ާއޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައެއް ފަންނާނުން ޕާފޯމްކުރަނީ: އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަން ސަރުކާރުން މިހާރު ވަނީ ނިންމައިފައި-- ފޮޓޯ: ރައީސް އޮފީސް
24 ޖެނުއަރީ 2024 - 06:25
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާއްވަން ނިންމައިފި އެވެ.
ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ "އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިފަހަރުގެ ޓެލެޑްރާމާގެ ތީމަކީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖުތިމާއީ މައްސަލައަކަށާއި އެއަށް ހައްލެއް ހޯދޭނެ ކަންކަން ކަމަށް އެ އިއުލާނުގައިވާ މި މުބާރާތުގެ އުސޫލުގައިވެ އެވެ.
މިއީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތެއް ކަމަށް އެ އުސޫލުގައި ބުންޏެވެ.
އެ އުސޫލުގައި ބުނި ގޮތުގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދައާ ހިލާފުނުވާ މުޖުތަމައުގައި ހިމެނޭ ދޭދޭ އަފުރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭ ކަހަލަ ތީމަކަށް ވާންވާނެ އެވެ. ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ "ކޯޑް އޮފް ޕްރެކްޓިސް" އާއި ހިލާފުވެގެން ވެސް ނުވާނެ ކަމަށާއި އަދި ކުރިއަށް ދާ ޝަރުއީ އެއްވެސް މައްސަލައަކާ ގުޅޭ ގޮތުން ތީމް ކަނޑައަޅައިގެން ނުވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
މި މުބާރާތުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު އެކެއްގެ ކުރީން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެންސީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކޮންވައްތަރަ އެއްޗައް
24 January 2024
އާންމުކޮށް ދިވެހި ފިރިހެނުން ލާ ކަހަލަ އެއްޗެއް ލައިފަ ހުރި ފިރިހެނަކު ނެތޭ ފޮޓޯގައި އެއީ ކީއްވެ ޖައްސާ ވައްތަރެއްބާވޭ ހިތައް އަރާ ހަމަ ގައިމު އެ ކަން ރީތި އެކަކުވެސް ރާއްޖެއަކު ނޫޅޭނެ
ބުރުގާ
24 January 2024
މިކަމައްވުރެ މިހާރު މާ ރަގަޅުވާނެ ރާއްޖޭގަ ބުރުގާ އެޅުމުގެ މުބާރާތެއް ބޭއްވިއްޔާ.
ހަސަނާެ
24 January 2024
ރޯދަމަހުތޯ ބާއްވަނީ. ރަމަޞާނަ މަހުގެ ރޭތަށް އިޙްޔާ ކޮށް ދިރުވުމެގެ ޕުރޮގޮރާމް ދެއްތޯ
ކޮސް
24 January 2024
އަނެއްކާ މިކސން ފެށީދޯ! މިކަމާނޫޅެ އެމީހުންގެ މަސައްކަތައިގެން އުޅެން ދޫކޮށްލަމާ. ކުރިންވެސް މިކަމަކާހުރެ އޮފީސްތަކުގައި ބޮޑެތި އެތައް ގޯހެއް ހިނގި. އޮފީސް މުއައްޒަފުން ހަވަރަށްދޭނެކަމެއްނެތް.
ފޫހި
24 January 2024
ތާއީދެއްނުކުރަން. ކުރިއަށްއޮތީ ރޯދަމަސް. އޮފީސްތަކަށް އަމާޒުކޮށްގެން އެކިއެކި މުބާރާތް ބޭއްވުމުން އޮފީހުގެ މަސައްކަތުގަޑީގައި ވެސް އެ މުބާރާތްތަކުގައި ބައިވެރިވެފައިވާ މީހުންނާއި އެހެން މުވައްޒަފުން ވެސް އުޅެނީ އެކަމުގައި. އެހެންވީމާ އާއްމުންނަށް ދޭންޖެހޭ ޚިދުމަތަށް ދަތިވޭ. މިއީ ދުނިޔޭގެ ކޮންގައުމުތަކެއްގަ އޮންނަކަންކަމެއްތަ؟ ކުންފުނި ތަކުގެ އަދި އޮފީސް ތަކުގެ މުބާރާތްތައް ވަރަށް ގިނަވެއްޖެމިހާރު