ހައުސިން މިނިސްޓަރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ އެންބީސީސީ އިން ހަދާ ޕްލެޓްތަކުގެ މޮޑެލް ބައްދަލަވާލައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
01 ފެބުރުއަރީ 2024 - 11:35
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވީ، ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް ނިމިފައިވާ އިރު މިހާރު ހުރިހާ ޓަވަރެއްގައި ވެސް ކުރިއަށް ދަނީ ސުޕަ ސްޓްރަކްޗާގެ މަސައްކަތްތައް ކަމަށެވެ. ޖުލައި މަހުގެ ނިޔަލަށް 11 ޓަވަރު ނިންމައި އެފްޑީސީން ފްލެޓްތައް ސަރުކާރާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓަވަރުގެ ސްޓްރަކްޗާގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް 10 ޓަވަރުގައި މިހާރު ވަނީ ނިމިފައި. ކޮންމެ މަހަކު އަޅުގަނޑުމެންނަށް 30 ޝީޓު އެބަ އެޅޭ. މަސައްކަތް ކުރިއަށްދަނީ ޝެޑިއުލަށް ވުރެ މާ އަވަހަށް،" އޭނާ ވިދާޅުވި އެވެ.
އެފްޑީސީން 10 ޓަވަރުގެ މަސައްކަތް ނިންމާލި އިރު އެއީ ގާތްގަނޑަކަށް 1،200 އެޕާޓްމެންޓެވެ. އެތަނުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތެވެ. މި މަސް ނިމޭ އިރު ހަތަރު ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ. އެއީ 512 ފްލެޓް ކަމަށް އެފްޑީސީން ބުންޏެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ "އަމާން ދޯދި" ޓަވަރެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހަމްދާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޖުލައި މަހާ ހަމައަށް 11 ޓަވަރުގެ ހުރިހާ މަސައްކަތެއް ނިންމައި ހަވާލުކުރުމެވެ. އެފްޑީސީން މަސައްކަތް ކުރަނީ ޕްރޮޖެކްޓްގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމަން ކަމަށާއި، މަސައްކަތްތައް އަވަސް ކުރަން މިދިޔަ މަހު ވެސް 250 ލޭބަރުން އިތުރަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެފްޑީސީން ކުރިން ބުނެފައިވަނީ މި އަހަރު ނިމެންވާ އިރު ހުރިހާ ޓަވަރެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފަހި ދިރިއުޅުމުން އެ ފްލެޓްތައް އަޅަން ހަވާލުކޮށްފައި ވަނީ ދެ ކޮންޓްރެކްޓަރުންނާ އެވެ. އެގޮތުން "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާ އެވެ. އަދި "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
އެ ފްލެޓުތައް އިމާރަތްކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ. އެ ދެ ލޯނަށް ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމާ
01 February 2024
އޭސިސީއަށް މިހަފްތާ އެއުޅެނީ އިބިލީހުގެ ކައިވެންޏަށް ވީގޮތް ވެގެންތޯއްޗެއް!
ބަބޫ
01 February 2024
ހުރިހާ ޓަވަރެއް ނިންމާ އޭސީސީ އާއި ހަވާލު ކުރޭ. އެތައް ބަޔެއްގެ ހައްގަކަށް އަރައިގެން ވޯޓުގެ ދަހިވެތިކަމުގަ މަގާމުގެ ދަހިވެތި ކަމުގަ ތި ކުޅޭކުޅިގެ ނަތީޖާ މިފަހަރު މަޖިލީސް އިންތިހާބުން ފެންނާނެ
ވާންވީ
01 February 2024
ތީ މައުރަޒަށް ލާން ހަދާ ތަނެއްތަ އަޅެ! ކޮންމެ ދެދުވަހަކުން އެބަބުނޭ ފުލެޓު ނިމެނީ ނިމެނީ .. އެކަމު އެތަން ލިބޭ މީހުންގެ ލިސްޓެއް ދުވަހަކު އޭސީސީ އިން ބަލާ ނުނިމުނު. މިދެން ކިހާ ދެރަ ކަމެއްތަ.
ބޭރު
01 February 2024
އިތުރު 4000 ފުލެޓް އަޅަން ހަވާލުކުރިކަމަށްވޭ ކޮބާތޯ އެ ފުލެޓްތަކުގެ އަޕްޑޭޓެއް.
ހަމަ77
01 February 2024
ޝުކުރިއްޔާ ރައީސް މުއިއްޒު!!!!!. ސްޕީޑް ރަނގަޅުވާނެ. ސްލޯ ނުވާނެ.
މަލިކުބޭ
01 February 2024
މީ މުއިއްޒު ކުރާ ކަމެއްތަ؟ ޝުކުރިއްޔާ އިބޫ!
މަހާތީރު
01 February 2024
އޭސީސީ އިން ބުނި މި ހަފުތާގަ ގޮތެއް ނިންމާ ވާހަކަ. ކޮންއިރަކުންތަ މި ހަފުތާ ނިމެނީ؟ މިހާރު އިން ހަފުތާ ނިމޭ ދިވަހެއް ބަލާ ދީބަލަ..
އަމަން21
01 February 2024
ރައްޔިތުންނަށް ކުރާ ޖެއްސުމަކަށްވެއްޖެ! ދެވަނަ ބުރުގަ ލީ އަސްލު ފްލެޓް ބޭނުން ޖެހިފަ ތިބި ކުލީގެ އަޅުވެތިކަމުގަ ތިބި ނިކަމެތި ރާއްޖެތެރޭމީހުން! ފުރަތަމަ ބުރުގަ ލީ އެފްޑީސީގެ އެމްޑީ ސަލްފިޔާ ކަހަލަ މުއްސަނދި މާލޭ ކުދިން! ދެވަނަ ބުރުގެ ހަބަރެއްވެސް ނެތް! ފުރަތަމަ ބުރުގެ މީހުންގެ ވެސް ހަބަރެއް ނެތް!ކަން އޮތީ އޭސީސީން ފިނިހަކަ ސްޕީޑުގަ ކޮފީ ބޮއެގެން ޗިލްކޮށް ބަލާފަ އޯކޭއޭ ބުނަން ބާއްވާފަ! 20 ދުވަސް ދެ މަހަށްވެއްޖެ! މިހާރުން މިކަމަށް ހަބަރު ލިޔަންވީ!
ދެރަސޮރު
01 February 2024
ދެދުވަހު ދެގޮތަށް ވާހަކަ ނުދައްކާ ނިމެމުން ދާވަރަކަށް އަވަހަށް ހަވާލު ކޮށް ދެއްވާ މިހާރު ތިކިޔަނީ 11 ނިމެނީ ޖުލައިމަހޭ ބަލަ ކުރިން ކީ 4 ތަން ފެބުރުއަރީ އަށް ނިންމާ ހަވާލު ކުރަން ރައްޔިތުންނަށް ޖެއއސުން ނުކޮށްބަލަ
ޖުލައި2021
01 February 2024
ކޮބާހޭ ރައީސް މުއިއްޒުގެ ވަޢުދު ފުއްދަވަން އެޗްޑީސީ އިން އަދިވެސް ނޫޅޭ، ވިނަރެސް ފުލެޓްތަށް ނުލާހިކު ކޮލިޓީދައްކޮށް ހަދާފަ ހުރި ތަނެއް، ރައީށް މުއިއްޒު ވިދާޅުވި 4200 މިހާރު ދައްކާ ކުލިން އަދިވެސް އުނި ނުކުރޭ. އެޗްޑީސީ އިން ކަންކަން މި ކުރާގޮތުން ރއީސްގެ ވިދާޅުވުމުގެ އެއްވެސް އަގެއް ނެތގޮތަށް މިކަން ކުރަނީ. ރައްޔިތުން ލައްވާ ރައީސް އަށް ނަފރަތު އުފައްދަން.
ގޮއްޔެ.
01 February 2024
އަހަރެމެންގެ ފުލެޓް އަހަރެމެންނާ ޙަވާލުކުރުމަކީ ރައީސް މުޢިއްޒުގެ މައްޗަށް ލާޒިމް ކަމެއް. އެކަން ކުރަންޖެހޭނީ އަދި 4 އަހަރު ނިމުމީމާއެއްނޫން. ދެވަނަ ބުރަށް ކުރިމަތިލީމީހުންގެ އެއްވެސް ވާހަކައެއްނެތް. އަދިފުރަތަމަ ބުރުގައި ޝަރުޠުހަމަވެ ފުލެޓް ނުލިބޭމީހުންގެ ވާހަކައެއްވެސް ނުދައްކާ. ސަރުކާރުން އެވާހަކަ ނުދެއްކިއަސް އަހަރެމެންގެ ފުލެޓްމަތިން އަހަމެމެން ހަނދާންނުނެތޭނެ.
ުއޮޕީ
01 February 2024
ތިވާހަކަ މަ މިތާގައި ވަރަށް ލިޔެފިން. ގައިމު ބަޔަކަަށް ފެންނާނެތާ. ކެހިތަން ހިރުވާވެސް ނުލައި އެ ތިބެނީ. 4 އަހަރު ތެރޭގައި ފްލެޓް ނުލިބިއްޖެ ދެވަނަ ދައުރު ހަނދާން ނައްތާލަންޖެހޭނީ.