ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 ފެބުރުއަރީ 2024 - 08:18
ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް އަދި ފިކުރުގެ ގޮތުން ތަފާތު ވިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ރަށްރަށަށް ކުރައްވަން މި ފެއްޓެވި ދަތުރުފުޅުގައި، ވަކި ކުލައެއް އަދި ފިކުރަކަށް ނުބައްލަވައި ކޮންމެ ރަށެއްގެ ހުރިހާ ކައުންސިލަރުންނާ ބައްދަލުކުރައްވަމުން އަންނަ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް
"އެކަމުގެ ތެރޭގައި ނުބައްލަވާ އެއީ އެމްޑީޕީތޯއެއް، ޑިމޮކްރެޓްސްތޯއެއް އަދި ޖޭޕީތޯއެއް، ޕީޕީއެމްތޯއެއް،" އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ދައްކަވާނެ ވަރަކަށް ވާހަކަ ދައްކަން ޖާގަ ދެއްވައިގެން ހުންނެވީ. އަދި ނިމުނީމާ ވިދާޅުވަނީ ދެން އިތުރު ކަމެއް ނެތް ހެއްޔޭ. އެ ވަރަށް ޖާގަ ދެއްވައިގެން މަސައްކަތް ކުރައްވަނީ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގެން އެ ހުންނެވީ ގައުމަށް ހިދުމަތްކުރުމުގެ ރޫހުގައޭ."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު އިސްކުރައްވަނީ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ލިބޭނެ ވިސްނުމެވެ. އެއީ މިއަދު ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދިނުމުގެ ނިޔަތުގަ އެވެ. ދިވެހިން ގައުމަށް ހެޔޮ އެދޭ ނަމަ އަދި މާދަމާ އުފާވެރިކަމާ އެކު ދިރިއުޅެން ބޭނުންވާ ނަމަ، ސިޔާސީ ހިޔާލު ތަފާތުވުން އެއް ފަރާތްކޮށް ގައުމީ ވިސްނުން އިސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި ބަސްބުނުމުގެ އިހުތިޔާރު އޮންނާނީ ދިވެހިންނަށް ކަމަށް ވިދާޅުވި ކަމަށާއި އެހެން އެއްވެސް ގައުމެއްގެ ބާރެއް، ނުފޫޒެއް އެ މަނިކުފާނުގެ މައްޗަށް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު މިއަދު ހުންނެވީ އެ ބަސްފުޅުގެ މަތީގައި ސާބިތުވެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުލް
27 February 2024
އެންމެން ތެރޭ ހިމެނޭ ހިތް ނުވިޔަސް؟
ބަރުބާދު
27 February 2024
ރައީސް ކޮން މަސައްކަތެއްތަކުރަނީ؟. އޭރުންތާ ރައީސްއާއެއްކޮން މަސައްކަތުދާން އެގޭނީ.
ސުލް
27 February 2024
ލަނޑާ ނެގުން. އޯކޭ؟
މުއީނާ
27 February 2024
މުއިއްޒުގެ ކޮންމެ ވަޒީރެއްގެ އޮތީ އެވަޒީރެއްގެ އަމިއްލަ ޓީމެއް. އަހަރެމެން އާންމު މެންބަރުންނާ ބެހޭވެސް ބައެއް ނޫން. އެޑިޔުކޭޝަންގަ އިސްމާއިލްގެ ކްލާސްމޭޓުންނާއި ދުވަހަކު ޕާޓީއަށް ނުފެންނަ މީހުން. ހަޔަރ އެޑިޔުކޭޝަން، ހައުސިން، ކޮންސްޓްރަކްޝަން، ގައުމިއްޔަތު މިނިސްޓްރީ މިހެން ކިޔާނެ ކަމެއް ނެތް. ޖެންޑަރ ގަ ވެސް އޮތީ ކުރީގެ އެޑިޔުކޭޝަން މިނިސްޓރީ. އެއިން މީހަކަށް އިސްމާއިލް ފުރުސަތެއް ނުދިން. މުއިއްޒުއަށް މި ވާނުވާ އެގޭބާ؟
ކޮލަމާހުއްޓާ
27 February 2024
މީފައްކާ ބޯވައެއް. ޖެހުނު އަތަކަށް މަރު.
ނޭނގުނޭ
27 February 2024
މިގައުމުގެ އެންމެ އުނދަގޫ މީހާ ކަމަށް ބުނާ ޔާމީނާއެކު އެކަމު މަސައްކަތެއް ނުކުރެވޭނެ. އެއީ މަސައްކަތްކުރުމުގެ ގާބިލްކަން ހުރިކަމުގެ ފެންވަރު ބެލޭނެ މިންގަނޑަކީ. ކޯޓުގަ އޮތް މައްސަލަ އަވަސްކޮށްލަދޭންވެސް ބުނެނުލާ އެ ހުންނަނީ. އެންމެ ފަހުން އަނެއްކާ ޔާމީންގެ ބޭނުންކޮށްގެން މަޖްލިސްވެސް ހޯދަން އުޅެނީ. ލަދެއް ހަޔާތެއް ނެތްކަމަށް ފެންނަނީ.
ތަންދޮރު
27 February 2024
ހުސް ގޮނޑި ފަހަތަށް އަރަން ނުބުނީ ކީއްވެ؟؟
ޒަމީރު 12
27 February 2024
އެތަށް ފަހަރަކު ، އެތަށް ޕްރެސްކޮންފަރެންސެއްގަ ތިމަންނަ ހުންނާނީ އެންމެ ފަހު ނޭވަޔާ ޖެހެންދެން ވެސް ރައީސް ޔާމީނުގެ ފަހަތްޕުޅުގައޭ ބުނެ ހުސް ބުހުތާނު ދޮގު ހެދި މީހަކު މިހާރު މިކިޔަނީ އެހެން މީހެއްގެ ފަހަތަށް އަރާށޭތަ؟؟؟ ސިޔާސީ މީހުންނަކީ ހާދަ ނަފްސުގެ އަގުދަށް ބައެކޭ!!
އަހްމަދު ސަނީހް
27 February 2024
ވެރިޔެއްގެ ހުންނާނެ އެއްމެ ފުރިހަމަ ކުއަލިޓީއަކީ މިއީ.
ކޮބާތަ
27 February 2024
މަކަރު ހެދުންތަ؟
ސނހ ބފ
27 February 2024
ނުބައިކޮށް ތިބުނީ، ވެރިއެއްގެ ބަދަލުގައި ހިޔަޅެއްގެ ...
ސާދިން ހަންނާން
27 February 2024
މުއިއްޒް ކުރިޔަށް މިދަނީ ރައްޔިތުންގެ ހާދިމެއް ކަމަށް ދެކިގެން. އަލްހަމްދުﷲ
މުހައްމަދު ސަމީހް
27 February 2024
މުއިއްޒް އަކީ ރައްޔިތުންގެ ރައީސްއެއް.
ބައެއް
28 February 2024
އަކީގެ ފަހަތުގައި 'ބައެއް' ޖަހާލަންޖެހޭ.