މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
04 ފެބުރުއަރީ 2024 - 12:24
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަމަލާތައް ވަރުގަދަކުރުމުން، ފަލަސްތީނު ރައްޔިތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ފަރުޟު ނަމާދުތަކުގައި ކިޔަން ފެށި ގުނޫތު ވަގުތީ ގޮތުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.
ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ރައްކާތެރިކަން ދިނުމަށް އެދި އެންމެ ފުރަތަމަ ގުނޫތު ކިޔަން ފެށީ މިދިޔަ އޮކްޓޯބަރު 18 ގަ އެވެ.
އެންމެ ފުރަތަމަ ގުނޫތު ކިޔަން ފެށި އިރު ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އެންގި މިދިޔަ ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ގުނޫތު ކިޔަން އަންގާފައިވަނީ ޖަހުރިއްޔަ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގަ އެވެ.
އިއްޔެ ފޮނުވި ސާކިއުލާގައި ވަނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ.
އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 27،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ބުނެ އެވެ.
ހަމަލާތަކުގައި ޣައްޒާގެ ގެތައް ބިމާ ހަމަކޮށްލާފައި ވާއިރު އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
05 February 2024
ޣައްޒާގައި މުސްލިމުން ނުޙައްޤުން ޤަތުލުވާކަންވެސް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. އެއިލާހަށް ނަމާދު ފަހަތުައިވެސް އަޅުގަނޑުމެން މިދުޢާކުރަނީ. މޮޅުގޮތަކީ ﷲގެ ރަސޫލާ އަޅުގަނޑުމެންނަށް ކަންކުރަންވީގޮތް އެންގެވިގޮތަށް ކުރުން. އެކަން އެނގޭނީ ދީނީ ޢިލްމުވެރިންނަށް. އެބޭފުޅުން އަންގަވާގޮތަކަށް އަޅުގަނޑުމެން ތަބައުވީމާ ނިމުނީ.
ދުޢާ ނުހުއްޓާ
05 February 2024
އެހެން ވެދާނެ. ސަޢުދީ ފާޅުގައި އިޒްރޭލް ކޮޅު. ޑުބާއީ އިޒްރޭލް ކޮޅު. މީ މި ސަރުކާރުން އަޅުވެތިވެގެން އުޅޭ ތަންތަން. ތުރުކީން ވެސް އަޑިއަޑީން އެދެނީ ހަމާސް ބަލިވާން. ދެން ހުރި އަރަބި ގައުމު ތަކުން ވެސް އަޑިއަޑީން އެދެނީ ހަމާސް ބަލިވާން.
ޑިކްޓޮކް
05 February 2024
ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ގުނޫތުގެ ބޭނުން ކެނޑިގެން ނުދާނެކަމީ ކޮންމެ މީހަކަށްވެސް ފެންނަން އޮތް ކަމެއް. މިވަގުތު ކޮށްދެވޭނެ އެންމެ ހެޔޮކަމަކީވެސް އެއީ. އެހީ އެތެރެކުރެވެނީކީ ނޫން. ގުނޫތު ކިޔުމަށް ނަގާ މިނެޓެއްހާއިރު އެއީ މާ ބޮޑު ބުރައެއްވެސް ނޫން. ވަރަށް ސަލާމް އިސްލާމިކް މިނިސްޓްރީއަށް
ތެފައާސާ.
05 February 2024
މިއީ ކުރީ ސަރުކާގައި ހިނގިކަމެއްނަމަ މިހާރު އެއްކަލަ ދޮގުރެސްގައި އޮންނާނީ، "ރައީސް ސޯލިހު އެމެރިކާއިން ރިޝްވަތުނަގައިގެން ގުނޫތު ކިޔުން މަނާކޮށްފި"، މިހެން.
ބޮޑުރިޔާ
05 February 2024
އެމެރިކާގެ އިސްވެރިޔާގެ ދަތުރުފުޅާ ގުޅޭ ކަމެއްބާ އަނެއްކާ މިއީ ވަގުތާއި ހާލަތަށް ބެލީމާ އެއްގޮތް ކަންތަށް ތަކެއް ހުންނާތީ އަހާލީ
ކރިގަ
05 February 2024
75 އަހަރުވީ 1 ބިލިޔަން މީހުން ފަލަސްތީނަށް ޓަކާ ގުނޫތާއި ދުއާ ކިޔާތާ. އެހެންވީމަ ދެން އެހެން ގޮތަކަށް މިކަން ވެތޯ މަސައްކަތް ކުރާކަށް އަދިވެސް ނުވޭބާ؟
ކީކޭ؟
05 February 2024
ސަބަބު؟
ސަލީމު އިދުރީސް
05 February 2024
މޮޅެތި ހަތިއާރުތަކުން ތެރެއިން ޓެންކަރާ ކުރޫޒު މިސައިލު ފަދަ ހަތިއާރަކީ އެތައް މިލިޔަން ޑޮލަރުގެ އަގުހުރި ހަތިއާރު! މުސްމުންގެ އެންމެ ވަރުގަދަ ހަތިއާރަކީ ދުވާކަމައް ވާއިރު އެކަމައް ހިނގާހަރަދު އެގޭނީ ތިމިނިސްޓުރީއައް! ހަނގުރާމާގެ ނުރައްކާބޮޑުވާ ވަގުތު ގުނޫތު ކިއުން ހުއްޓަލީމަ އެކިމީހުން އެކިގޮތައް ދެކޭނީ މެގޭ ދެކެނީ ހަނގުރާމާގެ އުކުޅެއްގޮތުގަ
ބާބް
05 February 2024
ވަކި ޒާތަކަށް އުޅޭ ބަޔަކު މިކަމުގައިވެސް ފިތުނަ އެބަ އުފައްދާ. ހެއްވާ ކަމަކީ އޭނަގެ ވާހަކަޔަށް ބާރުލިބޭގޮތަށް ގެނެސްދީފައިވާ ލިންކުގެ ފަހުބައިގައިވެސް ބުނެފައިއޮތީ މިގުނޫތަކީ ވަކިމުއްދަކަށްފަހު ހުއްޓާލާ ގުނޫތެއްކަމަށް ބުނެފައިވުން. އޭނަޔަށް އެތަން ނުފެންނަނީ ނުވަތަ ނޭނގެނީ މާނަ.
ވަގުނޫޓު
04 February 2024
ތިކިޔާ ޤުނޫތުގެ ގޮތް އެނގެނީ ނާޒިލާއޭ ކިޔާފަ އެކިފަހަރު އެކިގޮތަށް ތިމާމެން ބޭނުންވާ ޞީޣާއެއްނލައިގެން ކިޔާތީ. ފަތިސްނާދަށް ޚާއްޞަ ޤުނޫތެއްކީމާ އެ ކަމަކުނުދޭ. އާގޮތެއް ހަދާލީމާ ބަރާބަރު.