ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
19 ފެބުރުއަރީ 2024 - 09:55
މި ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ރޭވުންތައް ރާވައި މަޝްވަރާކުރިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ "ކަރުގެ ހިމަނާރުތައް ބުރިކޮށްފައި ނޫނީ" އެކަން ކުރިޔަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ފަހު ރައީސް އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ވެރިކަން ވައްޓާލަން އެތެރެ އާއި ބޭރުން ގޮންޖެހުންތައް ކުރިމަތިކޮށް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރުކުރުވުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު ރައްޔިތުން ވެރިއަކު އިންތިހާބުކޮށް ސަރުކާރު ހިންގަން ފެށުމާ އެކު އެމަނިކުފާނަށް ދަތިކޮށް، ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް ސަރުކާރު ބަދަލުކުރަން އުޅުމަކީ ޒިންމާދާރުކުރުވުން ނޫން ކަމަށް ވިދާޅުވި އެވެ.
"..ކުޅޭ ކުޅިވަރަކަށް ހަދައިގެން، ދިވެހި ރައްޔިތުން އިންތިހާބު ކޮށްފައިވާ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖޫމްހުރިއްޔާ އަޒުލުކުރުމުގެ މަޝްވަރާކުރާ ހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނާ ހިލާފަށް ފުރޮޅައެއް ނުލެވޭނެ އިންޝާﷲ، ކުޅޭކުރިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނެ އިންޝާﷲ. އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަ ނާރު ބުރިކޮށްލާފައި. -- ޝަހީމް
ރައީސް މުއިއްޒުގެ ވެރިކަން ފެށުމާ ހަމައަށް ކެމްޕޭންގައި ވެސް އިސްކޮށް އުޅުއްވި ޝަހީމް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ގެންދަވަނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވަމުން ކަމަށެވެ. ރައްޔިތުންނަށް ދެމުން އަންނަ އެ ހިދުމަތްތަކުގައި އޭނާ ހުންނަވާނީ ރައީސްއާ އެކު ސާބިތުކޮށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
President Dr @MMuizzu met with the residential community of Hithadhoo and Feydhoo in Addu City where he affirmed the Administration's commitment to addressing their issues. The meeting was held in Feydhoo School. pic.twitter.com/4qQQNBv27g
— The President's Office (@presidencymv) February 18, 2024
"ގާނޫނާ ހިލާފަށް ފުރޮޅައެއް ނުލެވޭނެ އިންޝާﷲ، ކުޅޭކުރިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނެ އިންޝާﷲ. އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަ ނާރު ބުރިކޮށްލާފައި އިންޝާﷲ. އެ ނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
ގައުމުގެ ރައީސަކަށް ރައްޔިތުން މިފަހަރު އިންތިހާބުކުރީ އެންމެ މަތީ ފެންވަރަށް ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ އެ އިތުބާރާ އެކު ވައުދުތައް ތަންފީޒުކޮށް ސަރުކާރު ހިންގަން ރައީސް މުއިއްޒަށް ވަގުތު ދޭން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ފުއްދުމަށްޓަކައި އެމަނިކުފާނަށް ވަގުތު ދޭން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމްގެ ފާޑުވިދާޅުވުން އިދިކޮޅު އެމްޑީޕީއަށް އަމާޒުކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތް ހަދައި، އެ މަރުހަލާ ވެސް އަވަސްކުރަން މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. ފަހުން އެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ކުރިއަށް ގެންދަން ވެސް ނިންމި އެވެ.
ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން ކުރިކަން ބައެއް މެމްބަރުން ކަށަވަރުކޮށްދެއްވިޔަސް، އެކަން ރަސްމީކޮށް އެ ޕާޓީން މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވިސްނުން އެއްގޮތްކޮށް، މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި އެކުގައި މަސައްކަތް ކުރަން ވެސް އޮތީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑިހަވާސް.
20 February 2024
ދޮގާމަކަރުފަތުރާ އެވިއްކައިގެން އައި ބަޔަކައް އެކަންއެގޭނެތާ .ހަސަނައްހީވާނީ ފުޅައްބުޑުން ދައްޔާ ކެޔޮގަޑު ކާޑާލާނޭ ބުނެއުޅޭ.
ބަރުބާދު
19 February 2024
އޮތިއްޔާއޮތް ނާރެއް ބުރިވެފަތިބިބަޔަކު ލަވާހާ ހަޅޭކަކައް އަޅާލާނެކަމެއްނެތް. ކޮންމެ ގަނޑެއް ގަނެވޭތޯ އުޅުނަސް ތިކަމުގަ ފަހުބަސްބުނަންއޮތީ ސްޕްރީމްކޯޓުން.
ޑރ ސިޔާސީނޫން ޝޭޚް
19 February 2024
ތިޔަ ސުއާލުގެ ޖަވާބު ދެއްވީ ރައްޔިތުންގެ ފަރާތުން ހޮވާފައި އޮތް ރައްޔިތުންގެ މަޖިލީސް. ރައީސަކީ ސީއީއޯ. ސީއީއޯ ހޮވަނީ ރައްޔިތުން. ރައްޔިތުން ތަމްސީލު ކުރަނީ މަޖިލީސް. މަޖިލީހަކީ ޝެއަރ ހޯލްޑަރުން ތަމްސީލު ކުރާ ފަރާތް. އެފަރާތުން ބޭނުން އިރަކު އުސޫލުތަކެއްގެ ތެރެއިން ސީއީއޯ ވަކި ކުރުމުގެ ބާރު އޮވޭ. ގޭންގް ސްޓަރ ވައްތަރު ވާހަކަ ނުދެއްކުން އެދެން.
މިހާތަނަށް
19 February 2024
ދަންނަނީ މައިނާރު ބުރިވީމަ މީހާ މަރުވާ ކަމަށް. އެހެންވީމަ ހިމަ ނާރުތައް ދިއްކޮށްގެން އެ ބުރިކުރިއަސް އަދި މީހަކަށް ކަމެއްނުވާނެތާ. ތި ދައްކަނީ ފޭކްކޮށް ސުއިސައިޑްކުރަން އުޅޭ މީހުން ލޭކޮޅެއް ނިކުންނަ ވަރަށް ނާރު ބުރިކުރާ ކަހަލަ ވާހަކަ ކަންނޭނގެ.
ހިމޭ
19 February 2024
ހިތުގެ ހިމަނާރު ބުރިކުރަނީޢޭ! މީ ލައިލާ މަޖުނޫނު ކުޅެނީތަ.
ސިފާއު
19 February 2024
ކައިރި ގައުމަކައް ޓަކާ ދިވެހިރާއްޖޭގެ ދުވަސް ދުއްވާލާކަށް ނުވާނެ
މިލިއަނާ
19 February 2024
އިތުބާރުނެތް، ހިމަނާރު މިނިސްޓަރު..
ހީހީ ސުލީހް
19 February 2024
ރަތްޔިތުންގެ މަންދޫބުން ތާއިދުނެތް މީހަކު އަނެއްކާވެސް ހަމަ އެ މަގާމަށް އައިސް މިބާވަތުގެ ވާހަކަދެއްކީމާ ހުތުރު.
ސަތަހަ
19 February 2024
ވެރިކަމަކީ މާތް ٱللَّٰه ދެއްވާ އެއްޗެއް، އެވެރިކަން ދަމަހައްޓަވާނީވެސް ٱللَّٰه. ހަމައެވެރިކަން ނިންމަވާނީވެސް ٱللَّٰه. ތަގުދީރުގަ ނިމުން އޮތީ މަޖުލިސްގެއިން ވެއްޖެޔާ އެގޮތަށް، މަގުމަތިން ވެއްޖެޔާ އެގޮތަށް، ދައުރުނިމި ވޯޓުން ވެއްޖެޔާ އެގޮތަށް. އެހެންކަމުން ޝަހީމުގެ ހިމަނާރާ ފަލަނާރާ ހުރިހާނާރެއް ބުރިވިޔަސް ނުވިޔަސް އެކަން ނިމެން ހުރިގޮތަކަށް އެކަން ނިމޭނެ. މިވަރުގެ ދީނީ މީހަކު މިހެން ބުނާތީވެސް ހައިރާންވޭ.
ދަށު ނާރު
19 February 2024
ތލަވަ ބަދަލުވެއްޖެ. ޝަހީމް ތީ ފައްކާ ސިޔާސީ މުފައްކިރެއް. 2008ގައި މައުމޫނު ބާލަން އަންނި އެކީ ނުގޮވާކަށް އެއްޗެއް ނެތް. އަންނި ވައްޓާލައި އެރުވި ވަހީދު ވަރުގެ ވެރިއެއް ނެތް ކަމަށް ބުނެ ނުކިޔާ އެއްޗެއް ނެތް. އޭގެ ފަހުން ޔާމީން އަށް ނުކިޔާ ސަނާ އެއް ނޯންނާނެ. މިހާރު މުއިއްޒު ޅޮސް އުނދޯއްޔަށް އެރުވީ. އަދި ހަނދާން ނެތުނީ އިބޫ ވަރުގެ ރަނގަޅު ވެރިއެއް ނެތް ކަމަށް މީހުން ކައިރީގައި ބުނިތާ މާ ގިނަ ދުވަހެއް ނުވޭ.