ގދ، ގައްދޫއަށް ރައީސް ވަޑައިގެންނެވުމުން އެ ރަށުން ރައީސަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
21 ފެބުރުއަރީ 2024 - 11:56
ގދ. ގައްދު އާއި އެ ރަށް ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓު، ބްރިޖަކުން ގުޅުވައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަން މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން ކުރުމަށް ބަޖެޓުން ޖާގަ ހޯދުމަށް ވަގުތު ނަގާނެ އެވެ.
މާވަރުލު އެއާޕޯޓުން ލޯންޗެެއްގައި ގައްދު އަށް ދިއުމަށް ނަގާނީ ގާތްގަނޑަކަށް 15 މިނިޓެވެ.
"އެ އެއާޕޯޓާއި [މާވަރުލު] މި ރަށާ [ގައްދޫ] އެއްގަމުން ގުޅާލެވޭނެ. އެކަން ކުރަން ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ، އެކަމަކު އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް މި ސަރަަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެއާ އެކު ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ބިން ހިއްކައި ދެއްވާނެ ކަމަށާއި އެކަމަކު އެކަން މި އަހަރުގެ ބަޖެޓުގައި ހިމެނިފައި އަދި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކު، އެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
This morning, President Dr @MMuizzu arrived in GDh. Gadhdhoo Island, where he was warmly welcomed by the residents upon arrival. A high-level government delegation is accompanying him on the visit. pic.twitter.com/H3VCO6v5yf
— The President's Office (@presidencymv) February 21, 2024
ގައްދު އަށް ބޭނުންވާ ހޮސްޕިޓަލު ވެސް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅަށް ގައްދޫ ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުދޭތީ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ. މިއަދުގެ ޖަލްސާގައި ވެސް ގައްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
"އެ މީހުން ނިސްބަތްވާ ޕާޓީއަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ހަމަހަމަކަމާ އެކު، ހިދުމަތް ކޮށްދޭން ހުވައެއް ކޮށްގެން މި ތިބެނީ ކައުންސިލަރުން ވެސް. އެކަމަކު މި ރަށުން މި ފެންނަ މަންޒަރާ މެދު ހިތާމަކުރަން،" ރައީސް ވިދާޅުވި އެވެ.
ކައުންސިލަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވަނީ ސިޔާސީ ފިކުރު ތަފާތު ވިޔަސް ރައްޔިތުންނާ ގުޅިފައިވާ ކަންކަމުގައި ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާތީ އެކަމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުފާ
22 February 2024
"މިއަދުގެ ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅަށް ގައްދޫ ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުދޭތީ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ. " ކިހާ ރަނގަޅު<
ކަރާސީނު
21 February 2024
ފައިސާ ފޮއްޗެއް ނެތިގެން، މަސްވެރިން އަތުން މަސްގަނެފައި، ފައިސާ ނުދެވޭ. ސަހަރޯ ހީވާވަރުގެ ބިޔަ ޕްރޮޖެކްޓްތައް ހަވާލުކޮށްލަނީ އެ ޕްރޮޖެކްޓްތައް ހިންގާނެ / ހިންގޭނެ ގޮތްތައް ނުބަލާ! ބަލަނީ ހަމައެކަނި ޖީބަށް / ކަޓަށް ލިބިދާނެ އެއްޗަކަށް. މިހެންވެ ބުނެވެނީ މިއަކީ ސްކޭމް ސަރުކާރެކޭ!
ވިސްނާލުމަށް އެދެމޭ
21 February 2024
ތިނަދޫއާ ކާޑެއްދޫއާ ދެމެދުއަޅަންބުނި ބްރިޖް ކެންސަލްވެއްޖެ ފްލޯޓިން އެއާރޕޯޓެކޭ އަޅަނީ މިއީ ހުވަފެންދައްކާ ވެރިއެއް..މަޖުލިސްއިންތިހާބަށް ކުރީގެސަރުކާރުތަކުންޖެހީ ކަޑަ މިސަރުކާރުން ޓިނުޖަހަނީ..
ފޮނިވާހަކަ
21 February 2024
ކަންކޮށްފަ ދައްކަބަލަ. ތިހެން ޕޯޑިއަމަށް އަރާ ކޮންމެ އެއްޗެކޭ ވެސް ކީދާނެ.
އެކްސްް
21 February 2024
ވަޑައިގަންނަވާ ކޮންމެ އަތޮޅެއް/ރަށެއްގައި އެއަރޕޯޓާއި ބުރިޖު އަޅަން މިވިދާޅުވަނީ ލާރި ގިނަވެގެންގޮސް ކުރާނެކަމެއް ނޭނގިގެންބާ؟ ނޫނީ ހުރިހާ ރަށްތަކެއް 99 އަހަރަށް ބޭރުމީހުންނަށް ދީގެންބާ؟
ހޯރަބޭ
21 February 2024
ހެޔޮނުވާނެ ކުރީ ސަރުކާރު ވާހަކަ ހުއްޓާލައިފަ އަމިންލަ ސަރުކާރު ވާހަކަ ދަށްކަބަލަ.
މީހެއް23
21 February 2024
މިއަދު ބުނާ ވާހަކަ މާދަމާ އިންނާނި ބަދަލުވެފައި، ހަދަނީ ހުސް ދޮގު، މިއީ ދޮގު ހެދުމުގެ މާހިރެއް
ތިހާމް ހަސަން
21 February 2024
މިއީ ވެރިންނަކީ. ރައްޔިތުންނަށް ފަސޭހަވަނެހެން ހުރިހާ ކަމެއްވެސް މި ކޮށްލަނީ.
އާދަމް އާޒިމް
21 February 2024
ހަމަ ޔަގީނުންވެސް އަމީރު މެން މިނިސްޓަރ ކަމުގައި ތިބެގެން ވި ކަމެއް ނެތް ގައްދޫއަށް. މުއިއްޒްމެން މާ ރަނގަޅެއްނު.
ޝާމް އަލީ
21 February 2024
މުއިއްޒް ނުވާނެ ހުސް ވައުދެއް. ޔަގީނުންވެސް އަމަލުން ދައްކާނެ.