އެކްސަސައިޒް ދޯސްތީ ފެށުމުގެ ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި އިންޑިއާ އަދި ލަންކާ ކޯސްޓުގާޑުގެ އިސް ވެރިންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް
24 ފެބުރުއަރީ 2024 - 11:58
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭނީ އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ގައުމުތަކުގެ މެދުގައި އަމާންކަން ގާއިމް ކުރަން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އާއި ސްރީލަންކާގެ ކޯސްޓްގާޑާ ގުޅިގެން "އެކްސަސައިޒް ދޯސްތީ-16"ގެ ނަމުގައި ބާއްވާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޣައްސާން ވިދާޅުވީ ރައީސް މުއިއްޒު، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
އަދި ރައީސް ގެންގުޅުއްވައި ސިޔާސަތަކީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ރާއްޖެ ހިމެނޭ ސަރައްދުގެ އަމާންކަން ގާއިމް ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކްސަސައިޒް ދޯސްތީ ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ބައިވެރިވެލައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް
ދޯސްތީގެ ނަމުގައި ބާއްވާ ތަމްރީނުތައް 1992 ވަނަ އަހަރު ފެށީ އިންޑިޔާ އާއި ރާއްޖެ އެވެ. ނަމަވެސް 2012 ވަނަ އަހަރު އެ ތަމްރީނުތަކުގައި ލަންކާ ބައިވެރިވުމަކީ، އެކަމަށް ލިބުނު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއީ އެގޮތަށް ކުރިއަށްގެންދާ 16 ވަނަ ތަމްރީނު ޕްރޮގްރާމެވެ. އެ އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މިއަހަރު ބަންގްލަދޭޝް ކޯސްޓްގާޑުން ވެސް ބައިވެރިވާނެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި، މެރިޓައިމް އިންޓާޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، މެރިޓައިމް ސާވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށްގެންދާނެ އެވެ.
"އެކްސަސައިޒް ދޯސްތީ– 16" ފެށުމުގެ ރަސްމިއްޔާތު.-- ފޮޓޯ: އެމްއެންޑީއެފް
އަދި އެ ތަމްރީނުތަކުގެ ސަބަބުން ތިން ގައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެ އެވެ.
އެ އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދަނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބީލުު
26 February 2024
ގައުމު ކުރިއެރުވެން އެހީ ލިބެން އޮތް އެއްވެސް ގައުމެއް ބާކީ ނުކޮއްލާނެ. ހުރިހާ ގައުމުތަކާވެސް ގުޅުން ބޭއްވުން މުހިންމު
ފިރުޝާންް
25 February 2024
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ ހާރިޖީ ސިޔާސަތަށް ވުރެ މާ ފުރިހަމަވާނެ.
އަރުހަމްްް
25 February 2024
މި ގައުމުގެ މިނިވަންކަން ފުރިހަމަޔަށް ހިމާޔަތްވާ ގޮތަށް ގައުމްތަކާއި އެކު ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިންމުކަމެއް.
ނިއުމާާ
25 February 2024
މިފަދަ ގުޅުންތަށް ބަދަހި ކުރުމުގައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ.
އުމްނިޔާާ
25 February 2024
ރައީސް މުއިއްޒުގެ އެއްވެސް ސިޔާސަތެއް ނޯންނާނެ އަވަށްޓެރި ގައުމްތަކާ ގުޅުން ހީނަރުވާގޮތަށް. ބަޔަކަށް ހަޖަމް ނުވިޔަސް މިއީ ހަމަ ހަގީގަތް.
އަކުރަމްް
25 February 2024
އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރުމަކީ އަދި އިންޑިޔާއާއި ރާއްޖެއާ ދޭތެރޭ މައްސަލަޖެހެންވީ ސަބަބެއް ނޫން.
ފާރިޝް
24 February 2024
ކޮބާތޯ މިހާރު އިންޑިޔާ ސިފައިން. ޢަދަދު ގުނާ ނުނިމޭދޯ ގިނަކަމުން އަދިވެސް. ދޮގާ މަކަރުން ވެރިކަމަށް އައިއްޔާ އިސްތިއުފާ ދޭން ޖެހޭނީ. މިހާރު އިންޑިޔާ އައުޓު ވެސް ހުއްޓިއްޖެ. އެއްކޮޅުން ގައުމިއްޔަތޭ ގޮވަނީ. (އެވެސް ކޮންކަހަލަ ގައުމިއްޔަތެއް ކަން ސާފެއް ނުވޭ). އަނެއްކޮޅުން އެއާޕޯޓު އަޅަންށޭ ކިޔާފަ ފޮތިވިއްކާ ކުއްފުނިތަކަށްވެސް ރަށްތައް ދީ ހުސްކުރަނީ. އަހަރެއް ނުވު މިގައުމު ވިއްކާ ހުސްކުރާނެ.
އޯކޭ
25 February 2024
މައްސަލައެއް ނެތްތާ 5 އަހަރު ވަންދެން ސަރުކާރެއްގެ ޓްރާންސްޕޯރޓް މިނިސްޓްރީ އޮތީ ކުނި ސާފު ކޮށްލަކޮށްލާ ވިއްޔާ.
ކުރާކަމެކޭދޯ
24 February 2024
އަދިވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ ވާހަކަ ނުދައްކާ މިހާރު މުޅިން އެހެންވާހަކަ އެކޭ ދައްކަނީ އެއްގޮތަކަށް ވެސް ވިސްނާ ވިސްނާ ބޮލުގައި ރިއްސާ އިރު ވެސް ލަންކާ އަދި އިންޑިއާ ގުޅިގެން ރާއްޖޭގެ ކަނޑުތަކުގައި އެމެން ތަމްރީން ދޯސްތީ ނަމުގައި ހަދަން ޖެހޭނެ ސަބަބެއް ނެތޭ ރާއްޖެ އަކީ އިންޑިއާ އަށް ހަމަލާ ދޭން އުޅޭ ބައެއް ނޫނޭ ތިޔާއީ ދޯސްތީ ތަމްރީނެއް ނޫނޭ ތިޔާއީ ރާއްޖޭގެ ކަނޑުފަޅު ތައް ދަސްކުރަން ވެގެން އިންޑިއާ ލަންކާ މަކަރާއި ހީލަތުން
ކަޅުހުއްތު
24 February 2024
ވައުދުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ސިފައިން ބާލާނެކަމަށް. މިއަދަކީ ޑރ. މުއިއްޒުގެ ވެރިކަމުގެ 100 ވަނަދުވަސް..
މަ ބުނީ
24 February 2024
މަސްދޯނިތަކަށް އަރާ ބިރު ދެއްކި މީހުން ސިފައިންނާއި ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހަދަން އައިސް އުޅެނީ!
ޓިނު
24 February 2024
ދާއަޅައިގެންވެސް އެއްޗެއްޖެހޭގޮތްނުވީތަ.