ކުޑަކުއްޖަކު، ތުން ޖަހައިގެން.
01 ފެބުރުއަރީ 2024 - 12:37
ކުޑަކުދިންގެ ބުއްފުޅި އާއި ބުއްފުޅީގެ ތުން ރާއްޖެ އެތެރެކުރާއިރު އަންނަ އޮގަސްޓް މަހުން ފެށިގެން އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން އެ އޮތޯރިޓީން އަންގައިފި އެވެ.
ބޭހާއި ކާތަކެތީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ 2015 ވަނަ އަހަރު އާއްމުކުރި، ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި ބަޔާންކުރާ ތަކެތި ރާއްޖެ އަށް އެތެރެކުރުމަށް މިހާތަނަށް ހުއްދަ ދެމުން ދިޔައީ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ފަހު ކަމަށެވެ.
އެކަމަކު، މިހާރަކަށް އައިސް އެ ތަކެތި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރާ ކަމަށް އިއުލާނުގައި ބުންޏެވެ. އެހެންވެ، ކުޑަކުދިންނާ ގުޅޭ ތަކެތި އެތެރެކުރާއިރު އަންނަ ޖުލައި 31 ގެ ފަހުން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރަން ވަނީ އަންގައިފަ އެވެ.
އެ ގަވައިދުގައިވާ ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުން ވިއްކޭނީ ރަޖިސްޓަރީ ކޮށްގެންނެވެ.
އެއާ ހިލާފަށް ވިއްކުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
02 February 2024
ރަނގަޅު ކަމެއް ކުރިޔަސް ދިވެހިންގެ އަނގައަކުން ނާރާނެ. މިއީ ހަރުކަށިކޮށް ރެގިއުލޭޓް ކުރަން ޖެހޭ ކަންކަން
އޮނަރަބްލް އަފީފު ދީދީ
02 February 2024
ސިއްޙީ ރައްކާތެރިކަން ކަށަވަރުކޮށް ޤާއިމް ކުރުމަށްޓަކާ ހަދާ ޤަވާއިދާއި އަޅުއްވާ ފިޔަވަޅުތައް "ނަމަކަށް" އެޅުމުގެ ބަދަލުގައި ތަންފީޒު ކުރެވޭނެ ހަރުދަނާ ގޮތަކަށް މިކަންކަން ކުރުން ރަނގަަލު. # ހަމަ ތިގޮތަށް ރަނގަޅު އެއްޗެއް ތުއްތު ކުދިންނަށް ކާންދިނުމުގެބޭނުމުގައި ބެލެނިވެރިން ބާޒާރުން ގަންނަ Yoghurt އަކީ ސީދާ ކުނިބުނިފަދަ ތަކެތިކަންއިގޭއިރު ކީއްވެގެންތޯ ޔޮގަރޓްގެ ނަންޖަހައިގެން ބާޒާރުގައިވިއްކާ ކޮންމެވެސްޒާތެއްގެ ފޮނިއެއްޗެހިވިއްކުން ނުހުއްޓުވަނީ!؟
ފަހުދު.
01 February 2024
މަންޑޭގެ ދަރީގެ ބުއްފުޅިވެސް އެއީ ވަގު ފައިސާގަ ހޯދި އެއްޗެއްތަ؟
ފޮނިޓައްޕު ހަސަނު
01 February 2024
އިންޑިއާއިން ރާއްޖެ އެތެރެކުރާ ކުނިވެފަ ހުންނަ ކުކުޅުބިސް ވަރިހަމަ ކުޑަކުދިންނަށް ކާންދިނަސް. އެބިހުގެ ހާލަތުބަލައި ޗެކްކުރުމެއް ނޯވޭ. 10 ބިސްގަތިއްޔާ 6 ބިސް ކުނި.
ތެފައާސާ.
01 February 2024
ދެން މި ޖެހުނީ އަންހެނުން ވިހަންވާއިރަށް 60،000 ރުފިޔާ ދީފައި ގަރާޖު ސިޓީއެއް ހޯދައިގެން ބުއްފުޅި ރަޖިސްޓަރީ ކުރަން؟
ޚަނި
01 February 2024
ހަމަޖެހޭ. އެއީ ވިޔަފާރިއަށް އެތެރެކުރާ އެއްޗިހި ރަޖިސްޓްރީ ކުރާވަހަކަ. ބޯހަލާކު. ވަރަށްވެސް ރަނގަޅު ނިންމުމެއް. ކަޑަ ޕްލާސްޓިކު އަދި ކުޑަކުދިންގެ ސިއްހަތަށް ގެއްލުން ވާނެ ފަދަ ތެކެގި އެތެރެވިޔަ ދީގެންނުވާނެ.
ރ
01 February 2024
މަންޑޭގެ ދަރިފުޅުގެ ބުއްފުޅި ދައުލަތަށް ނެގީމަ ތޯ
ދޮޅި
01 February 2024
ކުޑަދަރިފުޅައް ގާތުންދޭ މައިމީހާ ނުޖެހޭތަ އެމްއެފްޑީއޭގައި ރަޖިސްޓަރީވާކައް.....؟؟!
އބެިދ
01 February 2024
ލޮލް!
ގުދުގުދާބެއްޔާ
01 February 2024
65 އަހަރު ތަކުގެ ސަގާފަތް އަނެއްކާ އިއާދަވީ! އެދުވަސް ވަރު ޕާން ފިހާ އުދުންވެސް ރަޖިސްޓްރީ ކުރަން ޖެހޭ!
ފާނަކޮށި
01 February 2024
އޭގެިން ކޮންކަހަލަ ބޭހެއްތޯ ނިކުންނަނީ.....އޭގެ ބޭނުމަކީ ކުޑަދަރިއަށް ދޭންވާކިރު އެއަށް އަޅައިގެން ގާތުން ދިނުން....ބޮއެހަލާކު
ހަލީންޓެ
01 February 2024
ބުއްފުޅި ހަދާފައި ހުންނަނީ ޕްލާސްޓިކްގެ ބާވަތްތަކުން. ލޯ ކޮލިޓީ ސާމާނުތަކުން ތުއްތު ކުދިންގެ ސިއްޙަތަށް އަސަރުކުރާނެ. ކުޑަކޮށް ގޫގްލްކޮށްލީމަ މިހިރަ އެއްޗެހި އެނގޭނެ. ކޮންމެ ހަބަރެއް ކިޔާފަ، ރޯނު އެދުރު ހެދިގެން ކޮމެންޓް ކުރިޔަކަސް މިކަމެއް ނުވާނެ ބްރޯ