20 މާޗް 2024 - 06:19
މަސްތުވަތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި މިހާރުވެސް އޮޕަރޭޝަނެއް ކުރިއަށް ދާއިރު ގޭންގު ކުށްތަކާ ދެކޮޅަށް ވެސް އާ އޮޕަރޭޝަނެއް ފަށަން ފުލުހުން ނިންމައިފި އެވެ.
ލަންކާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ "ޔުކްތިޔާ" ގެ ނަމުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުންނެވެ. އެތައް ހާސް ބަޔަކު ހައްޔަރުކޮށް އަދި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެއްޗާއި އަގު ބޮޑު މުދާ ވެސް އަތުލައިގެންފައިވާ މި އޮޕަރޭޝަންގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
ފުލުހުން ބުނީ އިއްޔެއިން ފެށިގެން ފުލުހުންގެ 20 ޓީމެއް ގޭންގުތަކާ ދެކޮޅަށް އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށެވެ. މިއިން ކޮންމެ ޓީމެއްގައި ނުވަ އޮފިސަރުން ހިމެނެ އެވެ. އެއީ އިންޗާޖަކަށް ހުންނަ އޮފިސަރުުގެ އިތުރުން އިންޓެލިޖެންސް ހަތަރު އޮފިސަރަކާއި ސްޕެޝަލް ޓާސްކްފޯސްގެ ދެ މީހެކެވެ.
މިއީ ލަންކާގެ ދެކުނާއި ހުޅަނގުގެ ޕްރޮވިންސްތަކުގައި ގޭންގު ކުށްތައް މި ފަހުން އިތުރުވަމުންދާ ކަމަށް ބެެލެވުމާ އެކު ފަށާ އޮޕަރޭޝަނެއް ކަމަށް ބުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
21 March 2024
ރާއްޖޭގައި މިކަހަލަ ކަމެއް ފަށަން ޚިލާޔު ދޭ މީހާވެސް އޮންނާނީ ކަށްވަޅުގަ.
ރަދީފު ބިން ރަފައިދާ
20 March 2024
މުލުން ލުހެލާތި. ނޫނީ ދުވަސްކޮޅެއްފަހުން އަނެއްކާ ކުރިލާ ހެދިދާނެ.