ދިވެހި އަސްކަރިއްޔާ އަށް ޑްރޯން ޓެކްނޮލޮޖީ ތައާރަފު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ ދެކަނބަލުން ވަޑައިގަންނަވާއިރު އަރިހުގައި ޑިފެންސް މިނިސްޓަރު ޣައްސާނާއި ސިފައިންގެ ޗީފް މޭޖަ ޖެނެރަލް އަބްދުއްރަހީމް
15 މާޗް 2024 - 22:57
ސިފައިންގެ އެއާ ފޯސް އުފެއްދުމުން،، ދިވެހިންގެ މިނިވަންކަން ބެލެހެއްޓުމަށް އަސްކަރިއްޔާގެ ގާބިލްކަން ހުރިކަން ހާމަވާ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ވައިގެ ހިދުމަތް ފެށުމަށް، ނ. މާފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، އަސްކަރިއްޔާގެ ތެރޭގައި ވައިގެ ތާރީހެއް އޮތަސް ގިނަ ދުވަހު އެ ހިދުމަތް ދިނީގެ ބޭރުގެ ބަޔަކަށް ބަރޯސާވެގެން ކަމަށެވެ.
ނަމަވެސް، ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވާންޖެހޭނެ ކަމަށް ވިދާޅުވެ، ސިފައިންގޭގައި އެއާ ކޯ އުފައްދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ޒަމާނީ ވަސީލަތްތަކާ އެކު ޔޫއޭވީ ހޯއްދަވައިދެއްވައި، ސިފައިންގެ އަސްކަރީ ގާބިލްކަން އެތައް ގުނައެއް މައްޗަށް ޖައްސާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެކެވެ.
"ދިވެހިންގެ އިގުތިސާދީ ލޭ ނާރާ، ކަނޑުފަޅުތަކުން ނަފާ ހޯދައިގެން ދިރިއުޅެމުން ދާ ހިތްމަތްތެރި ދިވެހި ދަރިންގެ ސަލާމަތާ ރައްކާތެރިކަން އެމްއެންޑީއެފްގެ އެއާ ކޯގާ ހިދުމަތާއެކު ބޮޑުތަނުން ކަށަވަރުވާނެ. ރެއާ ދުވާލު ހުއްޓުމެއް ނެތި ރާއްޖެ ބެލެހެއްޓުމުގެ ގާބިލްކަން ސިފައިންނަށް ލިބުމަކީ ކާބަފައިން، އެއުރެންގެ ލެެއާ ފުރާނައިން މި ގައުމަށް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހައްގުގައި ވެސް އެޅިގެން ދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް." ރައީސް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއީ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނަ މިނިވަން ދިދައަށް ވިހުރިލަން ލިބޭ ހިތްވަރާއި ބާރެއް. މިއީ ދިވެހިންނަށް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމާއި އެ ގާބިލްކަން ދިވެހިންނާއި އަސްކަރިއްޔާގެ ކިބައިގައި އެބަހުރިކަން އެނގި، ހާމަވެގެންދާނެ ކަމެއް."
އަބްދުއްރަހީމް ވަނީ ރައްޔިތުންގެ ސަލާމަތަށް އަސްކަރިއްޔާއަށް ހޯދައިދޭ ވަސީލަތްތަކުގެ ބޭނުންތައް ހިފައިގެން، ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ފަސްޖެހުމެއް ނެތި، ރެއާ ދުވަލު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ މުހައްމަދު
17 March 2024
މީނަ ބުންޔަސް ތެދެއްވާނީ ތެދަކަށް. ގައުމާއިގެން ކުރިޔަށް.
ނިހާމް އަހްމަދު
16 March 2024
ބޭރު ބަޔަކަށް ބަރޯސާނުވެ މިކަން ހަގީގަތަކަށް މި ހެދީ ރައީސް މުއިއްްޒް
އާމީނަތު
16 March 2024
ހުރިހާ ޝުކުރެއް ހައްގުވަނީ އަދުގެ ރައީސް ރައީސް މުއިއްްޒް އަށް.
މުހައްމަދު މޫސާ.
16 March 2024
ނިކަން އުފާވޭ ހުރިހާ ދާއިރާއަކުންވެސް އަމިއްލަ ފައިމައްޗަށް ތެދުވެފަ އޮތް ގައުމަކަށް މި ގައުމު ވާތީ.
ސާމް ނާފިޒް
16 March 2024
މިހާ ރަނގަޅު ކަމެއް ކުރިންވެސް ހާދަ ނެގެޓިވް ކޮމެންޓް ތަކެކޭ ދިވެހިން ކޮށްފަ މިހުރީ. ލަދު
ތިހާމް ހަސަން
16 March 2024
ދިވެހިންނަށްވެސް ވާނެ. ރައީސް ޑރ މުޢިއްޒް އެކަން މި ސާބިތުކޮށްދިނީ.
މުހައްމަދު ޝާން އައްބާސް
16 March 2024
ހަގީގަތުގައިވެސް. މިއީ މިކަން އޮތް ގޮތަކީ.
ސާޖިދާ
16 March 2024
ވަޓް އެބައުޓް އަންޑަވޯޓަރ ކޯ؟ މިހާރު ރަސްމާލެއާ ދެމެދު ޓަނަލް އަޅާ އަދި އަދި މިހާ ކަނޑުގެ އަޑީ ސަރަހައްދު ބޮޑު ގައުމަކަށް މުހިންމެއް ނޫންތަ؟
ދޮން ހަސީނާ
16 March 2024
ދިވެހިން އެބަޖެހޭ ހުރިހާ ދާއިރާޔަކުންވެސް އަމިއްލަ ފައިމައްޗަށް ތެދުވަން. ރާއްޖެއިން އުކާލަންޖެހޭ ބާދަނގަޑު ވިރުވައިގެން އެއްޗެހި ހަދަން ފަށަންވެއްޖެ. ތަތްގަނޑު ހަދައިގެން ކުދި އެއްޗެހި ހެދިދާނެ. މިކަމަށް ފަރިތަވެ ކުރިއެރުމުން އިންޖީނާއި، ބަރު ހަތިޔާރު ފަދަތަކެތިވެސް އުފެއްދިދާނެ. މިކަމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންވެއްޖެ.
ވިން
16 March 2024
ހަތިޔާރު ހޯދައިގިނަ ކޮށްގެން މި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނެ ކަމަށް ދެކުމަކީ ވަރަށް ބޯދާ ޚިޔާލެއް. އަދި ޕޯޑިއަމް ތަކުގަ ދައްކަން ގަޅިވާހަކައެއް.
މުރަނަ
16 March 2024
ވަކި ގައުމަކަސް ވިކިގެން ހެދިގޮތެއް ކަމުގޮސްގެން އުޅުނީމަ ދޯ މިނިވަންކަން ދެމެހެއްޓޭނީ. ލަދު ހަޔާތްކޮބާ ކަލޭގެ.
ގަޅީގަޅީ
17 March 2024
ޕޯޑިއަމް ތަކުގަ ހުސް ގޮނޑިއެއް ބާންދައިގެން ވެރިކަން ހޯދީ. ގަޅީ ކޮންބައެއްކަން ވަރަށް ސާފު.