އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރި އަލީ ނަޝާތު.-- ފޮޓޯ: ރައީސް އޮފީސް
13 މާޗް 2024 - 12:37
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަންކޮށްފި އެވެ.
އީސީން ބުނީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މެންބަރު ކަމުގެ މަގާމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރައްވާފައި ވާތީ އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރުމަށް މިއަދު އާންމު ޖަލްސާއެއް ބޭއްވި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭއްވި އާންމު ޖަލްސާގައި އީސީގެ ނައިބު ރައީސްގެ މަގާމަށް އަލީ ނަޝާތު އައްޔަންކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިއީ އީސީގައި ނަޝާތުގެ ވެސް ދެ ވަނަ ދައުރެވެ. އެ ކޮމިޝަންގެ މެމްބަރު ކަމަށް ދެ ވަނަ ދައުރަކަށް އޭނާ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ. އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރީ 2018 ވަނަ އަހަރު އެވެ.
ހަބީބް އީސީން އިއްޔެ ވަކިވެވަޑައިގަތީ އެ ކޮމިޝަނަށް އޭނާ ހިދުމަތް ކުރައްވާތާ 21 އަހަރު ފަހުންނެވެ. އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެވަނަ ދައުރަށް އައްޔަން ކުރީ 2019 ގަ އެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން ވެސް ހަބީބް ވަނީ އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިދުހަތް އިބްރާހިމް
14 March 2024
ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް ނަޝާތު ވަރެއް ހަމަ ނެތް.
ފައްސާން ވަލީދު
14 March 2024
ނަޝާތާ ދޭތެރޭ ކިތަންމެ ކަމެއް ތުހުމަތު ކުރެވުނަސް އޭނަޔަކީ ރަނގަޅު މީހެއް. އޭނައަކީ ހަމަ ބަރާބަރު މީހެއް.
އެމް.ޑީ.ޕީއަށް
13 March 2024
ޢެމް.ޑީ.ޕީ އަށް ވ. ޥެދުން ސަލާމް.
ޖުސަމް
13 March 2024
އަނެއްކާ އަނެއް މަހުޖަނު ތައްޔާރުވަނީ
ސާއިދުއި
13 March 2024
ވަރަށް ކޮރަޕްޓް މީހެއް. ވަރަށް ދެރަ.
ފޫނު
13 March 2024
ކިރޮޕްޓް ވެދާނެ ވަކިފިކުރަކުގެ ކުދިންނައް