ވިޔަފާރި / ދިރާގު

ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1ގައި 500 އަށް ވުރެ ގިނަ ގޭމަރުން، އިވެންޓަށް ބޮޑު ކާމިޔާބީއެއް

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް އިނާމު ހަވާލުކުރަނީ. -- ފޮޓޯ: ދިރާގު

25 ފެބުރުއަރީ 2024 - 13:15

ދިރާގުން މިދިޔަ ބުރާސްފަތި ދުވަހު ފެށި ގޭމިން އިވެންޓް، އީއޭއެފްސީ މިނީ ސީރީޒް 1 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ބުރާސްފަތި ދުވަހު ފެށި މި ގޭމިިން އިވެންޓް ލޯންޗުކުރެއްވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެ އިވެންޓު ލޯންޗުކުރައްވައި، މިނިސްޓަރު ވިދާޅުވީ ދިރާގުން ބާއްވަމުންދާ އެފަދަ އީ ސްޕޯޓްސް މުބާރާތްތަކާ އެކު އެ ކުޅިވަރު ކުރިއަރައި، ހުނަރުވެރި ގޭމަރުންނަށް ފުރުސަތުތައް ފަހިވެ، ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި އެ ރޮގުން ކުރިއަށްދިއުމަށް ޒުވާނުންނަށް ހިތްވަރު ލިބޭނެ ކަމަށެވެ.

ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރަފީއު ވާހަކަދައްކަވަނީ. -- ފޮޓޯ: ދިރާގު

މި މުބާރާތް ލޯންޗުކުރި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެ ކުންފުނިން ގޭމިންގެ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް ދިރާގުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ފިޒިކަލް އިވެންޓެއްގެ ގޮތުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ލައިވްކޮށް ބަލާލެވޭ ގޮތަށެވެ. އީއޭއެފްސީ މިނީ ސީރީޒް މުބާރާތް ކުރިއަށް ދިޔަ އިރު، އެ ތަނުގައި ދިރާގުން ވަނީ ޓެކްކެން އޯޕަން މުބާރާތަކާއި އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބަޓް ޗެލެންޖްތައް ވެސް މި ގޭމިން އިވެންޓުގައި ކުރިއަށް ދިޔަ އެވެ.

ދިރާގުގައި އޮތް ގޭމިން އިވެންޓުގެ ބައިވެރިންތަކެއް ގޭމު ކުޅެނީ. -- ފޮޓޯ: ދިރާގު

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގަނޑާއި ޖެހެންދެން ވަރުގަދަ މެޗުތަކެއް ކުޅުމަށް ފަހު، ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ގެ ޗެމްޕިއަންކަން ކާމިޔާބު ކުރީ ޓީމް ޔުނިފައިޑް ނިއު ޖެނެރޭޝަން އެވެ. މުބާރާތުގައި ރަނާ-އަޕްކަން ހޯދީ ޓީމް ޕީއެންޑީ.އެކްސްއެމްއެލް އެވެ. މި މުބާރާތުގެ ތިން ވަނަ ހޯދީ ޓީމް ޔުނިފައިޑް ސްޕޯޓްސް ކްލަބް އެވެ.

މި މުބާރާތާ އެކު ކުރިއަށް ދިޔަ ޓެކްކެން އޯޕަން ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޝްވާން އެވެ. އަދި ރަނާ-އަޕްކަން ހޯދީ އަހުމަދު ތާބިޝް އެވެ.

މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އަށް ހާއްސަކޮށް، ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. ދިރާގުން ބުނީ މި އިވެންޓަށް ދިވެހި ގޭމިން ކޮމިއުނިޓީގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކުޅުންތެރިންގެ ހުނަރާއި ގާބިލުކަން ކުރިއެރުވުމަށާއި އެކި އެކި ގޭމިން ކޮމިއުނިޓީތައް އާންމުންނަށް އިތުރަށް ދެނެގަތުމަށް މިފަދަ މުބާރާތްތަކުގެ މުހިންމުކަން ގިނަ ގޭމަރުން ވެސް ފާހަގަކުރި އެވެ.

ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 1ގެ ތިން ދުވަހުގެ އިވެންޓު ރޭ ނިންމާލިއިރު، މި ހަރަކާތަށް ގޭމަރުންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް ދިރާގުން ބުންޏެވެ. މި މުބާރާތުގައި 500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ.

މި ގޭމިން އިވެންޓަކީ ޖުމްލަ 40،000ރ. ގެ ޕްރައިޒް ޕޫލެއް ދިރާގުން ހުށަހަޅާ ބޭއްވި އިވެންޓެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454