މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން ކުރިއަށް ދަނީ -- ފޮޓޯ: ރައީސް އޮފީސް
31 ޖެނުއަރީ 2024 - 14:55
ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް މާދަމާއިން ފެށިގެން ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ގޮތަށް، އެކަން ނުކުރެވޭނެ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހަކު 750 ޑޮލަރު ނެގޭ ގޮތަށް އޮންނާތީ އެކަމުގެ ދަތިކަމާއި ކަންބޮޑުވުން އޮންނަ ކަމަށާއި އެ މައްސަލަ ހައްލުކުރަން، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަހަކު 1،200 ޑޮލަރަށް ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް މިދިޔަ ޑިސެމްބަރުން މަހު ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި އެކަމާ ބެހޭ ގޮތުން އަދިވެސް އޮތީ ގޮތްތަކެއް ނުނިމި އެވެ. އެކަން އެނގިވަޑައިގަންނަވާ ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލްއާ އެކު މިވަގުތު ކުރިއަށްދަނީ މަޝްވަރާތަކެވެ.
އޮފިޝަލް ވިދާޅުވީ މި ބަދަލާއެކު ޑޮލަރު ބޭނުންވާނެ މިންވަރާއި، މި ބަދަލުގެ ބޮޑު ކުޑަމިނާއި، މިގޮތަށް ލިމިޓް އިތުރުކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެ ބޭންކުން ބުނީ ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބޭ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިދިޔަ ހަފްތާގައި ވިދާޅުވީ، އަމާޒަކީ ކަނޑައެޅި ތާރީހަށް ދަރިވަރުންނަށް ލިމިޓު ބޮޑު ކުރުން ކަމަށާއި އެކަމަކު އެކަން ކަނޑައަޅާނީ ބީއެމްއެލްގެ ބޯޑުން ނިންމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާއާ ހަމައަށް މަޝްވަރާ ކުރަން ދެ މީޓިންއެއް ބީއެމްއެލްއާ އެކު ބޭއްވި ކަމަށް ޝަފީގު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބާސް އިޒްމާޒް
01 February 2024
ރައީސް މުއިއްޒްގެ ގާބިލްކަން މިފެންނަނީ. ހަމަ ކަމެއް ކުރުމުގެ ނަމުގައި ނުކުރާކަން މިފެންނަނީ. ހުރިހާ ކަމަކަށް ބަލާފަ ކުރާނެކަން މިފެންނަނީ.
ހައްމާދު އިސްމާއިލް
01 February 2024
މިކަންކަން ވާނެ. ނަމަވެސް އިބޫ ހޭވި ހަޑި ސާފްކޮށްގެން ވާނީ.
ސާދިމް
01 February 2024
ވާނެ އަދި. ކެތްތެރިވޭ.
މޫސާ ޔައިޒް
01 February 2024
ކިޔަވާ ކުދިންނަަށް އިނގޭނެ ކީއްވެކަން އެކަން ނުވެގެން މިއުޅެނީ. ކުރީ ސަރުކާރުގެ ނާގާބިލްކަމުން ކަން.
އިސްމާއިލް އުޝާމް
01 February 2024
ހަގީގަތަކީ މިކަން ނުވެގެން މިއުޅެނީ އިގްތިސާދު އޮތް ހާލަތުން. ދެން ބަލާލާ މި ހާލަތަށް ވައްޓާލީ ކާކުތޯ.؟ އެއްމެނަށްވެސް އިނގޭ. ސޯލިހް
ލުޖައިން ޒަމިރު
01 February 2024
ނުވާނެ. ސަބަބަކީ އިބޫ ރިސޯޓް ކުލިތަކާ ދައްކަންޖެހޭ އެއްޗެސް މާފްކުރުން.
އާދަމް އާޒިމް
01 February 2024
މިސަރުކާރުން ތިކަންވެސް ހަމަޔަކަށް އަޅުވާނެ. އެކަމަކު ހަގީގަތަކީ އިބޫގެ ނާގާބިލް ސަރުކާރުގެ ނާގާބިލްކަން ފެނިގެން ދާކަން.
އަހްމަދު ޝަމީމް
01 February 2024
މުއިއްޒް އަށް ވެސް ވާނީ އިގްތިސާދުގަ ހުރި އެއްޗަކުން. ނެތް އެއްޗަކުން ނުވާނެ. ސޯލިހް ދިޔައީ މުޅި އިގްތިސާދު ފުޑާލާފަ.
އަހްމަދު އަބާން
01 February 2024
ނުވާނެނު، އެހާ ހަޑި ހާވާފަ ވިއްޔާ އިބޫ ދިޔައީ.
ފާތުން މުހައްމަދު
01 February 2024
އިބޫގެ އުދަގޫ މިއީ. މުޅި އިގްތިސާދު ހަލާކުކޮށްފަ ދިޔައީ. އޭގެން އަރައި ނުގަނެވިގެން މިއުޅެނީ.
އަލީމްބެ
01 February 2024
މުޅި އިގްތިސޯދް ހަލާކުކޮއްފަ ދިޔައީމަ ނުބުނާނީ ފެބުރުއަރީ 1 އިން ފެށިގެން ދޭނަމޭ.