ޑރ. ޝަމްހީދު އޭނާގެ ގާތް ބައެއް މީހުންނާ އެކު
04 ފެބުރުއަރީ 2024 - 09:55
އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ކުރީގެ މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު އިއްޔެ ކަށަވަރު ކުރައްވައިފި އެވެ.
އަލަށް އިތުރުކުރި އެއް ދާއިރާ ކަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ގޮނޑި ޑރ. ޝަމްހީދު ކާމިޔާބު ކުރެއްވީ 187 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ހުސައިން ނަޒީފަށް ހޯއްދެވުނީ 123 ވޯޓެވެ. ނަޒީފު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްއޭސީއެލްގެ އިސްމަގާމެއްގަ އެވެ.
ޑރ. ޝަމްހީދު
އެމްޑީޕީގެ ބައެއް ކޮމިޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. ޝަމްހީދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. ޝަމްހީދު ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރިން ކުރައްވައިފަ އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުން ކާމިޔާބު ކުރެއްވި އެވެ. އެ ޕްރައިމަރީން ކެޓި މިހާރުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކެލާ ދާއިރާގެ އިބްރާހިމް ޝަރީފު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރަތޭ
04 February 2024
އެމްޑިޕީ ގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓުދެވޭކަށްނެތް...ގައުމު ލޫޓްވުމާއި، މަޖިލިސް ތެރެއިން އެޕާޓީގެ އަޚުލާގު ދަނީ ފެންނަމުން. 5 އަހަރު ސްޕަރމެޖޯރިޓީލިބި ފައިދާހުރި އެއްވެސް ކަމެއްކުރެވުނު ޕާޓީއެއްނޫން.
މާހޯރަ މޮހެދޭ
04 February 2024
ވަރަށް ރަނގަޅު ބޭފުޅެއް. ޤައުމަށް ހެޔޮ ބަދަލެއް އަންނާން އެބަޖެހޭ. ޑރ. ޝަމްހީދުގެ ޓްރެކް ރެކޯރޑް ސާފު. ސާބިތު ބޭފުޅެއްކަމަށް ވަރަށް ގިނަމީހުން ބުނޭ.
ބިއްލާހިތެދެކޭ
04 February 2024
ނުހޮވޭނެ. ނުހޮވާނަން. ނެތް ތިކަން ކޮށްދެވޭކަށް
ގޮނޑިއެއްނޫން މޑޕ ޓިކެޓް ލިބުނީ
04 February 2024
ޝުރުޚީ ގައި އޮތީ މުޅިން ނުބައިކޮށެވެ.
ޑައިޖީން
04 February 2024
އެސް.ޖޭ ކުންފުނި އިތުރަށް ވަރުގަދަވީ! ދެން ދޭންޖެހޭ ބަދަލުތަށް އަދި މާ ބޮޑުވާނެ!
ޗަކް ނޯރިސް
04 February 2024
ފަލަސްތީނު މީހުންގެ ހައްގޭ ގޮވަމުން އަނެއް އަތުގައި މި އޮންނަނީ ކޯކު ދަޅެއް. ދެން ކީކޭ ބުނާނީ...
ކިރު ސައި
04 February 2024
ފަލަސްތީނު މީހުންވެސް ކޯކު ބޯނެ. ދެން ވިސްނުމަގަ ތެތްކަމެއް ނެތީމާ ކުށްވެރިކުރާނީ ތިމާނޫން އެހެން އެންމެން. ޖާލިލުކަމަކީ ހައްދެއްނެތް ކަމެއް.