ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު މަޖިލީހުގެ ރިޔާސަތުގައި. -- ފޮޓޯ: މަޖިލިސް
05 ފެބުރުއަރީ 2024 - 10:53
ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ތިން މިނިސްޓަރަކަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް އެ މިނިސްޓަރުން އަލުން އެ މަގާމްތަކަށް އައްޔަންކުރަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީން ތިން ބާރު ވަކިކޮށް ގާއިމް ކޮށްފައިވާ އިރު އެއްބާރު އަނެއް ބާރަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.
ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހްތިރާމްކުރަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެކަން އެގޮތަށް ނުކުރާ ނަމަ ދައުލަތުގެ ހަމަ ގެއްލިދާނެ ކަމަށެވެ. އަދި އެއީ ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
"މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގައިތުމަށް ދަންނަވަން." އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުން ރުހުން ނުދޭން ފާސްކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަށެވެ.
އެ ތިން މިނިސްޓަރުން ވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލައިމާނު
07 February 2024
އިންސާނާއަކީ ޖަދަލުބޮޑު އަމިއްލަ އިއުތިރާފުކުޑަ ތިމާއަކީ އެންމެރަގަޅު މޮޅުމީހާ ކަމުގައިބަލާ މަހުލޫގެއް. މިހާރުގެ މަޖިލިސް ރައީސަކީވެސް މިކަމުގެ ޕިއޯ އޮތެންޓިކް ސާމްޕްލް ޕީސްއެއް. ހާޒިރީފުލުން އެއްވަނަ. ތަގުދީރު ދިމާކުރިގޮތުން ރައީސަކަށްވީ. ފުރަތަމަ ކުރިކަމަކީ އަމިއްލަ ޕާޓީގެ އަދަދުން ރައްޔިތު އައުލަބިއްޔަތުގެ ރައީސް ވައްޓާލަން މަސައްކަތު ގާނޫނެއް ވުޖޫދުކުރީ. ދެވަނަ ތިމާއަށްވެސް ސަބަބެއްނޭގޭހާލު ވަޒީރުންނަށް ރުހުންނުދިނީ. ކާކުބާ ވަރުދައްކަނީ..
20000
05 February 2024
އެހެންވީމަތަ ބާރު ދައްކަން އެއްވެސް ހުއްޖަތެއް ނުދައްކާ ތިން ވަޒީރުންނަށް ރުހުން ނުދިނީ މިހިރަ މީހާ
ހަނދާނާ
05 February 2024
ތިޔަ ގޮނޑިން ވެއްޓޭ ދުވަހު ތި ދެއްކި ވާހަކަ ހަނދާކޮށްލާތި. މިހާރު ބާރުގެ ބޭނުންކޮށްގެން ތި ކުރާ ކަންކަމުން ލިބުނު މޮޅެއްނެތްކަން އެދުވަހުން އެނގޭނެ.
އާވަސް
05 February 2024
ހުށަހަޅާ އެންމެންނަށް ރުހުން ނުލިބި ދާނެ. އެއީ މައްސަލައެއް ނޫން. ގަދަ ކަން ދައްކައި ހަމަ އެމީހުން ލީމަ ކަމަކު ނުދޭ، ކަމެއް ވެގެން ޤާނޫނު ގަ ރުހުން ހޯދަން އޮތީ، ހަމަ ފޮނުވާ ހުރިހާ ނަމެއް އެންޑޯސް ކުރާކަށް ނުޖެހޭނެ.
އެދުރު1
05 February 2024
ކޮންމެ ކަމަކަށްވެސް ހަމަޔަކާއި އުސޫލެއް އޮންނަންވާނެ . ތިން ވަޒީރުންނަށް ރުހުން ނުދިން ސަބަބުވެސް ބުނެނުދެވުން . ހަމަ ހިތަށް އެރީމަ ރައީސް ޖުމުހޫރިއްޔާގެ ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައެއް ނުގަނެވޭނެ
ކުޑަބޭބެ
05 February 2024
މަޖިލިހަކުން ނޫން ވެރިކަން ކުރަނީ ވަޒީރުންނަކީ ރައީސް އާ ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމަކުރަން ރައީސް ޢައްޔަންކުރާ ބައެއް ސަބަބެއް ދެއްކުމެއް ނެތި ރުހުން ނުދިނުމަކީ މަޖިލިހަށް ކުރެވޭނެކަމެއް ނޫން. ރުހުން ދިނުމަކީ ރަމްޒީކަމެއް ބަލަންޏާ ބަލާ ޤާނޫނުއަސާސީގަ ބުނާ ޝަރުޠު ހަމަވޭތޯ.
ނިޒާމ
05 February 2024
ރައީސުލްޖުމްހުރިއްޔާ އަކީ ސަރުކާރުގެ އިތުރުން ދައުލަތުގެ ވެސް އެންމެ އިސް ފަރާތް. އިސްލާމީ ދަޢުލަތެއްގައި ވަލިއްޔުލްއަމުރު ގެ މައްޗަށް ބަސް އިއްވޭނެ ދެވަނަ މީހަކު ހުރެގެން ނުވާނެ. މި ނިޡާމު ކަމަކުނުދޭ.
ނޭނގޭ އެއްޗެހި ނުކިޔަގަ
05 February 2024
ތިޔަބުނާހެން ހުރިހާ ބާރެއް ދީފައި ވަލިއްޔުލްއަމްރު ހޮވާ ޒަމާން ފަސްދީ ހިނގައްޖެ. ވަލއްޔުލް އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް. އޭގެ މައްޗަކަށް މީހަކު ނުހޮވަމު. އެއާ ޚިލާފުނުވާން ހުވާ ކުރުވާފައި ހަވާލުކުރާ މަގާމުތަކެއް އޮތީ. އިސްލާމް ދީނުގައި ޢަހުދުނާމާ އަކީ ދެފަރާތައް އެކީ ހިނގާ އެއްޗެއް. މައްސަލަވެސް ޖެއްސޭނެ ބާތިލުވެސް ކުރެވެމޭނެ. ބަދަލުވެސް އަދަބުވެސް ދެވޭނެ. އެކަމަކު އުސޫލުން!
ދޯދީޔާދީ
05 February 2024
5 އަހަރު ދުއްވާލީ ހުދުމުހުތާރު ކޮއް ބޭކާރައް މަޖިލީހާ ހުރިހާ ބާރެއް ލިބިގެން އެކަމު ރަނގަޅު އޮއްޓަރު ހުރިކަމެއް ނުކޮއް ދުއްވާލީ އިދިކޮޅު މީހުން ކިބައިން ބަދަލުހިފުމާ ކޮރަޕްޝަން ހިންގުމުގައި. އަދި އެންމެ ބޮޑު ވައުދު ނުފުއްދާ ޖުޑުޝަރީ މިނިވަން ކުރަންށޭ ކިޔަގެން އެކަމެއް ވެސް ނުކުރި.
ޖެއްސު
05 February 2024
ގައުމު އިންޑިޔާއައް ވިއްކާލައިގެން ތާއަބަދައް ވެރިކަމުގަ ރަމްޒީ ގޮތުން ހުރުން އޯކޭ ދޯ ބައެއްގެ ދަށުވެގެން
22222
05 February 2024
މަޖިލިސް މެމްބަރުން ދެއްކެވީ ގަދަ ކަމާއި ބާރުނޫންތޯ؟
އައިމިނާ
05 February 2024
ގައުމުގެ ރައީސަށް ވަށްބަހުން ޖަހާ ކުރިމަތީގަ ޖެއްސުން ކުރާނީ ވަރަށް ގޮތެއް ފޮތެއް ނެތީމަތާ. ގަދަ ދައްކައިގެން ވިޔަސް މަޖްލީހުގެ ރައީސަކަށް ވެ ހުރެ.
އެމްބެ
05 February 2024
އަސްލުވެސް އަދަބެއް ސަދަބެއް ނެތް
ފަހުދު.
05 February 2024
ރައްޔިތުން ވޯޓު ދިނީ ރ.ޔާމީން މިނިވަން ކުރާނެ ކަމުގެ އުންމީދުގައި. އެކަން ނުކޮއް ކޮން ވާހަކައެއް ދައްކާކައް
ކިހިނެއް
05 February 2024
ރައްޔިތުން ވޯޓްދިނީކީ ރައީސްޔާމީނު ހަމައެކަނި މިނިވަން ކުރާށެއް ނޫން ރަނގަޅު ވެރިކަމެއް ކުރުން ތަފާތެއް ނެތި. ފުރަތަމަ ކަމަކީ ޖުޑިޝަަރީ މިނިވަން ކުރުން އެތާ ގެ ބޮޑަކައް މިހާރު ވެސް އެތިބީ ހިސާން ކަހަލަ ރައްޔިތުން ބަލައި ނުގަންނަ އެމްޑީޕީ ކުދިން