން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވިއްކާ މިރުސް ރޯދަމަހު 1 ވަނަ ދުވަހުން ފެށިގެން ކިލޯއަކުން އެތައްސަތޭކަ ރުފިޔާއެއް ބޮޑުކުރަނީ ހަމަ އެ ފަނަރަ ދުވަހު ގަހަށް އަޅާ ކާނާއާއި ޖަހާ ބޭހުގެ އަގުބޮޑުކަމުންތޯ.. ކޮންމެ ބަޔަކުވެސް ބަލަނީ ލިބެންއޮތް ގޮތަކުން ލާރި ހޯދަން. އެހެންވީމާ މިކަހަލަ ސުރުޚީ ފެންނަނީ.. ދެން ދެރަކަމަކީ މަސްވެރިންނަށް ބޭނުންވާ ވަރަށް ސަރުކާރުން ލާރިދޭން ކިޔާތީ.. ރޯދަ މަހު ރޯމަހުގެ އަގުވެސް ކޮންޓްރޯލް ކުރެވޭތޯ ބަލަމާ

The name is already taken The name is available. Register?

ބަލަ

18 January 2024

ދަފަދސދ މިރުސް ގަހަކުން ހާވެސްޓުލިބޭނީ 4މަހުން. އެހާދުވަހު އެގަހަކާންދީފަ ކުރިމަސައްކަތަށް ދުވަހަކައޖެހޭ މަސައްކަތު އަގުލީމަ އެގަހުން ފާދާއެއްލިބޭނީ އިތުރު 5މަހުން. މިއަދި ކާމިޔާބު ވެއްޖެނަމަ ބައެއްބާވަތުގެ ބައްޔަކީ ގަސްނަށްތާލުންނޫންގޮތެއް ނެތްބަލި މިހެންދިމާވީމަ ހޭދަކުރި ފާސާގެ އިތުރުން 5މަސްދުވަސް ބޭކާރުވީ. ގަހެއްއިންދާކޮންމެފަހަރުކު ކާމިޔާބެއްނުވާނެ. ރަމްލާންމަހުގަވެސް އަގުބޮޑުކުރަނީއަކީ ދަޑުވެރިން އެއްނޫން ކުޑައަގުދީފަނަގާ ގަނެވިއްކާމީހުން.

The name is already taken The name is available. Register?

ސަމްތިންގ

17 January 2024

ކީއްވެހޭ ނިކަމެތި ރާއްޖެެތެރޭމީހާ ހައްދާ ތަކެތި އަގުކޮންޓްރޯލް ކުރެވެންވީ. މާލޭގައި އެހެޔޮ ބާކޮޓަރި ގަނޑެއްވެސް 14 ހާސް ރުފިޔާއައްދެން. އެކަމު މިކަން ކަނު ސަރުކާރަކަށް ނުފެނޭ. ދެންއަނެއްކާ މީހުންނަައް ލަނޑުދީފަ ރުފިޔާތައް ފޭރިގަނެގެންއުޅޭ މީހުން ހަމަ ބޭނުންގޮތަކަށް ފްރީކޮށް މަގުމަތީގައި އެތިބައުޅެނީ. ސަރުކާރަކަށް ނުފެނޭ. އަލްހާނުމެން ހަމަ ހެވިދިލިފަ އެތިބައުޅެނީ. ލަދުގެ ކަންފުޅެއްވެސްނެތް މިމީސްމީހުންގެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454