މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނުގެ މަގާމަށް މިއަދު ހަމަޖެއްސި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ފެބުރުއަރީ 2024 - 21:13
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވައިފަ އެވެ.
ފުލުހުން ބުނީ ސްޕޯކްސްޕާސަންގެ މަގާމް ޝިފާން ހަމަޖެއްސީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ކަމަށެވެ. އޭނާ މިހާރު ހުންނެވީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑުގެ ގޮތުގަ އެވެ.
މި ވެރިކަން ބަދަލުވެ ޝިފާން އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް އެކަޑަމީ) ހިންގެވުމާ ހަވާލުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުު
19 February 2024
އާމީހަކަށް ފުރުސަތު ދިންނަމަ ރަނގަޅުވީސް
ފުލުހެއް
19 February 2024
ރަނގަޅު ނިންމުމެއް
އަހަނދޭ
19 February 2024
އަނެއްކާވެސް.ކުރިންވެސް ކަންތައް ދިޔަގޮތް ދޯ.ތި ތަނަށް ކީއްވެ އަންހެނަކު ނުލީ.
ބައޯކަލޯ
18 February 2024
ޝިއްޕެ ތިކަމަށް ރަނގަޅުވާނެ.
22222
19 February 2024
ތެދެއް. ޔާމީން ސަރުކާރުގެ ފަހު ދުވަސްކޮޅު އިންތިހާއަށް ދޮގު ހެދި އަދި ކަންތައްތައް އޮޅުވާލަން މަސައްކަތްކުރި.