ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ފުލުހުން ބައިވެރިވަނީ -- ފޮޓޯ: ރައީީސް އޮފީސް
19 މާޗް 2024 - 20:51
މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުވާނެ ކަމަށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ދެއްވަމުން ޝިފާން "މިހާރު" އަށް ވިދާޅުވީ ޕޭ ސްޓްރަކްޗާއަށް ގެނައި ބަދަލުގެ ވިސްނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެ ގޮތުން ކޮންމެ ފުލުހަކަށް ވެސް ހާއްސަ އިނާޔަތެއް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
މީގެ ކުރިން ތަފާތު އެކި ނަން ނަމުގައި އެލަވަންސް ދިން ނަމަވެސް، މި މަހުން ފެށިގެން މުސާރައަށް ބަދަލުތައް ގެންނައިރު ދޭނީ މައިގަނޑު ހަތަރު އެލަވަންސެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސް، އަދާކުރާ ވަޒީފާގެ އެލަވަންސް އަދި ރިސްކް އެލަވަންސެވެ.
"ވަރަށް ބޮޑަށް ފޯކަސްކޮށްފައި ހުންނާނީ ފުލުހުން ރައްޔިތުންނަށްޓަކައި މަގުމަތީގައި އެހެން ނޫނީ ފީލްޑްގައި މި ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި، ބުރަކޮށް، މަގުމަތީގައި ސީދާ ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ހުރިިހާ ފަރާތެއްގެ މުސާރައަށް ބޮޑު ބަދަލެއް އަންނަ ގޮތަށް ޕޭ ސްޓްރަކްޗާ ރިވައިޒްކޮށްފައި އެ ހުރީ،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް ޒަމާނުއްސުރެ ދެމުން އައި ކުދި ކުދި އެލަވަންސަކީ، މުސާރައިގެ ސްޓްރަކްޗާއަށް މިހާރު އާއްމުކޮށް ގެންނަ ބަދަލެއް ނޫން ކަމަށެވެ. އެހެންވެ، އެކި ނަން ނަމުގައި އެލަވަންސް ނުދީ މިހާރު ހިމަނާފައި ވާނީ ބޮޑެތި އެލަވަންސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. މަގާމުގެ ގޮތުން ދޭ އެލަވަންސަކީ ވެސް ޝިފާން ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް މުސާރައާ އެއްވަރުގެ އެލަވަންސެކެވެ.
ފުލުހުންނަކީ ދޭތެރެ ދޭތެރެއިން ޑިޕާޓްމަންޓު ބަދަލުވާ ބަޔަކަށް ވާތީ، އެ އިރެއްގެ ކުރާ މަސައްކަތުން މުސާރަ އަށް ވެސް ބަދަލު އަންނާނެ އެވެ.
ފުލުހުންގެ ތެރެއިން މިހާރު އެންމެ މަދުން މުސާރަ ލިބެނީ ކޮންސްޓަބަލުންނެވެ. އެ ރޭންކުގެ ފުލުހަކަށް މިހާރު 11،810ރ. އެވެ. އެކަމަކު، އަލަށް ގެންނަ ބަދަލުން މަދުވެގެން މަހަކު 15،500ރ. ލިބޭނެ އެވެ.
އެލަވަންސްތަކާއެކު ކޮންމެ މަހަކު ވެސް މަދުވެގެން 17،000ރ. ލިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ. ޕެޓްރޯލްމަނުންނަށް އިތުރު 1،000ރ. އަދި ދަންފަޅި ޑިއުޓީ އަދާކުރާނަމަ އިތުރު 750ރ. ލިބެ އެވެ.
ކޮއްތު ފައިސާއަކީ، ކެއުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ ތަންތަނާއި ކުރާ މަސައްކަތުގެ ބާވަތުން ކެއުމަށް ވަގުތު ނުލިބޭ ފުލުހުންނަށް ދޭ އެއްޗެކެވެ.
"ފުދޭ ވަރަކަށް ފޭވަރަބަލް ޗޭންޖެއް ފުލުހުންގެ ޕޭ ސްޓްރަކްޗާއަށް މި އަންނަނީ. މިއީ، 2009 ވަނަ އަހަރު ފަހުން ފުލުހުންގެ މުސާރައިގެ ބޮޑު ބަދަލު ގެންނަ ފަހަރު. ޖުމްލަކޮށް ހުރިހާ ފުލުހުންގެ މުސާރަ ވެސް މަދުވެގެން 35 ޕަސެންޓް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. އެއާ އެއްގޮތަށް ސިފައިންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ބޮޑުވާނެ އެވެ. ރަސްމީކޮށް އޭގެ ތަފްސީލުތައް ނުލިބުނަސް، އެނގިފައިވާ ގޮތުގައި، އެންލިސްޓެޑް ސިފައިންނަށް 15،000-45،000ރ. ގެ މުސާރައެއް، ވޮރެންޓު އޮފިސަރުންނަށް 29،000ރ-46،000ރ. އާ ދެމެދު އަދި އޮފިސަރުންނަށް 31،000ރ-75،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޅހހހ
20 March 2024
ސިވިލް ސަރވެންޓްސް ވޯޓު ނުދޭން ގޮވާލަން
ބަބޫ
20 March 2024
ދިވެހީންގެ މޮޔަކަމަކީ ސިޔާސީމީހުނަށް އިތުބާރުކުރުން
އަންދަލޫސިޔާ
20 March 2024
އިބޫ ޤައުމު ބަނގުރޫޓުކުރީއޭ ގޮވީ. ފައިސާ އޮތީމާތާ ތިޔަ ދެވެނީ. ދައުލަތަށް ފައިސާ ހޯދަން އާ ސަރުކާރުން އިތުރު ކަމެއް ނުކުރޭ. އިބޫ ވެރިކަމުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ 2023 ގައި ބޮޑުކުރީމައި އޭގެ ފައިދާ ގަނޑުކޮށް ފުލުހުންނާ ސިފައިންގެ މުސާރައަށް. ދެން އޮތް ބައި ބޭރު ދަތުރުތަކަށް 80 ނުވަތަ 90 މީހުންގެ ބޮޑެތި ފައުޖުތައް ގެންދިއުމަށް. ސާބަހޭ!
ވައިޓްކޮލަރ
20 March 2024
ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުމިކުރީ ކޮންމެ ފަހަރަކުވެސް ފުލުހުންގެ މުސާރަ ބޮޑުކުރަން ބަޖެޓް ކުރާއިރަށް ސިފައިން ތެޅިގަނެގެން ދަޑިބާނައިގެން އެކަން ހުއްޓުވާ/ ބަރާބަރު 15 އަހަރުފަހުން ފުލުހުންގެ މުސާރައަށް ކުރިއެރުމެއް އެގެނުވީ ދައުލަތުން މިބަދަލު ގެނުވީ ނިމިދިޔަ ސަރުކާރުން އެކަން ތަންފީޒުކުރެއްވީ މިސަރުކާރުން އެހެންވެ ދެސަރުކާރަށްވެސް ހަމަ ޝުކުރު ހައްޤު / ސިފައިންނާއި ފުލުހުންނަކީވެސް ދިވެހިރައްޔިތުންކަން ސިޔާސީ މީހުންނަށް ނަށްވެސް އެނގޭ
އއަޔޔ
20 March 2024
ރާއްޖޭގެ ޕޭ ސްޓްރަކްޗަރ ހަލާކް ކޮށްލީ އިބޫގެ ވެރިކަމުގަ. ވަރަށް ފަރަގު ބޮޑުކޮށް ބައެއް މުއަށްސަސާތަކަށް މުސާރަ ބޮޑުކުރީ
ޑިމޮކްރަސީ
20 March 2024
ސިވިލްސަރވިސް މުވައްޒަފުންނަކީ ޕޮލިޓިކަލް މަޤާމުތަކުގަ ތިއްބަވާ ބޭފުޅުންނަށް ނޯކިރީކުރަން ބައިތިއްބާފަ ތިބޭ އަޅުމަސައްކަތު ބައެއް
ޖެއްސު
20 March 2024
ވައުދު ވެފާވާ ކަންތައް ކުރުން އެއީ މައްސަލައެއް ނޫން ހުރިހާކަމެއް އެއްފަހަރާ ނުވާނެ މިއަދުގެ 3 މަހާ ކުރީގެ 5 އަހަރާ ނުބައްދަލު ކަންޔަގީން
ބާބޫޖީ
20 March 2024
ސެކަންޑަރީ އަށް ކިޔަވައިދޭ ޕްރިންސިޕަލެއްގެ މުސާރައިގެ 2 ގުނަ އޮފިސަރަކަށް ލިބިފަ ، އޯލެވެލް އޭލެވެލް އަށް ކިއަވައިދޭ ޓީޗަރަށް ވުރެން 15000ރ. ބޮޑުކޮށް ވޮރެންޓު އޮފިސަރުންނަށް ލިބިފަ ސުޕަރ ސްޕަލެޝައިޒް ވެފަ ހުރި ޑޮކްޓަރަ ވުރެއް 20000ރ ބޮޑުކޮށް އޮފިސަރުންނަށް ލިބުނީމަ ގައުމު އޮންނާނީ ކިހިނެއް ހެއްޔެވެ. ފުލުހުންގެ ގާބިލުކަން މުސާރަ ބޮޑުކުރީމަ ރަނގަޅު ވޭހެއްޔެވެ. ކޯޓަށް ވައްދާ ކޮންމެ 3 މައްސަލަ އަކު 2 މައްސަލަ ބޭރުވަނީ ހެކި ނެތިގެންނެވެ.
ދަރިވަރު
20 March 2024
ކުދިންނޭވެ! ޤައުމު ހަލަބޮލިނުވެ އަމާންކަމާއެކު މި ހާ ރު އެދަނީ ފުލުހުންގެ ސަބަބުން. ތިކުދިންގެ ލޮލަށް ހަމަނިދި ލިބި ރައްކާތެރިކަން ކަށަވަރުވެ އަދި އިޙްޞާސް އެވަނީ ހަމަ އެ ފުލުހުންގެ ސަބަބުން. ތިކުދިން އޮފީހުގައި އޭސީކޮޓަރި ތަކުގައި - ފުލުހުން ރަތްދައްކާ އަވީގައި ވެހޭވާރޭގައި ކޮއްޅަށް. އަދި ދަންވަރު ހޭލާ. މަގު ފެންބޮޑު ވިއްޔާ އާއިލާ ދޫކޮށްފަ ރައްޔިތުންގެ ގޭގެ ފެންހިއްކަން. މިހެން ގޮސް ދޫކޮށްލާނެ ވަކި އެއްކަމެއް ނެތް...ކޮއިފުޅުންނޭ. ވަރަށް ސަލާމް.
ޢަލީ ފަހު
20 March 2024
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުުރުން ނެތް.. ސިވިލް ސަރވިސް މުވައްޒަފުންނަކީ ހައްޕުނޑު ދޯ