ގުޅިފަޅު މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އިންފްރަސްޓްރަކްޗާ މިނިސްޓްރީ
29 ޖެނުއަރީ 2024 - 09:53
ގުޅިފަޅުން ހިއްކަން ކަނޑައަޅާފައިވާ ބޮޑު ބައެއް ހިއްކާ ނިންމާލައިފި އެވެ.
ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ގުޅިފަޅުން ހިއްކަން ހަމަޖައްސާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓުގެ ބިން އިއްޔެއާ ހަމައަށް ހިއްކާ ނިންމާފައިވާ ކަމަށެވެ.
ގުޅިފަޅު ހިއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، އެ ތަނުން މާލޭ މީހުންނަށް ވެސް ވަނީ ގޯތި ދީފަ އެވެ.
ގުޅިފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިއަދު ވަނީ ހިއްކާ ނިމިފައި pic.twitter.com/uzTk7pNQkj
— Ministry of Construction and Infrastructure (@MoCImv) January 28, 2024
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް، 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ. މެދުކެނޑުމަކަށް ފަހު މި މަހު އަނެއްކާ ވެސް ވަނީ ރަޖިސްޓަރީ ދޫކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަންދެލި
30 January 2024
ގުޅިފަޅު ފޭސް 1 ހިއްކާ ނިމުނީއެވެ. ގޯތި ލިބުނު ބަޔަކަށް އަވަހަށް ގޯތިތައް ހަވާލުކުރާށެވެ. އަދި ގިނަވެގެން އަހަރެއް ތެރޭ އެންމެ އަސާސީ ޚިދުމަތްތައް- ކަރަންޓު ފެން ނަރުދަމާ މަގުތައް- ނިންމާ އެތަނުގައި ދިރިއުޅުން ފަށައިގަނެވޭނެ ގޮތް ހަދާ ދޭށެވެ. ދެން އޮތީ ގފ-ފޭސް 2 އެވެ. އެކަން ވެސް ކުރިއަށް ގެންދަންވީއެވެ. ފޭސް 2 ހިއްކާ ނިމެންދެން ފޭސް 1 ގެ ކަންކަން ނުކޮށް ގޯތިތައް ހަވާލުނުކުރުމަކީ ގޯހެކެވެ. ބޯހިޔާވަހި ކަމަކީ ސަމާސާ ކަމެއް ކަމަށް ނުހަދާށެވެ.
ޖީހަން
29 January 2024
އިބޫ ގޯތި ދިންއިރު ލިބުނު މީހެއް އަޅުގަނޑަކީވެސް. އޭރު ލިބުނީ ނުހިއްކާ ތަނަކުން. މިއަދު އެ ލިބުނު ތަން މިސަރުކާރުން ހިއްކާލައިފި. އަލްހަމްދުﷲ
ސާމް ނާފިޒް
29 January 2024
ކަނޑުން ދިން ގޯތި ރައީސް މުއިއްޒް ހަގީގަތަކަށް މިހަދަނީ.
މި ގޮތް ކިހިނެއް؟
29 January 2024
ރައީސް އިބޫގެ ވިޝަން، ރައީސް މުއިއްޒު ހަގީގަތަކަށް ހައްދަވައިފި.
މަހުދީ
29 January 2024
ބޯހިޔާ ވަހިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނީ މުއިއްޒު ވެރިކަމުގަ
ނައުޝޫދް
29 January 2024
ބަޔަކު ގޯއްޗާއި ފުލެޓްދޭން ބުނި ބިން އަދިކިރިޔާ މި ހިކިގެންދަނީ.. ރައީސް މުއިއްޒަކީ ތަރައްގީއަށް ހުރަސް އަޅާނެ ބޭފުޅެއް ނޫން.
ޝަހުނީމް
29 January 2024
އިބުރާހިމާ ނަމުން ގޯތިދީފަ ދިޔަތަން އަދި ކިރިޔާ މި ހިކިގެންދަނީ. މީގެ އެއްވެސް ކުރެޑިޓެއް އިބޫއަށް ލިބިގެން ނުވާނެ
އަފްރާސިޔާބު
29 January 2024
ކަލޭމެންކަހަލަ ކޮށި ވިސްނުމަށް އެތަނުގެ އުޖާލާ ކަމެއް ނުފެންނާނެ. ނާސިރު ހުޅޭ އެއަރޕޯޓެއްގެ ބިންގާ އެޅީ އެތަނަށް އެތަނައް މިލިއަން މީހުންޒިޔާރަތް ކުރާނެ ކަމުގެ ދުރުވިސްނުމާއެކު.
އިކްރާމްް
29 January 2024
އިބޫ އަށް ނުކުރެވުނު ހުރިހާ ކަމެއް ނިންމަން މި ޖެހެނީ އާޙިރަތުގަ ޑރ.މުއިއްޒު. މުއިއްޒު މެން ސަރުކާރުން ކަންކަމަށް ފަރިތައީ އޭ ހަމަ.
ތި ހިސާބަށް ނުދޭ
29 January 2024
އާޙިރަތުގެ ބައި އަދި ބާއްވާ !!!
އިހަށް ލިއަން ދަސްކުރަމާ
30 January 2024
އެއްކަލަ ބޮޓުކުދިންކޮޅު
ޖާމިޒްް
29 January 2024
ވެރިކަން ފެށިއްސުރެ އަހަރުންނަށް މި ފެންނަނީ އަބަދުވެސް ކޮންމެވެސް ކަމެއް ނިންމާ ތަން. ކޮންމެވެސް ކަމެއް ކުރަމުން ދާ ތަން. މި ވެރިކަމުގެ ސްޕީޑް ކަމަށްވާ މުއިއްޒު ސްޕީޑް ވަރަށް ތަފާތު
ހެހެހެހެހެހ
29 January 2024
އެއީ ކަމެއް 2 ފަހަރު ކުރުން ދެއްތޮ !
މާކީ
29 January 2024
ތިތަން ވެސް އެއްކޮށް ހިންގާ ތަން ތަނަކަށް ހަދާ ނިންމާނީ ހަމަ ޑރ.މުއިއްޒު
އަފްރާސިޔާބު
29 January 2024
އެކަންވާނީވެސް އެހެން. އަލްއުސްތާޛް މައުމޫނު އަބްދުލްޤައްޔޫމުގެ ތަސައްވުރެއް ހުޅުމާލެއަކީ. މިހާރު އެތަނަކީ އެތައްބިލިއަން ރުފިޔާގެ އަގުހުރި އިސްވެސްޓްމަންޓް ހުރި ބިމެއް. ކަންކަން ފެށުމާއި ކަންނިއްމުމާދެމެދު އެތައްކަމެއް ހިނގާނެ. މުއިއްޒުގެ އަމިއްލަ ފައިސާއަކުން ނުންތާ އެކަންކުރަނީ. އޭގެ އަގު ދައްކަން ޖައްސުވަނީ ރައްޔިތުންނަށް.
ގާނިމް
29 January 2024
ރައީސް މުއިއްޒު މިދަނީ އިދިކޮޅުން ކިތަންމެ ދުއްޕާނެއް ކުރިޔަސް ވަރުބަލި ކަމެއްނެތި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރަމުން