އުރީދޫއިން އައްޑޫގައި ބޭއްވި ރޯދަވިއްލުން. -- ފޮޓޯ: އުރީދޫ
25 މާޗް 2024 - 13:17
މި ރޯދަ މަހު އުރީދޫން ލޯންޗުކުރި "އިސްރަށްވެހިންނާ އެކު" ޕްރޮގްރާމުގެ ދަށުން ފުރަތަމަ ރޯދަ ވިއްލުން ބާއްވައިފި އެވެ.
މި ރޯދަ ވީއްލުން އޮތީ އައްޑޫގަ އެވެ. "އިސްރަށްވެހިންނާ އެކު" ޕްރޮގްރާމުގެ ދަށުން ރޯދަ މަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޯދަ ވިއްލުންތަކަކީ ޒުވާނުންނާއި އިސްރަށްވެހިންނާ ދެމެދު ގުޅުން ބަދަހިކޮށް، ދެ ޖީލު ގުޅުވައިދީ، ހިޔާލު ބަދަލުކޮށް ވާހަކަދައްކާ، މަޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފުރުސަތު ދިނުމެވެ.
އުރީދޫގެ ސީއެސްއާރު ޕްރޮގްރާމެއްގެ ގޮތުގައި "އިސްރަށްވެހިންނާ އެކު" ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ތެރެއަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.
އުރީދޫން އިސްރަށްވެހިންގެ ޝާމިލުވުން މުޖުތަމައުގައި އިތުރުކޮށް، ޒުވާނުންނާއި އިސްރަށްވެހިން ގުޅުން ބަދަހިކުރުމަށް ހިތްވަރު ދިނުމަށް މި ރޯދަ މަހުގެ ތީމަކަށް ކަނޑައަޅާފައި ވަނީ "ގައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން ދަންނަމާ" މި އެވެ. އަދި މި ތީމުގެ ދަށުން އެ ކުންފުނިން ވަނީ ކުރު ފިލްމެއް ވެސް ނެރެފަ އެވެ.
އުރީދޫއިން އައްޑޫގައި ބޭއްވި ރޯދަ ވިއްލުން. -- ފޮޓޯ: އުރީދޫ
އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ފަދަ ހަރަކާތްތައް މެދުވެރިކޮށް މުޖުތަމައުގެ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުމެވެ. އަދި މި ހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
27 March 2024
އެކްސްކިއުޒްމީ! އިސް ރަށްވެހިންތަ އިސް ފައިސާވެރިންތަ؟ ވަރަށް ވިޔަފާރިވެރިން ފެންނާތީ.ދެން މޭޔަރާއި ޕޮލިސް ކޮމާންޑަރާއި އިދާރާތަކުގެ ވެރިން ފެންނަނީ.