ސީޕީ އަލީ ޝުޖާއު: ގޭންގްތަކަކީ ކޮބައިކަން ފަސޭހަ އިން ކަނޑައެޅޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު
12 ފެބުރުއަރީ 2024 - 16:30
ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން މަގުސަދު ހާސިލް ނުވާތީ، އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށާއި އިސްލާހުގެ ޑްރާފް ނިމިފައިވާ ކަމަށެވެ.
"ކޮބައި ހެއްޔޭ ގޭންގަކީ، ގޭންގެއްގެ ޑެފިނީޝަން ފަސޭހައިން މާނަކުރެވޭނެ ގޮތްތައް އަދި އެ މާނަ އަކީ ޕްރެކްޓިކަލީ ވެސް ކުރެވޭ މަސައްކަތުން އެ ގޭންގް ޑެފިނީޝަން އަށް އެ ފެތޭ ބަޔަކީ ކޮބައިތޯ ކަނޑައެޅުން ތަންކޮޅެއް ފަސޭހަ ވަގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.
އުއްމީދުކުރަނީ ފުލުހުންގެ ބޭނުންވާ ގާނޫނީ އިސްލާހުތައް އަވަހަށް ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ދިޔުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ލިޔެފައި އޮތީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރެވުނީ އެންމެ މައްސަލައެއްގައި ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ނޫން ކަމަށެވެ.
"އަޅުގަނޑަށް ހިއެއް ނުވާ އަމަލީ ގޮތުން ބޭނުން ކުރާއިރު ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނަކީ މިވަގުތު އަޅުގަނޑުމެންނަށް ބޭނުން ކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއްހެނެއް. އޭރު ވެސް ބޭނުމެއް ނުކުރެވޭ. މިހާރު ވެސް އެގޮތަށް އެކަން އޮތީ،" ޝަމީމް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ޝަމީމް ވިދާޅުވި ގޮތުގައި ގޭންގް ކުށްތަކާ ހުއްޓުވަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯހެއްގެ މަސައްކަތް ކުރިއަށް ދެ އެވެ. އަދި އެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށާއި އޭރު ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މާލެ ތެރޭގައި ގޭންގް ހަމަނުޖެހުންތައް ހިނގުމާއި މީހުންނަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމާއިި މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ކަންކަމަށް ފިޔަވަޅު ނޭޅޭތީ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިންޑި
13 February 2024
ފުރަތަމަ ގެންގު ޑެފިނިސަން ހޯދުމުގެ ކުރިން، އެބަޖެހޭ ޑެފިނިސަންގެ މާނަހޯދަން. މިޔައްކިޔާނީ ޑެފިނިސަން މާނަ ކުރާ ގާނޫނު. ދެން ސިކުޑިލާނީ ޖޭމް ހުސްކުރި ފުޅިޔަކަ.
ޔާދު
13 February 2024
މިތާގަ ވަރަށް ނެގެޓިވް ކޮށް ކޮމެންޓު ކުރާ ބައެއް މީހުންނަކީ ފުލުހުން. އެއީ ޔަގީން ކަމެއް. އެހެންވީމަ ދެން ވިސްނާލާ މިކަން ހައްލު ކުރުމަށް ހުރަސްތައް ހުރި މިންވަރު.
މަމޮޅު
13 February 2024
ކަލެއަށް ދޯ އެނގޭނީ ފުލުހުންކަންވެސް ކަލޭތީ ވެސް ފުލުހެއް މިހާރު ކޮޅުބަދަލުކުރިއަސް
އެކްސްް
13 February 2024
ކަޅާއި ހުދުން ހުރިހާކަމެއް ލިޔެފައި އޮވެގެން މެނުވީ ކަންކަން ނުހުއްޓުވެނީބާ؟ ތިކިޔާ ގޭންގުތަކަކީ ސަރުކާރަށްވުރެ ބާރުގަދަ ބަޔަކަށްވަނީ އެމީހުންގެ ބޭނުން ސިޔާސީ މީހުން ހިފާތީ.
ޖޭމުގަސް
13 February 2024
ކިތަންމެ ގާނޫނެއް ހެދިޔަސް މިކަމަށް ހައްލެއް އަންނަންޏާ ފަށަން ޖެހޭނީ ފުލުހުންގެ ތެރެއިން. ފުލުހުންގެ ތެރޭގައި ގޭންގު ތަކާ ގުޅުން އޮންނަ ކަމަށް ރަށުތެރޭ ވާހަކަ ދެކެވޭ އެތައް ބަޔަކު އުޅޭ އިރު އެމީހުން ތިބީ އަދިވެސް ބާރު ގަދަ މަގާމު ތަކުގަ. އަދި މި ބުނާ މީހުންގެ ދިފާއުގައި މަޖިލިސް މެންބަރުންވެސް ތިބޭ. މީ ވަރަށް ރޭވިގެން ވަރަށް އޯގަނައިޒްކޮށް ކުރެވޭ ކަމެއް. މި މީހުންގެ މުދަލާ ފައިސާ ހޯދާ ގޮތް ފުރަތަމަ ބަލަންވީ. ފައިސާ ފަހާ ދުވެގެން މިކަން ވާނީ.
ވެލިނަގާ
13 February 2024
ތި އިސްލާހު ގެނަޔަކަ ނުދޭނެ އެމްޑީޕީ ކުދިންނެއް. 5 އަހަރު މުޅި މަޖިލިހުގެ ވެރިކަން ކުރި އިރު ނުކުރި ކަމެއް ކުރިޔަ ދޭނެތަ މިހާރު. އަނެއްކޮޅުން އަދީބާ ބައިތު ހިފައިގެން އެތިބީ. ނުވާނެ ތިކަމެއް.
ބޮލިހޮވާ
13 February 2024
ވެރިކަމުގައި ތިބީ އެމްޑީޕީތަ
ވާން
13 February 2024
އަޅުގަނޑު މިއުޅެނީ ރޯދައިގެ ކުރިން ކަރާ ފަސޭހައިން ދަނެގަނެވޭނެ ގޮތެއް ތައާރަފު ކުރަން. މިކަން ނުކޮށްފިނަމަ ބާޒާރަށްދާ އެންމެން ކަރައެއްގެ ބަދަލުގަ ގަނެގެންދާނީ ކާއްޓާއި، ވަޅޯމަސް ފަދަ ތަކެތި.
އާޖުފާޖު
13 February 2024
ދުނިޔޭގަ އިންސާނުން އުޅޭގޮއިތް ފުރަތަމަ ބަލާބަލަ ދުވާލު އުޅޭނީ ޕޮލިހުން މަގުމަތިބެލުމާ ކަންތަކުގަ ރޭގަނޑު ހަވާލުވާނީ އާމީ މީހަކުގެ މޫމެންޓު ހުންނަގޮތުން އިގޭނެ
ފަންކާ
13 February 2024
މީނަމީ ހޯރަފުށީ ސަލީމްތަކުގެ ތިމާގެ މީހަކަށްވެދާނެ ވަރަށް ބާރުގަދަވާނެކަމަށް ބެލެވޭ / ދެން އުޅޭނީ ދާއޫދު މިހާރު ކަނޑާލަން ނިންމާފައިހުރި މީހެއް އެއީ ގޭންގެއް ފުލުހުންގެތެރޭގައިވެސް ބޭރުގަވެސް ސަލާމަތެއްނެތް
ފޮނިފޮނިޓައްޕު ކުމާރު
13 February 2024
ގޭންގުހުންނަގޮތް ބަލާން ބޭނުމިއްޔާ ހުސްނުހީނާމަގާ ކަޅުހުރާމަގު ބެދޭ ހަތަރުއަނގޮޅިއަށް ޖައްސާލަބަލަ. މިސޮރުމެން އަދިވެސް ހާދަ ޅައޭ.
ޔޫޓޫ
13 February 2024
އަޅޭބޭފުޅާއަކަށްސާފެއްނުވޭތޯ؟ *ގޭންގުތަކައްކިއުނުމަގުމަތީނަންތަކުގައިމިހާރުވާނީކުލަބުތައްރަޖުސްޓްރީކުރެވިފަ *ދެންއޮތީ މާލޭގަހިންގާކާޓަލްތައް މިހާރުވާނީރިހޭބުޕްރައިވެޓައިޒްކުރަންނިންމާފައޭރުންގޭންގުތަކޭކޭއެއްގޮތައްކާޓަލްތައްވެސްލީގަލައިސްވީނުންތޯ ސާފެއްނޫންތޯ؟