ވެލެންސިއާ އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ކޮމިޝަނަރަށް ދައުވަތު ދިން ނަމަވެސް ކޮމިޝަނަރު ވަޑައި ނުގަންނަވާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޖެނުއަރީ 2024 - 13:45
އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްއާ ގުޅިގެން ދެފަޅި ވެފައިވާ ވެލެންސިއާގެ ބޯޑުން ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ބޯޑުގެ ޗެއާމަން އަބްދުﷲ އަޒްމީނާއި އެހެން މެމްބަރެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ރޭ ފާސްކޮށްފި އެވެ.
އެފްއޭއެމް ހައުސްގައި ބޭއްވި ވެލެންސިއާގެ ހިންގާ ކޮމިޓީގެ އެ ބައްދަލުވުން އޮބްޒާވް ކުރައްވަން އެ ކްލަބުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލަށް ދައުވަތު ދިން ނަމަވެސް އެ ބައްދަލުވުމަށް އޭނާ ވަޑައިނުގަންނަވަ އެވެ.
ކޮމިޝަނަރު ވަނީ ވެލެންސިއާގެ ސައްހަ ހިންގާ ކޮމިޓީއަކީ، މިދިޔަ މަހުގެ 11 ވަނަ ދުވަހު އިންތިހާބުކޮށް، އެ މަހުގެ 26 ވަނަ ދުވަހު ކޮމިޝަންގައި ރަޖިސްޓަރީ ވި މެމްބަރުން ހިމެނޭ ކޮމިޓީ ކަމަށް ނިންމަވައިފަ އެވެ.
އެ ކޮމިޓީގައި ހިމެނެނިވަޑައިގަންނަވަނީ ޗެއާމަން އަބްދުﷲ އަޒްމީނާއި ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާޙިމް (މައު) އާއި ޑިރެކްޓަ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އަދި މެމްބަރުން ކަމަށްވާ ޔޫސުފް ރަމީޒާއި އަލީ މަމްދޫހާއި މިސްބާހު މުހައްމަދާއި މުހައްމަދު ރާފިއު އާއި އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.
އެފްއޭއެމް ހައުސްގައި ބޭއްވި ވެލެންސިއާގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން. ފަސް މެމްބަރުން ވަނީ ބޯޑް މެމްބަރު ރާފިއު އާއި ޗެއާމަން އަޒްމީންގެ އިތުބާރު ނެތްކަމަށް ތާއީދު ކޮށްފަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ނައިބު ޗެއާމަން އިލްމާއު އެވެ. އޭނާގެ އިތުރުން ބައިވެރިވީ ހަސަން ވަހީދާއި މަމްދޫހާއި އަމީޒް އަދި މިސްބާހެވެ. އެ ފަސް މެމްބަރުން ވެސް ވަނީ ވޯޓުގައި ބައިވެރިވެ، ކްލަބްގެ ޗެއާމަން އަޒްމީންގެ އިތުރުން މެމްބަރު ރާފިއު ވަކިކުރަން ތާއީދު ކުރައްވައިފަ އެވެ.
އެ ފަސް މެމްބަރުންގެ ބައްދަލުވުމެއް މިދިޔަ މަހު ބާއްވައި އަޒްމީންގެ އިތުބާރު ނެތްކަމަށް ނިންމި ޔައުމިއްޔާ، އެ ކްލަބުން ސްޕޯޓްސް ކޮމިޝަނަށް ފޮނުވި އެވެ. އެކަމަކު، ނިންމުން ކްލަބްގެ އަސާސީ ގަވާއިދުގެ އިޖުރާއުތަކާ ހިލާފު ކަމަށް ޝައްކު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ، ކޮމިޝަނުން ވަނީ އެ ޔައުމިއްޔާ ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ.
ސްޕޯޓްސް ކޮމިޝަނަރަށް ދައުވަތު ދީގެން ރޭގެ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވެސް އެ ޝައްކު ފިލުވައިލުން ކަމަށް ކުރިން ބުނެފައި ވެ އެވެ.
ވެލެންސިއާގެ ބޯޑުގެ މަސްލަހަތު ގެއްލުނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ އަހުމަދު ތޯރިގް (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށް ވެސް އެ ކްލަބްގެ ތާއީދު ސިޓީ ދީފައި ވާތީ އެވެ. އެއާ އެކު، ކްލަބްގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.
އެ މައްސަލައިގައި ވެލެންސިއާ އިން އެފްއޭއެމް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކުރި ތާއީދުގެ އިތުރުން ތޯރިގުގެ ކެންޑިޑެސީ ވެސް ވަނީ ބާތިލް ވެފަ އެވެ.
ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ ޗެއާމަން އަޒްމީން ސޮއިކުރައްވާފައިވާ ބޯޑު ރިޒޮލިއުޝަނަކުންނެވެ. މުފާވިޒަށް ތާއީދު ކޮށްފައި ވަނީ ނައިބު ޗެއާމަން އިލްމާއު ސޮއިކުރެއްވި ރިޒޮލިއުޝަނަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ޙަނާން
20 January 2024
މި ފެންނަނީ މަދު ފައިސާ ކޮޅަކަށް ފުޓްބޯޅަ ޤުރުބާން ކުރަމުންދާ މަންޒަރު،
ކޯރޭ
20 January 2024
ކީއްކުރަން އިންތިހާބު ބާއްވަނީ ބަގާވާތް ކުރަންޔާ ބޮޑުބައިގަނޑު ޖަރީމާ ހިންގަން
ހޮކީ
20 January 2024
ޑޮކް ، ޝަވީދު އަދި ގައިދީ ޔާނުއަށް ބުނެލަން އޮތީ ދެންކިތަންމެ ވަރަކަށް މިކަމާ އުޅުނަސް ސަރުކާރު ފަޅި ބަލި ނުކުރެވޭނެ ޔޭ!
އެފު އޭ އެމް
20 January 2024
ވަކި ފުޓް. ބޯޅައެއްނޫން ހުރިހާ ކުޅިވަރު އެސޯސިއޭޝަން ތައް އޮތީ ނޭވާހޮޅޮއެްގެ ތެރޭ ތާށިވެފަ ފުރަތަމަ ސްޕޯޓްސް ކައުންސެލަރ މިއޮތްހުރިހާ ދުވަހު އުޅުއްވީ އެތުލެޓިކުސް އެސޯސިއޭޝަން ހިސާރުކޮށްގެން އަމިއްލަ މުދާގަނޱަކަށް ހަދައިގެން 80 ގެ ފަހުކޮޅުން ފެށިގެން ގޮސް 90 ގެ އަހަރުތަކުގަ އުޅުނު 10 ވަރަކަށް ކުދީންގެ ބުރަމަސައްކަތެއްކަން އެތުލެޓްކުސް އެސޯސިއޭޝަނަކީ ތޮލާކަށް ނޭގޭ އެކުދިން ވިޤުރުބާނީއެއް ނޭގޭ. ދެންކިހިނެއް އިންސާފު ޤާއިމްކުރާނީ.
އިއްޕަޓޭ
19 January 2024
ރެލިގޭޓް ކޮށްލަބަލަ. ބަރާބަރަށް މެޗަކަށް ޓީމު ހާޒިރެއްނުވޭ، ކުޅެނީ ސްކޫލް ކުދިން އަރުވައިގެން، މުސާރަ ދެވެނީކިއެއްނޫން، ކުލަބުގެ ނަމުގެ ބެންކް އެކައުންޓެއް ނުހުރޭ، ލިބޭހާ ފައިސާއެއް ޖަމާކުރަނީ ތިޔަފޮޓޯއިން ފެންނަ މީހުންގެ އެކައުންޓްތަކަށް.
ހަސަން ފުޅި
21 January 2024
ތަންކޮޅެއް ބޮޑައް އިނގިފަ ތިހުރީ،
ހަސަނަ
19 January 2024
ލޮލް. ތީ ކްލަބެއްގެ ހިންގުންތެރިން ތިބޭ ގޮތްތަ؟ ސޯޓު ލާފަ ފެން ފައިވާން ގަނޑެއްގަ. ބްރޯސް މުފާ އެއް ނައަންނާނެ އެފްއޭއެމްގެ ރައީސް ކަމަކަށް. ބައްސާމްގެ ފިލްމް ނިމިއްޖެ.
ނިޔާ25
19 January 2024
މީ ހުސް ބޮޓުން..
6
19 January 2024
ފުޓުބޯޅަކުޅޭނެމެންނެތް. އެއިން ލިބޭ ގެެއްލުން ފައިދާއަށްވުރެ މިހާރު ބޮޑު.
އަޑަފި
19 January 2024
އިސްތިއުފާ ދިން ކަމަށް ބުނާ މީހެއްގެ އިތުބާރު ނެތްކަމަށްވެސް ވޯޓު ނަގާތަ؟ ނޫނީ ތާއީދު ސިޓީގައި ސޮއި ކުރި އިރު އިސްތިއުފާ ނުދެނީތަ؟
އ އަހްމަދު
19 January 2024
ފުޓުބޯޅަކްލަބްތައްމިގޮތައް މީހުންގެނުފޫޒާހެދި ރޫޅިގެންދާނަމަ ފުޓްބޯޅަކުރިއަރުވަން މަސައްކަތްކުރުމުގެ މާބޮޑުބޭނުމެއްނެތް