މިފްކޯ ސީއީއޯ ޝަމާހު
18 މާޗް 2024 - 13:43
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން (ޕީސީބީ) ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
އެ މައްސަލާގައި ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ މަތިން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މިދިޔަ މަހުގެ 29 ގައި ޕީސީބީން ސަމާހަށް ފޮނުވި ސިޓީގައި ވެސް ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.
- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން.
- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށް ރައްޓެހިންނަށް ބަޖެޓުގައި ހިމަނާފައިނެތް ނަމަވެސް ވަޒީފާ ދިނުން.
- ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓްކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އެއްވެސް އާންމުކޮށް އިއުލާނުކުރުމަކާ ނުލާ މީހުން ވަޒީފާއަށް ނެގުން.
- ޕީސީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުންލުން.
- އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން.
- ސީއީއޯ ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން. އަދި ކަމާ ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުން.
- ކުންފުނީގައި އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން ކޮމިޓީއަށް ލުން.
- ކުންފުނީގެ މުވަައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރުޓީ ޕްރޮސީޖާ އާއި ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމާއި އެކްސެސް ލިބުން.
- ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުން.
- ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން.
- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރު ދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ހުރަސް އެޅުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އފުޅު3
19 March 2024
ސަމާހް އަކީ ގާތް ކުއްޖެކެވެ. ސަމާހު އާއި އޭނާގެ އަންހެނުންނަށް ހުތުރު އެއްޗެހި ކިޔާ މީހުންގެ ނަފްރަތު ރައްދުވާ ތަން ފެނި އިވުމަކީ ހިތާމަ ކުރާ ކަމެކެވެ. ސަމާހު އަށް ހެޔޮ ވިސްނުން ދެއްވާ އަބުރު ވެރި ދިރިއުޅުމެއް ދެައްވުން އެދި ދުއާ ކުރަމެވެ.
އަދްނާންް
19 March 2024
ކަންކަން ގޯހުން ގޯހަށް ދަންޏާ އެކަން ހުއްޓުވަންޖެހޭނެ ނުވަތަ ޝައްކުކުރެވެންޏާވެސް ބަލަން ޖެހޭނެ. މި ސަރުކާރަކީ ނަޒާހަތްތެރި ސަރުކާރެއް. އެއީ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން އަންނަ ބަޔެއްވީމާ ރައްޔިތުންގެ އިތުބާރު ނުލިބޭފަދަ އަމަލުތަކެއް ކުރާކަމުގަވަނީނަމަ އަވަސް ފިޔަވަޅުއެޅެންވާނެ. އެއީ ރައީސް މުއިއްޒުގެ ސިޔާސަތު.
އަކްރަމްް
19 March 2024
ވަރަށް ރަނގަޅު. ނަޒާހަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާ ކުރޭތޯ ބަލަންޖެހޭނެ.
ށޮށީ
19 March 2024
ސޮރުކޯރު ކުންފުނިތަކަށް ބޭނުން މީހަކު ލާން ޖަހާ މަޅިއަކީ އިއުލާން ނުކޮށް ހެޑް ހަންޓް ކުރަނީއޭ ކިޔާ ބޭނުން މީހަކު ނަގަނީ. ހެޑް ހަންޓް ހުއްޓުވަން ޖެހޭ
ސާދަ
19 March 2024
ތީގަ މަށަކަށް ހަމަ އެއްވެސް މައްސަލައެއްނެތް. ކަމަކީ އެތެރޭގެ ކަންކަން ދަންނަ އިދިކޮޅުގެ ބައެއްގެ މަސައްކަތް. މަށަށް މައްސަލައަކީ އެމްޑީޕީ މީހުން ހިންގި ޖަރީމާތައް ބަލާނެ ދެކޭނެ ހިންގާނެ ބަޔަކު މިވެރިކަމުގައިވެސް ޔާމީނުގެ ވެރިކަމުގައިވެސް ނެތްކަން. އެމްޑީޕީއަކީ ފިޔަ ބިނދީފައި އޮތަސް ބަދަލު ހިފުމާއި ތިމާމެން ނޫން ބަޔަކު ނެތްކަން ދައްކާ ބައެއް. ޢެހެން ގޮތަކަށް ބުނާނަ ތިމާމެން ކޭތަކެތި ކެއީ ހައްޤު ގޮތުގައިކަން ދެއްކުމަށް އުޅޭބައެއް.
ޖޭމސް
18 March 2024
މަޖިލިސް އިންތިހާބަށް ފަހު ކޯޅިގަންނާނެ..
މުޖުތާޒު
18 March 2024
ތީ ތިތަން އެކްންޏެއްނޫން ހުރިހާކުންފުނިތަކުން އަމަލުކުރަނީ ހަމަތިގޮތައް ކޮންމެ މީހަކަށް މަގާމެއް ލިބޭއިރަށް އޭނަގެ ހިތްއޮންނަނީ ހަޒުރަމާތުން މަތީގަ ފެނުނަސް ދަންނަ ކަމަކަށް ނުހެދޭ އެކަމަކު މަގާމު ލިބުމުގެ ކުރިން ކޮފީބޯންދަނީ ދެމީހުން އެކީގަ
ރަނގަޅު ޗޮއިސް
18 March 2024
މުއިއްޒު އަމިއްލައަށް ވަރަށް ރަގަޅު މީހުން ނަގާފަ އެބަތިބި. މިސާލަކަށް ރައީސް އޮފީހުގެ ޕްރިސިޕަލް މިނިސްޓަރު ޝާހިދު، ކްލައިމެޓް އެންވޯއި އަލީ، އެސްޓީއޯ ޝިމާދު، ފައިނޭންސް މިނިސްޓަރު ޑރ ޝަފީގް، މުނައްވަރު، މިހެން ވަރަށް ކަމަށް ޤާބިލް ޕްރޮފެޝަނަލް މީހުން ނަންގަވާފަ އެބަތިބި. އެއީ ކުލާސް މޭޓު ވެގެނެއް ނޫން، ކަމަށް ރަނގަޅުވާނެ ޕްރޮފެޝަނަލް މީހުން ވީމަ ކަންކުރަން މީހުން ހޯދާފަ. މަވެސް އެމީހުން ދަންނަން
ކޮންމެ
19 March 2024
ޝަމާހު ކަހަލަ ކަޑަ މީހުން ނަގައިގެން އަތައް ގޮވާތީ ކޮންމެވެސް މޮޅު އެއްޗެއް ކިޔަނީ. އެސްޓީއޯގަވެސް ކޮރަޕްޝަން. ޝިމާދުގެ މަސްލަހަތު އޮންނަ ކުންފުނިތަަށް. ޝަފީގަށް ދައުލަތުގެ ބަޖެޓު ނޭގޭތީ މުނައްވަރާ ނަސީރު ގެންދިޔައީ. ފިނޭންސް މިނިސްޓްރީ ހިންގަން 3 މިނިސްޓަރުން ލުން ވަރަށް ސަޅިދޯ؟
ޖެއްސު
18 March 2024
މުއިއްޒުގެ ކްލާސްމޭޓް ސަމާހް ވިޔަސް ގޯސްކޮށް ކަންތައްކުރަންޏާ ވަކިކުރުން އެއީ ރަގަޅުކަމެއް. އެކަމަކު ސަމާހް ވަކިކޮއްފަ މަސްމާރުކޭޓް ހިންގާ އަދުރޭގެ ދަރިއަށް އެތަން ހަވާލްކޮއްފިއްޔަ މަ ވަރަށް ނައްޓާނެ. ސަނާ ކިޔުންވެސް ވަގުތުން ހުއްޓާލާނަން.
ފަހުދު.
18 March 2024
މި ސަރުކާރު ހިންގާ ގޮތުގެ ކުރު ޚުލާސާއެއް