31 ޖެނުއަރީ 2024 - 13:53
ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތުކުރަން، ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 3.9 މިލިއަން ރުފިޔާ އަށް، 30 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް އެންމެ ފަހުން ބޮޑު މަރާމާތެއް ކުރީ ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށެވެ.
މިދިޔަ ސީޒަނުގައި ގޮލޮޅު ދަނޑުގެ ލައިޓްތަކަށް ގިނަ މައްސަލަތަކެއް ދިމާވެ މެޗުތަކަށް ބުރޫ އެރި އެވެ. ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ބުރު ސްޕޯޓްސް ކުޅުނު މެޗުގެ ދެވަނަ ހާފު ފެށި ތަނާހެން ދަނޑުގެ ހުރިިހާ ލައިޓެއް ނިވިގެން ކުޅލުން މެދުކަނޑާލަން ޖެހުނެވެ. މައްސަލައަށް ވަގުތީ ހައްލެއް ހޯދައި، މެޗު ކުރިއަށް ގެންދެވޭވަރުވީ 32 މިނިޓަށް ފަހު އެވެ.
ފަހުން ލީގުގެ ފަހުކޮޅު މެޗުތައް ހަވީރު ކުޅޭ ގޮތަށް ހެދީ ވެސް ލައިޓްތައް ނުދިއްލޭތީ އެވެ. މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ ހުރިހާ މެޗެއް ހަވީރު ކުޅޭ ގޮތަށް ހަމަޖެއްސީ ވެސް ހަމަ އެ މައްސަލައާ ހެދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްނާރާ
31 January 2024
ސިވެކަށް ދިނުން އެންމެ ރަގަޅު އެކަމަކު މާޒީގަ ފެނިގެން ގޮސްފައިވަނީ ނަގާ ޕްރޮޖެކުޓް ތަކުގަ ދިވެހި އަސްކަރީ ސިފައިން ހަރަކާތް ތެރިވާތަން ބާރުލާފަ! ސުވާލަކީ މިގޮތަށް ދައުލަތުގެ މުވައްޒަފުން ލައްވައި ބިޑުކޮށްގެން ކުންފުންޏަކުން ނަގާ ޕްރޮޖެކުޓްގެ މަސައްކަތް ކުރުވޭނެތޯ؟ މިހާރުން މި ސުވާލަށް ޖަވާބެއް ހޯދާލަބަލަ!
އޭންް
31 January 2024
އާއްމު މީހުންނާއި ވިޔަފާރިގައި ވާދަކުރަން ސިފައިން ނިކުތީމަ ޖަނާއަށް ވަރަށް ސަލާމް