އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 ފެބުރުއަރީ 2024 - 19:05
މި ސަރުކާރުން ގައުމު ހިންގަން މަސައްކަތް ކުރާނީ ކުރިން ހަވާސާގައި ތިބި މީހުން ރާޑަރުގެ މެދަށް ގެނެސް، އެ މީހުންގެ ޝާމިލުވުމާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ގާއިމްކުރި އިސް ރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާޒުގެ އަމާޒާ އެއްގޮތަށް އިސް ރަށްވެހިންނަށް ހާއްސަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ އިސް ރަށްވެހިންގެ ނާދީތަކާ އެކު ދުވަސްވީ ބޭފުޅުން އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.
"އިސް ރަށްވެހިންނަށް ދޭންޖެހޭ އިސްކަން މި ސަރުކާރުން މެއިންސްޓްރީމްކޮށް ދޭނަން. ދޭން އިރާދަކުރެވިއްޔާ ފަށާފައި މި ވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިސް ރަށްވެހިންގެ އިތުރުން ވެސް މުޖުތަމައުގައި ބާކީ ކޮށްފައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުން ފަދަ ސަރުކާރުތަކުގައި އަޅާނުލައި ތިބި އެތައް ބަޔަކަށް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކި ކަންކަމުގައި ހަވާސާކޮށްފައި ތިބި ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އަޅުގަނޑުމެންގެ ވިސްނުން. އެގޮތުގައި އަޅުގަނޑުމެން މި ކުރިއަށް ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ރައީސް ވިދާޅުވި ގޮތުގައި، އެ މީހުންނަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މި ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ކަމަށެވެ. އަޅާލުމާއި އޯގާތެރިކަމުގެ މުޖުތަމައުއެއް ގާއިމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެކަނިވެރި މައިން ކަމަށް ވިޔަސް، ޑޮމެސްޓިކް ވައިލެންސްގަ އެކި ކަހަލަ ނިކަމެތިކަން ކުރިމަތިވާ ފަރާތްތައް ކަމަށް ވިޔަސް، ހާއްސަ އެހީގެ އެކި އެހީތެރިކަން ބޭނުންވާ ފަރާތްތައް ވިޔަސް އަދި އަޅާލުމެއް ނެތި މާބޮޑު ސަމާލުކަމެއް ނުދެވޭ އިސް ރަށްވެހިންގެ މައުލޫމާތު ވެސް ރަނގަޅަށް އެއްކުރަން މަސައްކަތްތަކެއް ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.
އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ރައީސް ވިދާޅުވީ މި ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ވެސް ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އެކަމަށް ހާއްސަ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
"ގެދޮރުގެ މައްސަލަ ހައްލު ކުރެވި ގަދަރު ދެވި އިސްކަން ދެވި ފުރުސަތު ދެވުނީމަ ބަސް އިއްވުމުގެ ފުރުސަތު ދެވުނީމަ މުހުތަމައުއަށް އަރޯކަމާއި ހެވާ ލާބަ ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަމީރު އަހުމަދު މަގުގައި ހުރި ކުރީގެ ޤުރުއާންއާ ބެހޭ މަރުކަޒު، އިސްރަށްވެހިންގެ ނާދީއަކަށް ބަދަލުކޮށް މިއަދު ހުޅުވިއިރު އެފަދަ މަރުކަޒުތައް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ވައުދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް މުހިއްމު
18 February 2024
އިސްރަށްވެހިން އެމީހުންގެ އުމުރުގެ މީހުންނާއެކީ ވަގުތު ހޭދަކުރުން އެއީ ވަރަށް މުހިއްމުކަމެއް. އެއް އުމުރުގެ މީހުންނާ ގުޅުން ބަދަހިކޮށް ވާހަކަދައްކާލާ ހެދުމުން މިޒަމާނުގަ އެމީހުންނަށް މާ ހިތްހަމަޖެހުން ލިބޭނެ. އެއީ ދަރިންނާ މާމަ ދަރިންނަކީ އިސްރަށްވެހިންނާއެކު އެހާ ގިނަ ވަގުތު ހޭދަކުރެވެން އޮންނަ ނުވަތަ ވަގުތު ހޭދަކުރަން ބޭނުންވާ ބައެއްނޫން. އިސްރަށްވެހިންގެ ޒަމާނާ މިޒަމާނާ އެހާ ބޮޑަށް ތަފާތުވީމަ އެތައް މައްސަލައެއް އާއިލާތަކުގެ ތެރޭގަ އުފެދޭ.
ސޮއްޓި
18 February 2024
މިނޫސް ތަކުގަ ކޮމެންޓުކުރަން ބައިންދާފަ މިއިންނަނީ މުއިޒު މުސާރަ ދީފައިންނަ މީހެއް ދޯ....ދެން ހަމަ އެކިނަންނަމުގަ މުއިޒު މޮޅުކޮއް ހިމާޔަތް ކޮށް ޒުވާބުކުރުން އޭނަގެ ކަމަކީ....
މިނިސްޓަރުން24
18 February 2024
މިނިސްޓަރު ލެވެލްގައި އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު ތިބީ ހަމައެކަނި އޮފީހަށް ގޮސް ކޮމަންޓު ކުރަން
ވޯލް
18 February 2024
އަނެއްކާވެސް ބެދިފަ ހުރި ތަނެއް. ތަންކޮޅެއް އޯޕަން އެއަރ ހުންނަ ބަގީޗާ ލާފަ ހުންނަ ތަންތަން ދޯ ދޮށީއުމުރަށް އެޅީމަ ބޭނުންވާނީ.
ނަސީމްް
18 February 2024
އޯގާތެރި ހިތްހެޔޮ ވެރިޔެއެއް. ޝުކުރިއްޔާ ރައީސް މުއިއްޒު
އުއްމު
18 February 2024
އެބަޔެއްގެ ތެރޭގައި އިސްރައްވެހިންނަށް އަޅާނުލާ ބަޔަކަށް ވާނެ އެއްކަމެއްވެސް ނޯންނާނެ. މިއީ ވަރަށް ރަނގަޅު ކަމެއް.
ިއިބޫކުރިކަންކަން ރިބަންކެޑުން މުއިޒުއަށް
18 February 2024
ިއިބޫކުރިކަންކަން ރިބަންކެޑުން މުއިޒުއަށް
އައުޒާމް
18 February 2024
މި ރައީސެއް އެއްވެސް މީހަކު ބާކީ ނުކުރާނެ. މިރައީސް ހުރިހާ އެއްމެނަށްވެސް ބަލާނެ.
ހުމާމް
18 February 2024
ބޯހިޔާވަހިކަން ކަށަވަރުވެގެން ދިޔާމަ ހުރިހާކަމެއް ހައްލުވެގެންދާނެ، އެއީ ހުރިހާވެސް މައްސަލައަކީ
ޖައިޝަމްް
18 February 2024
އިގްތިސާދު އިނދަ ޖައްސާލާ ގައުމުގެ އިސްތިގުލާލު ނަގާލި 5 އަހަރު ނިމިގެން ގޮށްސި. ދެން މިފެށުނީ މާ އުފާވެރި 5 އަހަރެއް
ދާއިން
18 February 2024
ނިމިދިޔަ 5 އަހަރު އިސްރަށްވެހިންނަށް ވީ ކަމެއް ހަރާން، މި ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަން ދޭނެ ކަން މިހާރުވެސް މިފެނިގެންދަނީ
ސުފްޔާން
18 February 2024
މީ އާންމު ރައްޔިތުން ބާކީ ކުރާނެ ވެރިކަމެއް ނޫން. އިސްރަށްވެހިންގެ އިހުސާސް ދަންނަވެރިއެއް ރައީސް މުއިއްޒު އަކީ