އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ވަނީ ގޮވާލާފައި.
06 މާޗް 2024 - 20:37
އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފި އެވެ.
ރާއްޖެއިން އެގޮތަށް ގޮވާލީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގެ ފަރާތުން ޝާޒޭ ދެ ފެއާ އެމްބެސެޑަރު ޑރ. އަލީ ނަސީރު މުހައްމަދެވެ.
މި ބަހުސް ހިނގީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވައިލުމަށް ލާޒިމު ކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފެބްރުއަރީ 20ގައި ވީޓޯ ކުރުމާ ގުޅިގެންނެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ 29 ގައި ހިނގާ ދިޔަ ހާދިސާގައި އިޒްރޭލުން ފަލަސްތީނުގެ ސަތޭކައަށް ވުރެ ގިނަ ރައްޔިތުން މަރާލައި، ޒަހަމްކޮށްފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތި އަދި އަސާސީ ބޭނުންތަކުން މަހުރޫމް ކުރުމަށް ފަހު އިސްރާއީލުން އެ މީހުން މަރަމުން ގެންދިއުމަށް ހުއްޓުމެއް ނުގެނެވުމަކީ މުޅި ދުނިޔެ އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިނގަމުންދާ ޖެނޮސައިޑް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް އޭނާ ގޮވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
07 March 2024
ތިޔަ ހުރިހާ ކަމެއް އިޒްރާއީލް ލައްވާ ކުރުވާ ބަޔަކީ އެމެރިކާ. އެމެރިކާއިން ހަތިޔާރާ ފައިސާ ދީގެން އުޒްރޭލުން ފަލަސްތީނު މީހުން މަރަމުން ޤަތުލް އާއްމު ހިންގަމުން އެ ގެންދަނީ. އެ ކަަން ދިވެހި ސަރުކާރަށްވެސް އެނގޭ. ވީއިރު އެމެރިކާގެ އެހީތެރިކަން ދިވެހި ސަރކާރުން މިހޯދަނީ ކީއްވެ? ބުނަންވީނު އެމެރިކާއިން އުޒްރޭލު މީހުން ލައްވާ ފަލަސްތީނު މީހުން މަރަމުން ޤަތުލް އާއްމު ހިންގަމުން ދާހާ ހިނދަކު ރާއްޖެއިން އެމެރިކާ އާ އެކު އެއްވެސް ގުޅުމެއް ނުބާއްވާނަމޭ. ދެބޯގެރި ނުދުއްވާ