ޗައިނާ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓި
21 މާޗް 2024 - 23:02
ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓިޔަންޔިން އިންކް، (ސީއެންޓީވައި)އާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވައިރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ޗައިނާ ޓިޔަންޔިން އިންކް، (ސީއެންޓީވައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ސީއެންޓީވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ގައުމީ ތަރައްގީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ހައްސާސް މަޝްރޫއެއް ކަމަށެވެ.
ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާ އާއި ރާއްޖެއާއެކު ވީ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ސީއެންޓީވައި އިން، އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ވެސް ނިންމާފައިވެ އެވެ. އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަޖީ މަޝްރޫއުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންޔިން އިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްބީ
23 March 2024
މުއިއްޒު ޗައިނާ ދަށުވެގެން މަމެންނަށް ރީތި ބޮނޑިއެއްދޭނެ.
ވަގުބްރޯސް
22 March 2024
ތީ ތިތާ އުޅޭ އެނަރޖީ އާއި ވޭސްޓުގެ ދެ ޑީޖީ ޖީބު ބޮޑު ކުރަންވެގެން ގެނައި ބައެއް
ޖީބު
22 March 2024
ޖީބު ފުރި ބަޔަކު އުޅުނު މީގެ 3 މަސްކުރިން އެމީހުން ދިޔައީ އެމީހުންގެ ރައްޓެހިންނާ ގާތްތިމާގެ މީހުންގެ ޖީބު ފުރައިގެން
4
22 March 2024
ޗައިނާއަކީ އެންމެގިނައިން ބޯޓުދެލު އަންދާ ގައުމު. ބަލަންވީނު ޗައިނާއިން ބޯޓުދެލި ލިބޭތޯ.
ކިހިނެއް
22 March 2024
އިންޑިޔާގަ ދެން ކޮންކަމެއް ތޯ ކުރަނީ