ރައީސް މިރޭ އޭދަފުއްޓަށް ވަޑައިގެންނެވުމުން ދާއިރާގެ މެންބަރު ސަލީމް މަރުހަބާ ދަންނަވަނީ --
03 މާޗް 2024 - 22:55
ބ. އަތޮޅުގެ ވެރިކަން ކުރާ އޭދަފުށީގެ ބައެއްގެ ގޮތުގައި، އެ ރަށް ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ މާއްޑޫ ހަމަޖައްސައިފި އެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް މާއްޑޫ، އޭދަފުއްޓާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށެވެ.
މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔުންތައް އޭދަފުށީ ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރަށް އެ ރަށުގެ ބޭނުން އޭދަފުށީ ރައްޔިތުންނަށް ހިފޭނެ ކަމަށާއި އެތަނުގައި ބޯހިޔާވަހިކަމާއި އެހެން މަޝްރޫއުތައް ވެސް ހިންގޭނެ ކަމަށެވެ.
"މާއްޑޫ ވެގެންދާނީ ތިޔަ ބޭފުޅުންގެ މުސްތަގުބަލާ ގުޅިފައިވާ ރަށަކަށް،" ރައީސް ވިދާޅުވި އެވެ.
އޭދަފުށީގެ ބައެއްގެ މާއްޑޫ ހިމަނަން ނިންމާފައިވަނީ ވަކި މުއްދަތަކަށް ނޫނެވެ. ރައީސް ވިދާޅުވި ގޮތުގައި މާއްޑޫ އަކީ މީގެ ފަހުން ދާއިމަށް އޭދަފުށީގެ ބައެކެެވެ.
އަތޮޅުތެރޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރަން ރައީސް ނިންމަވާފައިވާއިރު، އޭދަފުއްޓަކީ އޭގެ ތެރެއިން އެއް ސެންޓަރު ކަން ރައީސް މިރޭ އިއުލާން ކުރެއްވި އެވެ. އެހެންކަމުން، ތަރައްގީގައި ވަރަށް ބޮޑު އިސްކަމެއް އޭދަފުއްޓަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް ކަމަށާއި އެގޮތުން މާލޭ ސަރަހައްދުން ބޭރުގައި ހިންގަން ނިންމާފައިވާ 40،000 ފްލެޓްގެ ތެރެއިން އިސްކަމެއް، އޭދަފުއްޓަށް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ވެސް އެ މަޝްރޫއުތައް އޭދަފުއްޓަށް ޕްލޭން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފެށި އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުން، މާއްޑޫގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިނިކާ މާދޫނި
05 March 2024
އަދި މާއްޑޫގަ އެއާރޕޯޓެއްވެސް އަޅާދެއްވާތި. ސަލީމްބެޔަށް ބޯކޮށް ވޯޓް އަޅާނަން.
ތައްސޭޔޫރާތޯރޭ
04 March 2024
އެރައްކާރީގާއޮއްފަޅުވެސްހިއްކާފާތަރައްގީ ކޮއްދީބަލަވަރައްސަޅިކޮއްމިދުނިޔެމަތިގެ ސުވަރުގެހަގީގީކުލައެބަޖެހޭޝުކޫރީއްޔާ މުޅިސަރުކާރުޚާއްސަކޮއްޑޮކްމުއިއްޒުއައް ފަނާކުރާކުދިން2028ހައްފޫގަޅާތިވާތޯބަލަން
މުއްތު
04 March 2024
މާއްޑޫއިން މީހުން ބޭލުވީ ނާސިރު. ރަނގަޅަށް ހަބަރު ލިޔެބަލަ!
ސިޔާދު އަލީ
04 March 2024
އަހަރުމެން ރަށް ކައިރީ އޮންނަ ވިލިގަލާވެސް ކައުންސިލަށް ދީފި. ރައްޔިތުން މިތިބީ ނިކަން އުފަލުން.
މާޝް ހަމިދު
04 March 2024
މިވައުދު ވިއިރު ހިޔެއް ނުކުރަން މިހާ އަވަހަށް ނުވަތަ ފުއްދާނެޔޭވެސް. ނަމަވެސް ތަފާތު ތިދެއްކީ
މަހުމޫދު
04 March 2024
އޭދަފުށީ ރައްޔިތުންގެ އަޑު އަހާ ވެރިޔަކު އެއްމެ ފަހުން ލިބިއްޖެ.
ރެޑްވޭއް
05 March 2024
ސަލީއްބެ މަޖިލީހުގަ އިންނަނީ ގޮނޑި ހޫނުކުރަންދޯ. މިއޮއްހުރިހާދުވަހު ކީއްކުރީ
ނިހާމް ހަސަން
04 March 2024
މަރުހަބާ ކުޅުދުފުށީ ރައްޔިތުން. ތިއީ ތި ރަށު ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ބޭނުންވެފަ ހުރި ކަމެއްގެ ނިމުން.
ލުބްލާ2024
04 March 2024
ކުޅުދުފުށީ ރައްޔިތުންނަށް ކީއްކުރަން މަރުހަބާ ކިޔަނީ؟ ކުޅުދުއްފުޓަކާ ބެހޭ ކަމެއްވެސް ނޫންދޯ މީ؟
ބާސިތްް
04 March 2024
ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ރައީސަށް. އަހަރެމެންނަށް މީގެން ވަރަށް ނަފާ އިތުރުވެގެންދާނެ.
އަސްލަމްް
04 March 2024
މި ދަތުރުތަކުން ފެނިގެންދަނީ ރައީސް މުއިއްޒު ލާމަރުކަޒީ ނިޒާމްއަށް ކުރާ އިހުތިރާމް.
ޢަލިދީ
04 March 2024
ޢަދި ސަޅި އައިޑިއާއެއް ދީފާނަން.މާލޭގެ ހެންވޭރު ކުޅުދުއްފުށި ސިޓީގެ ބަޔަކަށް ގަލޮޅު ތިނަދޫ ސިޓީގެ ބަޔަކަށް ، މައްޗަންގޯޅި ފޯއްމުލަކު ސިޓީގެ ބަޔަކަށް އަދި މާފަންނު އައްޑޫސިޓީގެ ބަޔަކަށް ހަމަޖައްސައި އެ އަވަށްތަކުގެ ބިމުގެ ކުލި އެ ސިޓީއެއްގެ ކައުންސިލަށް ދީ. އޭރުން އެ ސިޓީތަކަށް އާމްދަނީ ލިބި ތަރައްގީވެގެން ދާނެ.
ޓިނޭ
05 March 2024
ދެންދާ ރަށެއްގަ ތިވާހަކަވެސް ބުނާނެ.