ޚަބަރު / ސިވިލް ސާވިސް

ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް، އޯޓީ ފައިސާ ދިނުމުގައި ބަދަލުތަކެއް ގެނެސްފި

ޓްރާންސްޕޯޓު މިނިސްޓްރީގައި މުވައްޒަފުންތަކެއް މަސައްކަތްކުރަނީ: މި މުވައްޒަފުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭނެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް، އިތުރު ގަޑީގެ ފައިސާ ދިނުމުގައި ބަދަލުތަކެއް ގެނެސްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ، ސްޕެޝަލް އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތް މީގެ ކުރިން ދެމުން ދިޔައީ، މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރު ގަޑީގައި މަސައްކަތް ކުރުމުން ކަމަށެވެ.

ނަމަވެސް، އަލަށް ގެނައި ބަދަލުން، ރަސްމީ ގަޑި ހަމަވުމުން އިތުރު ގަޑީގައި ކުރާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ އިނާޔަތް ލިބޭނެ ކަމަށް ބުންޏެވެ.

ސްޕެޝަލް ޑިއުޓީ އެލަވަންސް އަކީ އާ ޕޭ ސްޓްރަކްޗާއަށް ބަދަލު ނުވެ ތިބި ހުރިހާ މުވައްޒަފުންނަށް ލިބޭ އެލަވަންސްއެކެވެ. މި އެލަވަންސް ކުރިން ލިބެމުން ދިޔައީ ވަކިވަކި މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ނަމަވެސް، ކުރީގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް އާ ޕޭފްރޭމްވޯކަށް ބަދަލުނުވެ ތިބި ހުުރިހާ މުވައްޒަފުންނަށް އެ އެލަވަންސް ދިނުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި އެވެ.

އެހެންވެ، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން އަދި އެހެނިހެން ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި އެލަވަންސް މިހާރު ލިބެ އެވެ.

"ސްޕެޝަލް ޑިއުޓީ އެލަވަންސާ ގުޅިގެން އޯޓީ ފައިސާ އުނިވާ ގޮތަށް އޮންނަ އޮތުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރެވޭތީ މި ބަދަލު ގެނައީ." ކޮމިޝަނުން ބުންޏެވެ.

22 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެހެން

24 March 2024

"ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރެވޭތީ މި ބަދަލު ގެނައީ." ކޮމިޝަނުން ބުންޏެވެ. މިހެން ހުރި ހުރިހާކަމެއް ވެސް ކޮމިޝަނުން ރަނގަޅު ކޮށްލާނެނަމަ ކިހާ ރަނގަޅު! ސިވިލް ސާރވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ލިބޭ ޕަސެންޓޭޖް އެކި މުވައްސަސާތަކުގައި ތަފާތު ކޮށްއޮތުމަކީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކުރެވޭ ކަމެއްތޯ ސުވާލު އުފެދޭ! އެއްބަޔަކަށް 40-50% އަނެއްބަޔަކަށް 10-20% އެކަމު ހަމަ ސިވިލް ސާރވެންޓުން.

The name is already taken The name is available. Register?

ދިވެހި ނަރުސް

22 March 2024

އަހަރެމެން ގެ އޯޓީ އޮތީ 10% އަށް ލިމިޓް ކޮށްފަ .ރޯދަމަހު 6 ގަޑި އިރު ޑިޔުޓީ.އެކަމަކު އިތުރު ގަޑި ލިބެނީ 8 ގަޑި އިރު ފަހުން ނޯ.އިންޑިޔާ ނަރުހުންނަށް އަންލިމިޓެޑް އޯޓީ

The name is already taken The name is available. Register?

ދިމްހާ މުހައްމަދު

21 March 2024

މަރުހަބާ ސްޕެޝަލް ޑިއުޓީ އަދާ ކުރާ ކުދިން. ޝުކުރިއްޔާ ރައީސް މުއިއްޒް.

The name is already taken The name is available. Register?

އިސްމާއިލް އުޝާމް

21 March 2024

މުއިއްޒް ވަރެއް ނެތޭ ހަމަ. ތަފާތު އިނގޭ

The name is already taken The name is available. Register?

އަސްލަމް ވަހީދު

21 March 2024

މިދިޔަ ސަރުކާރުގައިވެސް މިކަން ކުރަން އެދުނިން. ނަމަވެސް ނުވި. އަޑު މި އެހީ ރައީސް މުއިއްޒްގެ ސަރުކާރުން.

The name is already taken The name is available. Register?

އަފްނާން މުހައްމަދު

21 March 2024

ހާދަ ރަނގަޅު ނިންމުމެކޭ. ކިހާ ބޮޑު އުފަލެއް މި ލިބުނީ.

The name is already taken The name is available. Register?

ނިހާޟް މުހައްމަދު

21 March 2024

އަލްހަމްދުﷲ. އުފާވެރި ހަބަރެއް.

The name is already taken The name is available. Register?

ފާތުމާ23

20 March 2024

މިދިޔަ 5 އަހަރުން ކުރަން އުޅެއުޅެ ނުވިކަމެއް

The name is already taken The name is available. Register?

2234

20 March 2024

ސޯލިހު ވަރަށް ގިނަ ކަން ނިންމަން ހިތައްއެރުވި ވޯޓާކައިރިކޮށް. މިސަރުކާރުން ހަމަޖެހުނީ. ކުރީ ސަރުކާރު އޮތްނަމަ ހިފަހައްޓާފަ އޮންނާނީ އާއްމުކޮށް ކަންވާގޮތް އެއީ

The name is already taken The name is available. Register?

ބޫސް

20 March 2024

ތިޔައީ މިއަދަކު އައި ބަދަލެއް ނޫން . އަޅުގަނޑުމެން ތިޔަ 44 ގަޑިއިރު ނުކަނޑާތާ މިހާރު 1 އަހަރު ވެއްޖެ

The name is already taken The name is available. Register?

ދޮންދީނި1

20 March 2024

ގިނަ މިިނިސްޓްރީތަކަށް އައި ބަދަލެއް ދޫންޏާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454