29 ފެބުރުއަރީ 2024 - 13:29
ވެލެންސިއާ (ފެބްރުއަރީ 29) - ރެއާލް މެޑްރިޑްގެ ފޯވާޑް، ވިނީޝިއުސް ޖޫނިއާގެ ޑޮކިއުމެންޓްރީ ފިލްމް ނަގަން، ނެޓްފްލިކްސްގެ ކެމެރާ، ވެލެންސިއާގެ ދަނޑަށް ވެއްދުން މަނާކޮށްފި އެވެ.
ނެޓްފްލިކްސް އާއި ބްރެޒިލްގެ ޕްރޮޑަކްޝަން ކުންފުނި ކޮންސްޕިރޭޝަނާއޯ ގުޅިގެން ހަދާ މި ފިލްމް އަންނަ އަހަރު ލޯންޗު ކުރުމަށް ނެޓްފްލިކްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބައެއް މަންޒަރުތައް، ބްރެޒިލާއި މެޑްރިޑްގައި ވަނީ ނަގައިފަ އެވެ. ވިނީޝިއުސްގެ ހަޔާތާ ބެހޭގޮތުން ހަދާ މި ފިލްމްގައި ފުޓްބޯޅަ ދަނޑުން އޭނާ އަށް ކުރިމަތިވާ ނަސްލީ ތަފާތު ކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާނެ އެވެ.
މި އަންނަ އާދިއްތަ ދުވަހު، ވެލެންސިއާގެ މަސްޓެޔާ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ކެމެރާ ވައްދަން ނެޓްފްލިކްސްއިން އެދުނު ނަމަވެސް، އެ ފުރުސަތު ނުދޭން ވެލެންސިއާއިން ނިންމީ އެ ކްލަބްގެ ސަޕޯޓަރުންނަށް ގެއްލުން ވެދާނެ ހިމެނިދާނެތީ ކަމަށް އެ ކްލަބްގެ އޮފިޝަލަކު ބުންޏެވެ.
"އެކަމުގެ މަގްސަދެއް ނޭނގޭ އަދި އަހަރެމެންނަށް ކޮންޓްރޯލް ނުކުރެވޭ އަދި ސަޕޯޓަރުންގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމެއްގައި ބައިވެރިނުވެވޭނެ،" ވެލެންސިއާގެ އޮފިޝަލަކު ބުންޏެވެ.
މަސްޓެޔާ ސްޓޭޑިއަމްގައި މިިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި، ވިނީޝިއުސް ލަނޑު ޖެހުމުން، ވެލެންސިއާގެ ސަޕޯޓަރުންގެ ބަޔަކު ވަނީ ނަސްލީ ގޮތުން ވިނީޝިއުސްއާ ދިމާކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅޭ އެ މެޗަކީ، އެ ހާދިސާ އަށް ފަހު ވިނީޝިއުސް، އެ ދަނޑަށް އެންބުރި އަންނަ ފުރަތަމަ ފަހަރެވެ. އޭނާ ދަނޑަށް ހާޒިރުވާ ހިސާބުން ފެށިގެން އޭނާގެ ކޮންމެ މަންޒަރެއް ނަގަން ނެޓްފްލިކްސްގެ ކެމެރާމަނުން ބޭނުން ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy