ޖޭއެސްސީގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަން ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަތްކޮޅު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 ފެބުރުއަރީ 2024 - 18:57
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުއޫދަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މަގާމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
ރައީސް އޮފީހުން ބުނީ ސުއޫދު، ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަމަށެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން ވަނީ މާސްޓާސް ހާސިލް ކުރައްވި ސުއޫދު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގަ އެވެ.
މީގެ ކުރިން ވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި ސުއޫދަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ވެސް ރައީސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާްޢަންނިި
17 February 2024
ކަމުދާ މީހެއް ނޫން ސިޔާސީ މީހެއްތީ އަސްލު…ނިންމުނަ ތަކުގެ ނަތީޖާ…ޝަރީއަތް މަޖިލީސް ގައި ވެސް ފެންނަނީ ސިޔާސީ ކޮށް
ނާށިގަނޑު
17 February 2024
މިއީ ކޮންމެ ސަރުކާރަކަށް ބަލަދު އަރާ މީހެއްތޯ؟ އެހެން މީހަކަށް މި ފުސަތު ދިންނަމަ ކީއްވާނީ. އަޖައިބެއްފަދަ ކަމެއް.
ވާނުވާބަލާބަލަ
17 February 2024
ބުރޯ މި ވާނުވާ އެނގޭތަ؟؟ އެއީ ސަރުކާރާ ބެހޭ މީހެއްވެސް ނޫން.. އެއީ ސުޕުރީމު ކޯޓުގެ ފަނޑިޔާރެއް.. ޤާނޫނު ބުނާ ގޮތުުން އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވާ އެ ކޯޓުން ކަނޑައަޅާ ފަނޑިޔާރަކު ޖޭ.އެސް ސީއަށް 5 އަހަރުގެ މުއްދަތަކަށް އައްޔަނު ކުރަންހޭ.. ކުރިން ހުންނެވި ޝުޖޫންގެ ދަޢުރު ހަމަވީމަ މިފަހަރު ސޫދު ކަނޑައަޅަން އެކޯޓުން ނިންމެވީމަ ރައީސް ފަތްކޮޅު އެރުވީ. މިއީ ސަރުކާރުން ކުރިކަމެއް ނޫން ސިޔާސީ ކަމެއްވެސް ނޫން.
ސާސަ
17 February 2024
ހަނދާނަށް އަންނަނީ އިދިކޮޅުގައި ތިބިއިރު މިސަރުކާރުގެ މީހުން ސިޔާސީ އެކްޓިވިސްޓްކު ސްޕްރީމް ކޯޓަށްލީއޭ ކިޔައިގެން ރުޅިގަދަވެގެން އުޅުނުގޮތް. އެހެންވީމަ އޭރު އެދެއްކިވާހަކަ މިހަރު ކެންސަލްވީދޯ؟
ނީމް23
17 February 2024
ވާނުވާ ނޭނގުނަސް އަނގަ އަރުވާތި.. މި ސަރުކާރާ ބެހޭކަަމެއް ނޫން ސިޔާސީ ކަމެއްވެސް ނޫން.. ސ.ކޯޓުން ފަޑިޔާރަކުން ކޮންމެ 5 އަހަރަކުން ޖޭއެސްސީއަށް ކަނޑައަޅާނެ އެކޯޓުގެ ފަނޑިޔާރުންގެ ވޯޓަކުން.. ރައީސް ފަތްކޮޅު އަރުވާނި..
ކިޔު
16 February 2024
ސުޢޫދަށް މަރުހަބާ! ޝަރުއީ ދާއިރާގަ ވ މުހިނަމު ބޭފުޅެއް.
އަސްލުމީ
16 February 2024
ކަމުދާ މީހެއް ނޫން ސިޔާސީ މީހެއްތީ އަސްލު