ރައީސަށް އަލިފުށިން މަރުހަބާ ދަންނަވަނީ: މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި
02 މާޗް 2024 - 16:16
މި އަހަރު ނިމޭއިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 100 މިލިއަން ޑޮލަރު ޖަމާ ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް 30 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު 100 މިލިއަނެއްހާ ޑޮލަރު ފަންޑަށް ޖަމާކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ރާއްޖެއިން އަދާކުރަން ޖެހޭ ބޭރުގެ ދަރަނިތަކެއް ހުރިއިރު އިގުތިސޯދު ފުޅާކުރުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިންވެސްޓަރުންގެ ޔަގީންކަން ހޯދައި، އާމްދަނީ އިތުރު ކުރެވޭނެ ގިނަ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޓެކްސް ބޭސް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހުރި ޑޮލަރު ކޮވިޑާ ގުޅިގެން މާރުކުރުމުން، މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފަންޑުގެ ބޮޑުބައި ހުރީ ރުފިޔާއިންނެވެ. ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ޑޮލަރަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ "ހަފްތާ 14" ގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ.
ފިނޭންސް އިން މީގެ މަހެއްހާ ދުވަސް ކުރިން ބުނެފައިވާ ގޮތުގައި މިހާރު ފަންޑަށް ފައިސާ ޖަމާކުރަނީ ޑޮލަރުންނެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 80 ޕަސެންޓް ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު އެސްޑީއެފަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.
ރައީސް، ރ. އަލިފުށީގައި ވާހަކަފުޅު ދައްކަވަނީ: މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ސޮވަރިން ފަންޑަށް ޖަމާކުރެވޭނެ ކަމަށް ވިދާޅުވި --
ދަރަނި އަދާކުރަން ސީދާގޮތުން 2025 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރާ އިރު، އެސްޑީއެފް އިން 3.8 ބިލިއަން ރުފިޔާ އެ އަހަރު ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެސްޑީއެފް އިން ބޭނުން ދަރަނި ދެއްކުމަށް ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ކުރަން ވަނީ ނިންމައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު އެ ފަންޑުގައި 9.7 ބިލިއަން ރުފިޔާ ހުރުމެވެ. ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026 ގައި ބޭނުން ކުރާ އިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.
އަލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުއްދުމަށް އެމަނިކުފާނު ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ރައްޔިތުން ތިބި ނާއުއްމީދުގެ ތެރެއިން އުއްމީދެއް ގެނެސްދިނުމަކީ ލިބޭނެ ބޮޑު ފަހުރު ކަމަށެވެ.
ރައްޔިތުން އެންމެ އެދޭ ކަމަކީ، އަލިފުށީ އެއާޕޯޓް މަސައްކަތް އަވަހަށް ނިންމުން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް އެކަން ނިންމައިދޭނެ ކަމަށެވެ. އަދި އެއާޕޯޓާ އެކު ހިއްކާ ބިން އިތުރުކޮށް ސިނާއީ ސަރަަހައްދެއް ވެސް ގާއިމްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަލިފުށީ ސިއްހީ މަރުކަޒު، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ވެސް މިއަދު ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"ހުރިހާ މަޝްރޫއުއެއް ކުރިއަށް ގެންގޮސް ނިންމައިދޭނަން. މި އަހަރު ފަށަން ހުރި ހުރިހާ ކަމެއް މި އަހަރު ފަށާނަން. އިގުތިސޯދު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސަށް އަލިފުށިން މަރުހަބާ ދަންނަވަނީ: މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި
ރައީސް. ވިދާޅުވީ މި އަހަރަށް ލަފާކުރި ބަޖެޓް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މީގެކުރިން ދުވަހަކު ވެސް ރާއްޖޭގައި އަމަލުކޮށްފައިވާ ގޮތަކަށް ނޫން ކަމަށެވެ. އެމަނިކުފާނު ވައުދުވި މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވަނީ ނަމަކަށް ކަމަށާއި އެ މަޝްރޫއުތައް ފެށޭ މިންވަރަށް ވެސް ބަޖެޓް ކޮށްދީފައި ނެތް ކަމަށް ވިދާޅުވި އެވެ.
"ބައެއް ރަށްތަކުގައި އެބަހުރި ނަމަކަށް، މިސާލަކަށް ބަނދަރުގެ މަޝްރޫއު ހިމެނިޔަސް، އެއް މިލިއަން ރުފިޔާ ޖަހާފައި ބަޖެޓް ފާސްކޮށްފައި. ހިނގަމުންދާ މަޝްރޫއެއް ނިންމަން އެކަށީގެންވާ ފައިސާ ޖަހާފައެއް ނެތް. މިއީ މީގެކުރިން ރާއްޖޭގައި ބަޖެޓް ފާސްކުރި ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް، އިތުރު ގޮތްތައް ހޯދައިގެން، އާމްދަނީ އިތުރުކޮށްގެން ވިޔަސް މި ސަރުކާރުން ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ފަށައި، ނިންމައިދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޒުވީ
04 March 2024
ކިތަންމެ ގިނައިން ޖަމާކުރިޔަސް އެމްޑީޕީ އަތުގަ ވެރިކަން ޖެހޭ އިރަށް ނަގައި ބަހައި ވައްކަންކޮށް ހުސްކޮށްލާނެއެވެ. އެމްޑިޕީއަކީ ފައިސާ ހޯދާކަށް އެއްޗެއް ވައްދާކަށް ދަންނަ ބަޔެއް ނޫނެވެ. އެހެންވީމާ ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ތިޔަ އެކައުންޓް ހެދި މަގުސަދު ހާސިލުކުރެވޭ ގޮތަށް ތިޔަ އެކައުންޓް ސެކުއަރ ކުރެވޭނެ ގޮތެއް ހައްދަވާތި ދައުރު ނިމުމުގެ ކުރީން.
ނާޑުވާ
03 March 2024
ނަމަނަމަ ދޮގު ހެދުން ހުއްޓާ ނުލާތި.
ކޮލަމާހުއްޓާ
03 March 2024
ބަލަ ތިބުނާ ފަންޑަށް ފައިސާ ޖަމާކުރުމުގެ ބަދަލުގަ ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގި ފަރާތްތަކާއި، ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ދިނުން މާމުހިންމު. ރައްޔިތުން ދަރާ ވިކިފަ.
އިކޮނޮމިސްޓް
03 March 2024
ރައީސަކަު ނެތަސް، މިހާރު މިދާގޮތަށް ޓޫރިޒަމް އޮތިއްޔާ ސޮވްރިންގ ފަންޑަށް ފައިސާ ޖަމާވާނެ! އެއީ ކުރިން ހަދާފަ އޮތް އުސޫލެއްގެ ދަށުން ވަކިފައިސާތަކެއް އެކަމަށް ކަނޑައަޅާފަ އޮތީމަ. ޝޭކުސްތާން!
ކަނބިލިބޯ
02 March 2024
ކޮންތާކުން ހޯދަނީ؟ ދަވާދު ލައިގެންތޯ؟
ޖީބުރާބީ
02 March 2024
މިހާރު ވެސް ރުފިޔާ ޖެހުން ހުއްޓާލައިފަވަނީ މެނޭޖު ކުރަނީ ލިބޭ އެއްޗަކުން. ކުރިން ބަޔަކު ރުފިޔާ ޖެހިވަރަކައް ޖެހިމީހުންގެ ޖީބައްވަދެ ހުސްވީ
މޯޑޭ
02 March 2024
ރެޔާ ދުވާލުގެ ފޯކަސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން: ރައީސްއެހެންވެދޯ ގެޒެޓްކޮށްފަ އެގުރިމަންޓް ކޮށްފަ އޮތް އެއްޗެއް އަތެއް ނުލާނަމޭ ކިޔާ ވައުދު ވެފަ ވެރިކަމާ އާރު ލިބުނީމަ އެކަން ހަދުމަފުޅު ނެތިގެން ތި އުޅެނި.
ކިހި
02 March 2024
ތިބުނާ ފްލެޓްތައް ހިފެހެއްޓީ ވެސް އިބޫ ވެރިކަމެގަ ހޮވާފަ އޮތް އެންޓިކޮރަޕްޝަން ކޮމެޓީން އަދި އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އެމައްސަލަތެރެއައް ވަދެ ވަގު ހަދާ އޮޅުވާލި ފްލެޓް ކޮމެޓީއާ ހަވާލު ކޮއްފަ އެމީހުން ސަލާމަތް ކުރަން
ފުލެޓް ދޮންބެ
02 March 2024
އުއްމީދު ކުރިވަރު ވެރިއެއް ނޫން ސާފް ބަހުން މިބުނީ. ވަރަށް ބޮނޑަށް ރަށްއިތުންނަށް އޮޅުވައިލައިގެން ކަންކަން ކުރަން އުޅެނ
ހަމަދޯ
03 March 2024
މިހާތަނައް އެންމެ ބޮޑައް އޮޅުވާލައިގެން މަކަރުހަދާ ވަގު ހެދި ބަޔަކީ ސީދާ އެމްޑީޕީން
ބިލިޔަނަރ
02 March 2024
މި ރައީސް މި ދަށްކާވާހަކައަކީ ހަމަ ބުއްދިން ވިސްނާލައިފި ނަމަ 5 އަހަރު ތެރޭ ވާނެ ކަންކަމެއް ނޫން. ގައުމް އޮތީ ދަރާފައޭ ކިޔާ ވެރިކަމާ ހަވާލިވެފަ ސިޔާަސީމީހުން ވެސް އަށްޔަން ކޮށްފި މީގެން ޒަމާނަކު ނުކުރާވަރަށް. ރަށްއިތުންގެ ހާލުބަލާށޭ ކިޔާ ގޮސް މަޖިލިސް ލިބޭތޯ ކެންފޭނު ކުރަނި. އޭސީސީން މިކަން ބަލާކަށް ނުވޭތަ?
ކިހިނެއްދޭނީ
03 March 2024
މިހާރުވެސް އެކަން އެއޮތީ ކޮއްފަ ރުފިޔާ ނުޖަހާ. އެމްޑީޕީން 1200 ސިޔާސީ ވަޒީފާ އަދި މިސަރުކާރުން 300. އެހެންވެ ރައްޔިތުންގެ ހާލު ބަލަން ދާންޖެހެނީވެސް
ށަރީ
02 March 2024
މުއިޒު ހަދަނީ ހުސްދޮގު، ޔާމިން މިނިވަން ނުކުރި، ފުލެޓް ނުދިން ވޯޓް ހޯދަން، ދެން ކުރަންބުނި ކަންތަށް ވެސް ގިގޭނީ، އަސްލު ސޫރަ ފެންނާނީ، މަޖުލިސް ވޯޓް ފަހަށް، އަދުރޭ ވެރިކަން ކުރަނީ، މިހާރުވެސް އެބުނަމުން އަންނަނީ، ބޮޑަތި އާއިލާތަކަށް، ފުލެޓް ދޭނަމޭ، ވޯޓްދޭށޭ، އަދުރޭމެން އިހުލާސްތެރިވާނެކަމަށް ބަލާގެން ވޫޓް ދީ.
މަރިޔަބު
03 March 2024
ހުސްދޮގު އަސްލު ހެދީ އެމްޑީޕީން ޔާމީން ޖަލައްލީވެސް އެމީހުން އަދީބު ލައްވާ ދޮގުހެކިދީފަ ރާއްޖޭން ބޭރައް ފޮނުވާލީ އަދި ރިޔާސީ އިންތިހާބުން ކަޓުވާލީވެސް. މުއީޒުވަނީ ވައުދު ވެފައި ޖޭއެސްސީޔާ ނުކުޅޭނެ ކަމައް. އަދިވެސް މަޖިލީހާ ޖޭއެސްސީގެ ބާރު އޮތީ އެމްޑީޕީ އަތުގަ ޖޭއެސްސީ ރައީސަކީ ހިސާން ހުސްނުއްސުއޫދު ވެސް އޭގެތެރޭ ހިމުނޭ
އޮއިވާލި
02 March 2024
އިންފްރާސް' ސްޓަކްޗަރމިނިސްޓަރުކަން7އަހަރުކުރިމީހަކުތިކަހަލަވާހަކަދައްކަންހަމަކުޑަކޮށްވެސްލަދެއްނުގަނޭތޯ' މަޖިލީހަށްގޮސްކިތައްދުވަހުބުނެވިފަވާނެތޯ'ބަޖެޓްގަޖަހާފައޮތީ' މަޝްރޫއުތައްފަށައިގަނެވޭވަރަށޭ- ދޮގުހަދާއޮޅުވާލަންއުޅުނަސް' ތިދެންބޮޑުވަރު
ވީނުވޫ
03 March 2024
ރައްޔިތުންނައް ވެސް އިނގޭ ކޮންބައެއް ކަން ވެރިކަން ކުރާތީ ޖެއްސުން ކޮއް ހަދަނީ އެއީ އޮޅިފަ އޮތްކަމެއް ނޫން. ރަސްފަންނު ޕްރޮޖެކްޓް ވެސް ބަޖެޓުން އުނިކޮއް. މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބާއްވާ ށޭ ބުނީމަ ލަސް ކޮއް ހުރިހާ ކަމެއް އެގޮތައް