ކ.މާފުށީގައި ޓޫރިސްޓުންތަކެއް މަގުމަތީގައި ހިނގާފައި ދަނީ. އެ ރަށަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ރަށެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
15 ފެބުރުއަރީ 2024 - 12:39
މި އަހަރު ނިމުމުގެ ކުރިން ކ.މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ "ރައީސް ޖަވާބު" ވީޑިއޯގައި، މާފުށީގެ ރައްޔިތެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، އެ ރަށުގައި ޑޮލަރު އޭޓީއެމް ހުޅުވަން ބީއެމްއެލްއާ އެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
"މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވައުދެއް. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަން ވަރަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ ރަށެވެ. އެ ރަށުގައި 59 ގެސްޓްހައުސްގައި 1،900 އަށް ވުރެ ގިނަ އެނދުން ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެ ރަށަކީ ގެސްޓްހައުސްތަކުން އެންމެ ބޮޑު އަދަދަކަށް ދައުލަތަށް ޓެކްސް ވަންނަ ރަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މާފުށީގައި އޭޓީއެމް ހުޅުވުމުގެ އިތުރުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނުފެށުނު ނަމަވެސް، ބޭނުންވަނީ އެކަން ވެސް ވަރަށް އަވަހަށް ފެށުމަށެވެ. ދައުރުގެ ފަހު އަހަރަށް މަސައްކަތްތައް ނުބަހައްޓައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ވެސް ވަނީ މާފުށީގެ ރައްޔިތުންނަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާކިހު
15 February 2024
މަހަކު 25 ޑޮލަރު ނެގޭ މެސަނެއްތަ؟
އަލީމު
15 February 2024
އޭޓީއެމެއް ހުޅުވިދާނެ. އެއިން ޑޮލަރު ލިބޭނެ ވާހަކަ އެއް ނުދައްކާދޯ؟
ަމީދާތައް
15 February 2024
މީ ރައީސަކު ދައްކަންޖެހޭ ލެވަލްގެ ވާހަކައެއްބާ؟
އަލިބެ....
16 February 2024
ދެން ސަރުކާރުން ކަމެއް ނުކުރެވޭނަމަ ކުންފުނިތަކުން ކުރާ ކަންކަމުގެ ވާހަކަދޯ ދެއްކޭނީ.
އިދުރީސް ބޮންދު
15 February 2024
ކޮންވައްތަރު ކާޑު ހުންނަނީ ޑޮލަރު ނަގަން މަގޭ ހެދިކާ ވިއްކަނީ މަގޭ އަނެއް ބޮންދު ދަނޑު ހައްދަނީ ރުފިޔާތައް ޑޮލަރައް ބަދަލުކުރަން އުދަގު ވައްތަރު ހުންނަނީ ދުވާލަކު ކިތައް ޑޮލަރު ނެގެނީ މާފުށި ދަތުރު އަބޮޑު ވައްތަރު ހުންނަނީމަ 100 ކާޑުދީފަ އެއްބޮންދު ފޮނުވީމަ ރަނގަޅު ވަނީދޯ
ކާނޓޭ
15 February 2024
އިދުރީސް ބޮންދު ރުޅި މަޑު ހުންނަނީ!
އަލީމްބެ
15 February 2024
މާފުއްޓައް މިއަހަރު މި ލައްވާލީ އޭޓީއެމް އެއް އެކަނި
0 ރިއެކްޝަންސް
15 February 2024
މާފުއްޓަށް ދާ އަނޑަވޯޓަރ ޓަނެލްގަތޯ ޑޮލަރު އޭޓީއެމް ހުޅުވަނީ؟؟ ރައްޓެސެ ބުނެގެން އަހަލީ.
ހޯހޯހޯ
15 February 2024
ޑޮލަރު އޭޓީއެމް ބަހައްޓަންޖެހެނީ ވަކި ރަށެއްގައެއް ނޫން.
އަސީނާ
15 February 2024
ބަހައްޓާނީ ދައުލަތަށް ޓެކްސްގެ ގޮތުގައި އާމްދަނީ ޑޮަލަރުން ލިބޭ ރައްތަކުގައި.
ތަލަ އާމިރު
15 February 2024
ޢައްޑޫ ގަވެސް ބޭނުންވޭ.
ނައިނާ
15 February 2024
އައްޑޫއަކަށް ޓޫރިސްޓުންނެއްނާދޭ ޑޮލަރުހިފައިގެނެއް
ބަނޑަހަ
15 February 2024
އަްޑޫގާ ޕައުންޑް މެޝިނެއް ބަހައްޓާ