21 ފެބުރުއަރީ 2024 - 11:10
ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް ފަސްކުރާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، މި މަހުގެ 12 ވަނަ ދުވަހު ތަސްދީގުކުރަން ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
ބިލު ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށް ތަސްދީގުކުރަން ފޮނުވި ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވާހަކަފުޅުތަކުގައި އިންތިހާބު އޮންނާނީ 17 މާޗުގައި ކަމަށް ވިދާޅުވެފައިވާ ކަމަށާއި ސަރުކާރުން މިގޮތަށް ކަންކުރަނީ އަމިއްލަ މަންފާއަކަށް ކަމަށް ވެސް ވަހީދު ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ.
ބިލު ފާސްކުރީ ސަރުކާރު މެންބަރުންގެ ވެސް ތާއީދާ އެކު ކަމަށާއި ބިލު ތަސްދީގުނުކޮށްފި ނަމަ ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ވޯޓުންނެވެ. އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު ސަރުކާރުގެ ގިނަ މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަމަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ވެ އެވެ.
އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަމަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް ޝިފާއުގެ އިސްލާހުގައިވެ އެވެ.
ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ފާސްކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
22 February 2024
އެމްޑީޕީގެ ވެރިަމުގަ...ކަނޑުން 45،000 ކިލޯ މީޓަރު ދިވެހިން އަތުން ގެއްލިއްޖެ، 120 ބިލިަޔަން ދަރާފި، ކުންފުނިތަށް ދަރާފި، ކަނޑުގެ ޗާޓު އެހެން ބަޔަކަށް ލިބިއްޖެ، 8 ބިލިޔަން ޗާޕްކޮށްފި، ވަގު ހިފާ ކޯރަޕްޝަން ލާރި ހޯދަން އައިސް އެމީހުން މިނިވަންކޮށްފި އެކަމަކު..ބުރިޖެއް ނޭޅުނު،.ފުލެޓެއް ނޭޅުނު،.ބިން ހިއްކާ ގޯތި ނުދެވުނު،.އަމީނީ މަގު ތާރެއް ނޭޅުނު،.އެމްއެމްޕީއާރްސީ އިން ގެއްލުނު އެންމެ ރުފިޔާ އެއްވެސް ނުޙޯދުނު،،ގެއްލުނު މީހުންނަށް އިންސާފެއް ނުދެވުނު
ލލލލލ
22 February 2024
ރޯދަމަހު ވޯޓް ފޮށި ކައިރިއަށް ދިއުމަކީ ތަކުލީފެއްކަމަށް ދެކޭ މީހުން ރޯދަމަހު މެންދުރު ނަމާދަށް ދިއުމަކީވެސް ތަކުލީފެކޭ ބުނެފާނެ. ދީނުގެ ވާޖިބުތައްވެސް އަދާކުރަނީ ބޭރަށް ނިކުމެގެން. އޮތްތާ ތަންމަތީގަ އޮވެގެނެއްނޫން. ނޫނީ މަޖިލިހުގެ މެންބަރުން ރޯދަމަހު އޮތްތަނުން ނުތެދުވަނީތަ؟ އަނެއްކާ މެންބަރު ކަމުގެ ޝަރުޠު އުނިވެފަ ތިބި ބައެއްތަ މެންބަރުކަމުގައި މިތިބީ.
ސުޖާއެ
22 February 2024
ވޯޓު ލަސްކުރުމާ ދައުރު ދިގުދެންމުމަކީ ޑިމެކުރަސީ އާ ހިލާފު ކަންތައް
ޢިހްސަސް
22 February 2024
ޚަލޯ
ސެލްފީނޭޝާން
22 February 2024
މަށަކަށް ނޭގެ އެހެން ރައްޔިތުންގެ ގޮތެއް އެކަމަކު ރޯދަ މަހެއް ކަމަކު މަށަށް ގޮސް ވޯޓެއް ލެވޭނެ. ރޯދަޔަށް ހުންނަ ކޮންމެ ދުވަހަކު މަ ބަދަލެއް ނުވޭ ނުކުޅެދޭ މީހަކަށް.
ހަންފޭބިހެން
21 February 2024
ބިލު ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.. ރައްޔިތުން ނޫޅޭ ތިބުނާ ގޮތަކަށް. ތިޔައީ ތިޔަބައިމީހުން އުޅޭގޮތެއް. އަހަރެމެން ނުބުނަމު ތިޔަ އެއްޗެއް ބަދަލުކުރާކަށް. މުއިއްޒަށް އަވައްޖެއް ވީމާ ތިލަމާވެސް އުޅޭނެ.
ބާބް
21 February 2024
ބަލަގަ. ބިލެއް ފާސްކުރުމުން ތަސްދީގު ކުރުމަށް ނުވަތަ އަނބުރައި ފޮނުވާލުމަށް ރައީސަށް ގާނޫނުން 2 ހަފްތާގެ މުއްދަތެއް ލިބޭ. އެންމެ ހަފްތާއެއްވެސް ނުވޭ ތިބިލް ފާސްކުރި ފަހުން. ދެން ތިބެގެން ކޮން ފޮނެއް ތިއަރުވަނީ؟
ޢަނީސާ
21 February 2024
އަޒުލު ކުރަނީއްޔޭ. ކީކޭ މިކިޔުއްވަނީ
ބަރުބާދު
21 February 2024
އަމިއްލަސޯޓުގަނޑު ކަކުލުހުޅާހަމަޔައް ބާލާލާފަ ދޫކޮއްލާފަ ތިބިބަޔަކު އިތުރައް ދެން އޮންނާނީ ދުވެފިލުން އެކަނި.
ބަރުބާދު
21 February 2024
ރައީސްއައް ތިޔަކަމައް ވަކިމުއްދަތެއް ގާނޫނުންދީފައޮތްކަންވެސް އިއްޒަތްތެރި ގާނޫނުހަދާ ކަލޭގެއައްނޭގެނީތަ؟.
ޢްއްލާ
21 February 2024
އަޒުލު ކުރަންތަ؟
ހަމަދު
21 February 2024
އެހެންޏާ ބިލެއް ފޮނުވާފަ ތިވަރައް ނުތެޅޭ. ތީގެން އިނގެނީ ގޯހެއް އުޅޭހެން
ތުއްތަނިކު
21 February 2024
ހެހެހެ. ތެޅުނުތެޅުނުހެން ދާނީ ހުޅުނބު. މިހާރު އެތިބީ ހުޅުނބު ހުސްވާން ކައިރިވެފަ
ޙަސަނާބެ
21 February 2024
ޢަޒުލްކުރަން ވެގެން