ރައީސް މުއިއްޒު މިއަދުގެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.
19 ފެބުރުއަރީ 2024 - 23:55
ފުވައްމުލަކަކީ އެއްފަސްކޮށް އޮންނަ ރަށަކަށް ވާތީ، މި ރަށުގައި ފަޅު ރަށެއް ނެތުމުން އެހެން އަތޮޅަކުން ފަޅު ރަށެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޏ. އަތޮޅު މަދަރުސާގައި ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލުތަކަށް ނަފާ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ދަށުން ކައުންސިލުތަކަށް ފަޅު ރަށްތަކުގައި ތަފާތު އެކި އިންވެސްޓްމަންޓުތައް ހިންގައި މަންފާ ހޯދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން އަތޮޅުތަކުގައި ފަޅު ރަށްތައް ހުއްޓަސް ފުވައްމުލަކަކީ އެއް ފަސްގަނޑަކަށް އޮންނަ ތަނަކަށް ވެފައި ފަޅު ރަށެއް މި އަތޮޅުގައި ނެތް ކަމަށެވެ. އެކަމަކު، އެކަމާ ބެހޭ ގަވާއިދުގައި ވަނީ ފަޅު ރަށެއް ނެތް ހާލަތުގައި ވެސް އަމަލު ކުރެވޭނެ އުސޫލު ހިމަނާފައި ކަމަށާއި އެ އުސޫލުން އެ ފުރުސަތު ފުވައްމުލަކަށް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އެ ފުރުސަތު ފުވައްމުލައް ސިޓީ އަށް ކައިރި އަތޮޅުތަކުން ވިޔަސް އެ ފުރުސަތު ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުވަދު އަތޮޅުން ވިޔަސް އެކަން ކުރުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލްތަކާ ހަވާލު ކުރުމަށްޓަކައި މި ވަގުތު ގެޒެޓް ކޮށްފައި ވަނީ މަދު ރަށްތަކެކެވެ. އެކަމަކު އެއީ އެ އަށް ރަށްތައް އިތުރު ކުރެވޭނެ ލިސްޓެއް ކަމަށް ވިދާޅުވި އެވެ.
"އޭރުން ކައުންސިލުތަކަށް އެ ދެވެނީ އަމިއްލަ އަށް އާމްދަނީ ހޯދޭނެ ފުރުސަތު. އެ އާމްދަނީ ހޯދާއިރުގައި ކަން ކުރާނެ ގޮތަކީ ކައުންސިލުން ޖެހޭނީ އެ ރަށެއްގެ ރައްޔިތުންނާ ބައިވެރިވާން. ރަށުގެ ކުދި ކުންފުނިތަކާއި ކައުންސިލުތަކާ ގުޅިގެން އުފައްދާ، ނޫނީ އަންނަ ޕްރޮޕޯސަލްގެ ތެރެއިން އިންވެސްޓް ކުރަން ވާނީ،" އެ މަސައްކަތުގެ ތަފުސީލެއް ދެއްވައި ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން ރަށުގެ ކުދި ވިޔަފާރިތަކާއި ރަށުގެ ކައުންސިލަށް އާމްދަނީ އިތުރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ފުވައްމުލަކަށް އާމްދަނީ ހޯދުމަށްޓަކައި ހާއްސަ ރަށެއް ހޯދުމުގެ މަސައްކަތް ފެށުމަށް އެ ރަށުގެ އިސްބޭފުޅުންނަށް ގޮވާލައްވައިފަ އެވެ. އަދި އެ ކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.
ރައީސް މުއިއްޒު ވަނީ ފުވައްމުލަކަކީ ގުދުރަތީ ގޮތުން ރީތި ތަނަކަށް ވެފައި މި ރަށުގައި އިކޯ ޓޫރިޒަމް ފުޅާކުރުމުގައި ވެސް އެ މަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލަށް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
20 February 2024
މީ ވަރަށް ނުރައްކާތެރިކަމެއް. މީގެ ސަބަބުން މަސްލަހަތު ގެއްލި ބޮޑު އަރާރުމެެއް ފެށޭނެ. މިކަން އެއްގޮތަކަށްވެސް ކޮއްގެން ނުވާނެ.
ސަމްސިއްޔާ
20 February 2024
ކިހިނެތްބާ ކައުންސިލްތަކުން ތިގޮތަށްދޭ ރައްތަކުން ނަފާ ހޯދާނީ؟؟ ފުވައްމުލަކަކީވެސް ބިން ކުޑަ ރަށެއްނޫ. އަދި އެހެންވެސް ބިން ބޮޑަތިރައްތައް އެބަހުރި. ކައުންސިލް ތަކުން ކުރާކަމެއް ހަރާން. އެމީހުން ކުރަނީ ސިއާސީ މަސައްކަތް. ދެން އޮންނަނީ އަމިއްލަ މަސައްކަތް، ފަރުމަހަށް ގޮސް މަޖާނެގުން. ރަށަށް، ރައްޔިތުންނަށް ފައިދާވާ އެއްކަމެއްވެސް ކުރާބައެއްނޫން.
ދަލޭކަ ދައިތަ
20 February 2024
ފުވައްމުލަކުގެ އަވަށްޓެރި އަތޮޅުތަކާ ޖެހޭނެހެން ނުހައްދަވާ. ފަލަސްތީނާ އިޒުރޭލުހެން އުޅެންފަށާފާނެ. އެއީ ތަފާތު ޚާއްސަ އަތޮޅެއް، އެގޮތުގަ ބާއްވަމާ. މިހާރުވެސް އެއަތޮޅުގެ ގިނަ ބަޔަކު މާލެއާ ހުޅުމާލޭގައި ދިރިއުޅޭ، ވިޔަފާރިކޮށް މިބިންތަކުގައި ތިބެވެސް ނަފާ ހޯދާ ހީވާގިބައެއް. ފުވައްމުލަކު އަތޮޅުގައި އިތުުރު ރަށެއްނެތިގެން ކަންބޮޑުވާ ބަޔަކަށް އެހެން އަތޮޅެއްގެ ރައްވެހިކަންދީފަ ފޮނުވާލުން މާ ރަނގަޅު "އަތޮޅު ހަނގުރާމަ" ފެށުމަށްވުރެން.
ދައިތާ
20 February 2024
މާލެއާ ހުޅުމާލޭގައި އައްޑޫ މީހުންވެސް އެތައް އަހަރަކުއްސުރެ ދިރިއުޅެ ވިޔަފާރިކޮށް އެ ބިންތަކުގެ ނަފާ ހޯދާ ވާހަކަ އަންގާލަން އެބަޖެހޭ މިތާ ކޮމެންޓްކުރާ އައްޑޫގެ އޮނަރަބްލް އަށްވެސް. އޭނާ ގަބޫލުކުރަނީ މާލޭގަ އުޅެނީ ހަމައެކަނި ރާއްޖެތެރޭ މީހުންގެ ދިޔަ ފެލައިގެން ލޭބޯ މާލޭމީހުން އެކަނި ކަމަށް. މާލެ މީހުންނަށްވުރެ ތިޔަ އަތޮޅުތަކުގެ މީހުން ނަފާ ހޯދުމުގަ ކުރީގަ އުޅޭނީ. އެކަމު މާލެ މީހުންނަށް އެކަން ބޮޑުވެގެން ހަޅޭކެއްނުލަވާ އެކަމަކާ.
ސޭކުބެ
20 February 2024
އެހެން އަތޮޅަކުން ރަށެއް ހަމަޖެއްސުމުގެ ބަދަލުގައި މިޒަމާނާގުޅޭހެން ޓެކްނޮލަޖީގެ އެހީގައި ޕްލޯޓިން ރަށެއް ހެދުން ކިހިނެއްތޯ. އޭރުން މޮބައިލް އަިލެންޑެއްގެ ގޮތުގަ އޮންނާނެ. މޫސުން ރަނގަޅު ދުވަސްވަރު ތަންކޮޅެއް ރަށާއި ދުރިގަ ބާއްވާނީ. މޫސުން ގޯސްނަމަ ރަށް ކައިރިއަށް ދަމާލާނީ. މިޚިޔާލު ކިހިނެއް!
ރަޝީދު
20 February 2024
ޗާގޯސް ރަނގަޅުވާނެ.
ތުނޑުހަސަނު
20 February 2024
ފޯއްމުލައް ކޯރުކޮނެގެން ދެބުރިކޮށް އެއްބުރި ފަޅުރަށަކަަށް ހައްދަވާ. އެހެން އަތޮޅެއްގެ ރަށެއް ދާއިމީކޮށް ފޯއްމުލައް އަތޮޅުގެ ރަށަކަށް ހަދަން އެއްވެސް ބަޔަކު ތާއީދެއް ނުކުރާނެ. ދަނޑުވެރިކަމާއި އެހެން ސިނާއީ މަސައްކަތަށް ރަށްތައް ދޭއުސޫލުން ކައުންސިލްތަކުން އުފައްދާ ކުންފުނިތަކަށް ވެސްް ރަށެއް ދޫކުރެވިދާނެ ކޮންމެ އަތޮޅަކުން ވެސް. އެކަމަކު އެއީ ފޯއްމުލަކުގެ ބައެއް ކަމުގައި ބަލައިގަނެވޭނެ ގޮތެއް ނޯންނާނެ.
ގެ100
20 February 2024
ތީ 100 ގެ ވައުދެއް، ރަށެއްގަ ހުރި ބާ އިންޖީނުގަނޑެއް ނުގެންދެވުނު ބަޔަކަށް އެހެން އަތިޅެއްގެ ރަށެއް ދެވިދާނެތަ؟
ރިޔާޒް ރަށީދު
20 February 2024
އިބޫ ކައިރީ އަޅުގަނޑުމެން ދެންނެވިން މިވާހަކަ. އެކަމަކު 5 އަހަރު ނިންމާލީ މިކަންވެސް ނުކޮށްލާ.
ރިހާމް
20 February 2024
ޝުކުރިއްޔާ ރައީސް. މިއީ ވަރަށް ބޭނުންވެފަ ހުރި ކަމެއް.
ދައްކާވާހަކަ
20 February 2024
ފުވައްމުލައް ކުޑައީތަ އެހެން އަތޮޅަކުން ފަޅު ރަށެއް ދޭން؟ ދިނިންޔާ އެރަށަކަށް އާމްދަނީ ހޯދަން ދާން ފަސޭހަ ވާނީތަ؟ އެހެން އަތޮޅަކުން ރަށެއް ދެންޏާ އެއާ އެއްވަރުގެ ބިމެއް ފުވައްމުލަކުން އެ އަތޮޅުގެ އިހުތިސާސް ތެރެއަށް ލާން ވާނެ