ކުރީގެ ޕީޖީ މުހުތާޒް، އަދި ރައީސް ޑރ. މުއިއްޒާ އެކު، ކެމްޕެއިން ތެރޭގައި ބައްދަލުކުރައްވަނީ.
30 ޖެނުއަރީ 2024 - 12:03
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.
އެ މަގާމަށް އައްޔަން ކުރެއްވިކަން މުހުތާޒު ޔަގީން ކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ އެ މަގާމާ އެކު، ރައީސް އޮފީހުގައި މަސައްކަތް ކުރައްވާނީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ކަންކަމުގައި ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި މުހުތާޒަށް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމު މި ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ނުކުންނާނެ ކެންޑިޑޭޓް ކަނޑައަޅަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު އެވެ. މުހުތާޒު ވާދަކުރެއްވީ އޭނާގެ އަނބިކަނބަލުން ނިސްބަތްވާ ދަނގެތި ދާއިރާގެ ޕްރައިމަރީގަ އެވެ.
މުހުތާޒާ އެކު، ރައީސް އޮފީހުގައި މި ވަގުތު ހަތަރު އެޑްވައިޒަރުން އެބަތިއްބެވެ. އެއީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހު އަދި ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.
ޖަނާހު އާއި ހަލީލު އެ މަގާމަށް މުސާރައެއް ނުނެންގެވިޔަސް އަބްދުއްރަހީމް އައްޔަން ކުރައްވާފައި ވަނީ ސީނިއާ މިނިސްޓަރުގެ ރޭންކުގައި ކަމަށް ވާތީ މުސާރަ ނަންގަވަ އެވެ. އަދި އަބްދުއްރަހީމް ރައީސް އޮފީހަށް ބަރާބަރަށް ނުކުންނަވައިި އެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒާނު
01 February 2024
ރައްޔިތުން ބަލައިނުގަތީމާ
ޔޫޓޫ
01 February 2024
އަޅާލާމުއައްސަސާއެއްނެތް ބަލާޒިންމާނަގާފަރާތެއްނެތް ޝަރީއަތްނިމެންދެންޖަލުގަ ޝަރީއަތްބާއްވަނިއްޔެއްނޫން ތިންހަތަރުވެފަޖަލުގާހާހުން މީހުންތުހުމަތުގެމަރުހަލާގަ ބޮލަކައް30000އާއި21000ހަރަދުކުރާކަމުގަ ކަރެކްޝަންބުނޭ ރައީސްއަޅާނުލާ ޕީޖީއަޅާނުލާ ގާނޫނީވަކީލުޅާސިޓީތަކައް ޢާއިލާއިންލާސިޓީއަކައް ޖަވާބުނުދެ
ބޯގޮވައިފި
30 January 2024
ކްރިމިނަލްކޯޓް ހިންގަނީ ރައީސް އޯފީހުންތޯ.
ނުނން
30 January 2024
އަމާޒަށް ލާހޫރޭނީ......
ބޮޑުރަސްގެފާނު
30 January 2024
ދެން އިވޭނީ، "ބްރޯ" ގަވަރންމަންޓް ފަންޑްސް މެނެޖްކުރާ ޗީފް އަކަށް އެޕޮއިންޓް ކުރައްވައިފިކަމަށެވެ!
ލައިލާ
30 January 2024
ވަރަށް ސަޅި. ކުޅަދާނަ ބޭފުޅެއް މުހުތާޒު އަކީ. އަހަރެން އޭނަ އާއި އެކު މަސައްކަތް ކުރިން.
ޔައުގޫބު
30 January 2024
ފާހަގަ ކުރެވިގެން މި ދަނީ ޑރ.މުޢިއްޒު ވެރިކަން ކުރަމުން މި ދަނީ ވަރަށް ވިސްނުންތެރި ކަމާއި ހިކުމަތްތެރި ކަމާއި އެކުކަން.
ހައިޝަމު
30 January 2024
މުހިންމު ދާއިރާއަކުން ވަރަށް ގާބިލު ބޭފުޅެއް އެ ނެންގެވީ. ގުޑް ޗޮއިސް.
ގާސިމު
30 January 2024
މުހުތާޒުމެން ކަހަލަ އިލްމީ ތަޖުރިބާކާރުން ޑރ.މުޢިއްޒު ފަހަތްޕުޅުގައި ތިބެއްޖެއްޔާ މިކަންތަށް ވާނެ.
ނައުފަލުު
30 January 2024
މުހުތާޒު އަކީ ތަޖުރިބާ ހުރި ބޭފުޅެއް.