ޓެލެގްރާމް ޗެނަލް ފުލުހުން ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި--
13 މާޗް 2024 - 23:17
ހަށި ވިއްކުމާއި ޑްރަގާއި މަނީ ލޯންޑްރިންގެ ބޮޑު ނެޓްވޯކެއް ހިންގާ ޓެލެގްރާމް ގްރޫޕްތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މިދިޔަ އަހަރު އޭޕްރިލް މަހުން ފެށިގެން ޓެލެގްރާމް ގްރޫޕްތަކެއް ހިންގަމުން އަންނަ މައްސަލަ ތަހުގީގުކޮށް މިދިޔަ ބުދަ ދުވަހު އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މީހުން ހިންގަމުން އައީ ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލަރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރުގެ ނަމުގައި ޓެލެގްރާމް ގްރޫޕްތަކެކެވެ.
އެ ހުރިހާ ޗެނަލްއެއް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެތަކެތީގެ ފޮރެންސިކް ތަހުލީލެއްކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ މާލީ މުއާމަލާތްތަކަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ބަންދު ޖަހާފައި ވަނީ ފަސް ދުވަހަށެވެ. އަދި އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދޫ
14 March 2024
ކުރީގެ ސީޕީ ޙަމީދުއަށް ޑްރަގް މައްސަލަ ހައްލުކުރަން ޓާސްކް ފޯހެއް ހަދައިގެން މިވަރުގެ ކަމެއް ވެސް ކޮށް ނުލެވުނު.
ސަންޑޭ
14 March 2024
މި ޤައުމުގެ ހޯމް މިނިސްޓަރަކަށް ނަމުގެ ކުރިއަަށް ޝެއިޚް ލައިގެން ކިޔާ އިމްރާނުގެ ވަޒީރު ކަމުގެ ދަށުން މިކަންކަން ފެށިގެން އައީ. މިކަން ހުއްޓުވަން އެއްވެސް މަސައްކަތެއް އިމްރާނު ކޮށްފައެއް ނުވޭ.
ވހޔހޔހ
14 March 2024
މުނީރު ފޮރެކްސް ނަމުގަ ޖަރީމާ ހިންގި ޓީމު ހައްޔަރު ކުރަން ގަޓު އެބަހުރިތޯ؟؟
ޢާމިނަތު1
14 March 2024
ހަމަ ތިގޮތަށް އިންސްޓަގްރާމް ގައިވެސް ގިނަ މަނާ ތަކެތި ފާޅުކަން ބޮޑުކޮށް ވިއްކާ. ޓިކްޓޮކް ގަ ހަށިވިއްކާ މީހުން ވެސް އެހާ ގިނަ. ފިޔަވަޅެއް ނާޅާ.
ޓެލެޓެލެ
14 March 2024
ޓެލެގްރާމަށް ފިޔަވަޅު ނާޅަނީ؟
ޓޭރީ
14 March 2024
ވަޒީފާގައި އުޅޭއިރު ކޮންމެސް ކަމެއް ކުރަންޖެހޭތި ކުރާ ކަންތައްތައް. އެކަމަކު ހަމަ ބޭކާރު. މާދަން ދޫކޮއްލާނެ
ބަރުލަމާނީ
14 March 2024
ދިވެހި ރާއްޖޭގެ ޤާނޫނު ބުނާގޮތުން ހައްޔަރުކުރާ މީހުން ދޫކޮށްލުމާއި ބަންދުގައި ބެހެއްޓުމުގެ ބާރެއް ފުލުހުންނަކަށް ނޯވޭ
އެނދިމަރިޔަނބު
14 March 2024
ކޮންމެވެސް ވަރަކަށް ޖިނާއީ އަދުލުގެ ނިޒާމަށް ފަރިތަވެލަން ފެނޭ. ފުލުހުން ބޭނުންހާ ބަޔަކު ބޭނުންހާ އިރަކު ބޭނުން މުއްދަތަކަށް ހައްޔަރުކުރުމުގެ ބާރެއް ނޯވޭ.
އައްދޯއި
15 March 2024
ފުލުހުން ބޭނުން ކޮންމެ މީހަކު ފުލުހުން ހައްޔަރުކުރާނެ. ހެއްކަކަށް ހުށަހަޅާނީ 'އިންޓެލް ރިޕޯރޓް'. އެ ރިޕޯރޓްގައި އޮތީ ކޯއްޗެއްކަންވެސް ފަނޑިޔާރު މަނިކުފާނަށް ނޭނގޭނެ. މިއީ ވަރަށް ވާހަކަ
ގާނޫނު
15 March 2024
ގާނޫނުގަ ނެތަސް ފުލުހުންގެ އަައި އޯ އައް އޮވޭ ދޫކޮއްލުމުގެ އިހްތިޔާރު.
ކަސްތޫރީ
14 March 2024
ހީވޭ ވަރަށް އަވަހަށް ތިމީހުންއަށް ރާއްޖޭގެ އިންސާފު ލިބި ވަޏް ދޮރުން ނޫން އަނެއް ދޮރުން މިނިވަން ވާނެހެން. ތިކަހަލަ އެއްޗެހީގަ ގިނައިން ހޭކިފަ ތިބޭނީ (ހުރިހާ) ސަރުކާރެއްގެ މުއައްސަސާ ތަކުގެ ބޮޑުން.
ހަރޑްވޯޑްސް
14 March 2024
ވަގަކަށް ހާސް ދުވަސް، ފުލުހުންނަށް އެއް ދުވަސް
ލަތީފާ
14 March 2024
މާދަން ދޫކޮށްލާނެ! ކީއްވެ؟ މިފަދަ ކުށް ކުރާމީހުން އަދި ނެޓްވޯކްތަށް މޫލައި ގުޅިފައި އޮތީ ބޮޑެތި ސިޔާސީ މީހުން އަދި ވިޔަފާވެރިންނާއި. މިއީ މުއީޒް އަށް ވަރަށް ސާފުކަމެއް. އެހެނަސް މުއީޒް އެކަމަށް ސިޔާސީ މަންފާއަށް އަޅާ ނުލާކަމެއް. ދެރަވަރު
އެނދިމަރިޔަނބު
14 March 2024
އޭ ބަލަ ލަތީފާ! މުއިއްޒު ވެރިކަމަށް އައި އިހަށް ދުވަހު، ހަށިމިއްކުމާ މަސްތުވާތަކެތި ވިޔަފާރިއަށް ވީ ކިތައް އަހަރު؟ މި ހުރިހާ ދުވަހު މުއިއްޒު އަޅާނުލާގެންތަ އެކަން ހިނގީ؟
އުއްތަމަ އުސްތާޛް
14 March 2024
ފުލުހުންގެ މުއައްސަސާ ފެއިލްވެއްޖެ