މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަނީ. -- ފޮޓޯ | ސިޓީ ކައުންސިލް
18 މާޗް 2024 - 11:42
މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭގެ މަގުތަކުގައި ޕާކުކުރަން އޮންނަ ޖާގަތަކުގައި ގިނަ އަދަދަކަށް ޕެލެޓް ބަހައްޓާފައި ހުންނަ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު އާމިނަތު ޝަތުފާ، "މިހާރު" އަށް ވިދާޅުވީ އިއްޔެއިން ފެށިގެން ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ޕެލެޓެއް ކަމެއް ސާފު ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ތަންތަނުގައި ފިތިފިތިގެން ޕާކުކުރަން ޖެހުމުން ގެތަކާއި ފިހާރަތަކަށް ނުވަދެވެ އެވެ. އެހެންވެ، އެ ތަންތަނުގައި ރޭމްޕް ހެދެންދެން ޕެލެޓް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ޝަތުފާ ވިދާޅުވީ ކުރިއާލާ ޕާކުކުރާނެ ޖާގަ ހޯދަންވެގެން ބައެއް މީހުން މަގުތަކުގައި ޕެލެޓްތައް ބަހައްޓާ ކަމަށެވެ. މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެފަދަ ޕެލެޓްތަކާއި ހަލާކުވެފައި ހުންނަ ޕެލެޓްތައް ވެސް ނަގާނެ ކަމަށް ޝަތުފާ ވިދާޅުވެ އެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ފެންނަނީ އެމްޕީއެލް ސަރަހައްދުގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތަކެއް ނަގައި ކައުންސިލުގެ ޕިކަޕަށް އަރުވާ މަންޒަރެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި ކުނި އަދި ޕެލެޓުތައް ނަގާ ސާފުކުރުން pic.twitter.com/TDmyBm58i6
— Malé City Council (@MaleCitymv) March 18, 2024
ގަރާޖާއި ގުދަން، ވޯކްޝޮޕް އަދި ފިހާރަތައް ކައިރިން ބޮޑެތި ޕިކަޕުތަކަށް ޕާކިން ޖާގަ ހޯދަން ވެގެން މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ޕެލެޓްތައް ބަހައްޓާފައި ހުންނާތީ އެކަމުގެ ޝަކުވާ ބޮޑެވެ. ތިން ހަތަރު ބުރު އަޅައިގެން ވެސް ދިރިއުޅޭ ގެއާ ނުވަތަ އޮފީހާ ކައިރި ހިސާބަކުން ވެސް ޖާގަ ނުލިބިގެން އުޅޭއިރު ހުސް ޖާގަތައް އޮންނަނީ ބަރު ޕެލެޓްތަކުން ފުރާލައިފަ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޕެލެޓްތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރި އެވެ. އެ އެއްޗެހި ނެގިތާ މާގިނަ ދުވަހެއް ނުވެ، އަނެއްކާވެސް ޕެލެޓްތައް މަގުތަކުގައި ބަހައްޓާތީ މައްސަލަ އޮތީ ހައްލު ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ އަލީ
19 March 2024
މާޑު ގަރާޖު ހުންނަ ގޯޅިއަކީ އެ ގަރާޖުގެ ބަޔަކަށް ވެފަ އިން މަގެއް. ގަރާޖުތައް މީހުންނަށް އުނދަގޫ ނުވާ ތަނަކަށް ބަދަލު ކުރަނީ އޭ ކިޔާތީ މިހުންނަނީ ބޮނޑިބަތް ކައްކައިގެން އެދުވަހަކު ބަހަން. ޕެލެޓް ނަގަންޏާ ގެއަށް ވަންނާނީ ދޮރުމަތީ ހުންނަ ސައިކަލެއް މަގުމެދަށް މޫވް ކޮށްފަ. ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު ނާޅާ ކަންތަކެއް އިސްލާހު ނުވާނެ
ގަބުރުސަހަރު
19 March 2024
ޒަމަނީ ގޯޅި ވެސް ބަލާތި.
ބަހަބޯތަކުރުބޭ
18 March 2024
ގޭގޭ ކުރިމަތީ ޕެލެޓާއި އޭތިމީތި ބަހައްޓައިގެން ބޯވަ ހަރު މަތިހެން ހަދައިގެން އެއުޅެނީ ރީއްޗަކަށްނޫން. ހަމައެއް ލަމައެއްނެތި ގޭކުރަމަތީ ސައިކަލް ޕާކުކޮށް ގެއަށް ވަންނަން ދެމިގަންނާނެ ލޯވަޅެއްހިސާބުވެސް ނުލިބޭތީ. މިކަން ހައްލުނުކޮށް ޕެލެޓު ހައްލެއްނުވާނެ. ތިޔައީ ގޮނުދޮށަށް އަންނަ ރާޅުގައި ފައިވިއްދާލާ ފޮނުވާލަން އުޅުން ކަހަލަކަމެއް.
އަހްމަދ
18 March 2024
ޕެލެޓް ނަގުމަކީ ހައްލެއްނޫން. ޕެލެޓް ބަހައްޓާ މީހުނަށް ފިޔަވަޅު ނާޅާ ތިކަން ހައްލުނުވާނެ.
އަހައްމަދޫ
18 March 2024
ތިޕެލެޓުތައް ނަގާއިރު ގެޔައް ވަދެވޭގޮތެއް ހަދައިދޭތި. މިހާރު ޕެލެޓް ބައިންދައިފަ އިންނަ އިރުވެސް އޭގެ އަރިއަރިޔައް ހުރޭ ޕާކުކޮށްފަ.ވަރައް އުދަގުލުން ގެޔައް ވަދެވެނީ. އެއީ ޕެލެޓް ހުންނައިރު ވާވަރު، ދެން ވިސްނާލާ އޭތި ނެތީމަގެޔައް ވަންނާނެ ގޮތެއް
ނާބަ
18 March 2024
އަދި ހުންނާނެ ކޮންކްރީޓް ކޮއްފަ ވެސް ބައެއް ތަން ތާގް ހ.ސެނާގޭގައި ހުންނަ ކޮފީ ސޮޕް ކުރިމަތި ބަލާލާތި އެތާވެސް ހުންނާނެ
ޕެލެޓޭ
18 March 2024
ބައެއް މަގުތަކުގައި މިސާލަލަކަށް އިއްޒުއްދީނު މަގުގެ ދެކުނު ކޮޅުގައި އޮންނަނީ ވަރުވަރުން ރޯނުދަމާފައި. ޢެކަންވެސް ހުއްޓުވެން ޖެހޭ.
ޝެލަރީ
18 March 2024
ކޮބާތޯ ދަގަނޑުން ހަދާފަހުރި ޕާކިންޒޯންގަހުރި ތަކެތި އެއީ އިއްޒަތްލިބިގެންވާ ބޭފުޅުންދެ ތަކެތިތޯ؟
ނަށީދު
18 March 2024
ކާސިންޖީ މަގުން ނަގާބަލަ. ދަގަޑުތަޅާގެ ހެދި މީހުންނާ، ޝީޝާ މީހުންނާ، ވިލާ މީހުންނާ، ހަކަތަ މީހުންނާ ނިއުޗެއިން މީހުންގެ ތަރިކަ މުދާހެން ހީވަނީ ކާސިންޖީ މަގަކީ.
4
18 March 2024
ޕެލެޓުތައް ނެގިޔަސް ފުލެޓުތައް ނަގައިގެންނުވާނެއެވެ.