މިދިޔަ އަހަރު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އަމީނާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.
12 ފެބުރުއަރީ 2024 - 19:43
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފި އެވެ. އޭނާ ވާދަކުރައްވަނީ ރ. އުނގޫފާރު ދާއިރާއަށެވެ.
"މާދަމާ އަޅުގަނޑު ފޯމު ހުށަހަޅަން ދާނަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނުކަން ވެސް ކުރިން ކުރެއްވި އަމީން ވިދާޅުވި އެވެ.
"މާތްﷲގެ ރަހުމަތްފުޅާ އެކު އިންތިހާބު ކާމިޔާބުކޮށް، ދާއިރާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތަށް އަތުކުރި އޮޅަމުން، ދާއިރާ ރައްޔިތުންގެ ތާއީދަށް އެދެމެވެ."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަމީން އޮކްޓޯބަރު 21، 2020 ގައި އެ މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވުމުގެ މައްސަލާގައި ކުރިމަތިވި ކަންކަމާ ގުޅިގެންނެވެ.
ރައީސް އިބޫގެ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު، އަމީން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވީ ޖޭޕީގަ އެވެ. ގިނަ ދުވަސް ތަކެއް ވަންދެން ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށް ފަހު، އަމީން އެންމެ ފަހުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިކޮށް އުޅުއްވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމްގެ ކެމްޕެއިނުގަ އެވެ.
ކުރީގެ ގައުމީ ޕާޓީން ސިޔާސީ ދާއިރާ އަށް ނުކުންނެވި، ގދ. ގައްދު އަށް އުފަން އަމީން ވަނީ ޖޭޕީގެ ނައިބު ރައީސްކަން ކުރިން ކުރައްވައިފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އަމީން ކުރެއްވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. ސުންގަޑިއަކީ ހަވީރު 4:00 އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން މަޖިލިސް އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ގަ އެވެ. އެކަމަކު، އެ ދުވަސް ދިމާވަނީ ރޯދަމަހާ ކަމަށް ވާތީ، ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އިދިކޮޅު އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މި ފަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން ގާނޫނަށް އިސްލާހު ގެނެސް ފާސްކޮށްފަ އެވެ. ނަމަވެސް އެ އިސްލާހަށް އަމަލު ކުރެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަސްދީގު ކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިދޭ
14 February 2024
އުނގޫފާރަށް ވެންޓިލޭޓަރެއް ތި ލިބެންއުޅެނީ
ބަތްކައްކާ
14 February 2024
ކޮންމެމީހަކު ދާއިރާއަށް ކަންތައްކޮށްސޭހިތުންނޯ ވާދަ މިކުރަނީ. ހަމަހޭގަތަ. ޢަހަރުމެންނަށްއިނގޭ ތިއުޅެނީ ލާރިބޫތުކައިގެންކަން. ޢެހެންނޫނަސް ތިމުސާރަތީނައަށް ލިބުނަސް ދައިރާއަށްއެއއކަމެއްވެސް ކޮށްނުދެވޭނެ.
އަޅި އަލީ
13 February 2024
އަހަރުމެން ރަށު ރުއްގަނޑު ދާއިރާ އަށް ކުރިމަތި ލައްވަން ވީނޫންތޯ! ހަދުމަ ބަހައްޓަވާ ކާށިދޫ މީހުންވެސް ޖާބިރު ހޮއްވެވީ ދެއްތގޯ!
ހަސަންރަހާ
13 February 2024
މީނާ އަކީ ޕީއެންއެފް ކެންޑިޑޭޓް ކަމަށް ރަށުތެރޭ ކިޔަން ފަށައިފި! މީ ރަނގަޅު ވާހަކައެއްބާ؟
ފިނރުޓޭ
13 February 2024
މީނަ މީ ފުއައްމުލަކު މީހެއްނު! ދެން ކިހިނެތް ބާ އުނގޫފާރު ދާއިރާ އަށް މި ކުރިމަތި ލަނީކީ! ކީކޭ ދެން އަޅެފަހެ ބުނާނީ!
ސައިނީސް
13 February 2024
ކޮރަޕްޓް އެކަކުވެސް ހޮވާނެ ކަމެއްނެއް ، ހޮވުމަށްފަހު ސިކުވާ ނުކުރާތި އެހެން މިހެން ނޭ ހެދީ ކިޔާފަ ދޯ!
ނަސީމް އަހްމަދު
13 February 2024
ފުރިހަމަ ކާމިޔާބީއަކަށް އެދެން. މަނިކްފާނަކީ މަޖިލިސް ތަމްސީލްކުރުމުގެ ގާބުލްކަންހުރި ބޭފުޅެއް
އަޖައިބުވޭ
13 February 2024
މަ ހަމަ އަޖައިބު ހިވޭ. ރައްޔިތުންގެ ވެސް ޤަމާރުކަން. ރިޔާސީ ނިޡާމެއްގައި މެމްބަރުކަމަށް ކުރިމަތިލާ މީހާވެސް ވައުދު މިވަނީ ރަށުގެ ބަނދަރުހެދުމާއި ނަރުދަމާ އެޅުމާއި ތަރައްޤީ އާއި ހުވެފެންތަކުގެ ކުލަޖައްސާ މިޒާތުގެ ކަންކަމުގެ ވާހަކަ... ރިޔާސީ ނިޡާމުގައި މަޖިލިސް މެމްބަރުންގެ ދައުރަކީ މިއީ ތޯ ؟ ތަރައްޤީގެ ޕްރޮޖެކްޓް ހިންގުން ތޯ ؟ ނޫނީ ޤާނޫން ހަދައި އިދާރާތްތައް ޖަވާބުދާރިކުރުވުންތޯ ؟
ސައިނީސް
13 February 2024
އެއްވެސް ކެޑިޑޭޓަކަށް މަޖްލިސް މެންބަރެއްގެ ދައުރު ނޭންގޭނެ
ޢަލިފު
12 February 2024
ދާޢިރާ ރައްޔިތުން ގެ ހުވަފެން ހަޤީގތަކަށް ވާނެ މަަާލެ ކާރި ހުރި ހުރިހާ ފަޅެއް ހިއްކާފަ ރައް ރަށު މީ ހުން ހިޖުރަ ކުރަން މަޖުބޫރު ކުރީމަ،ހެޔޮ ނުވާނެ ތހިހެން ހަދަން