މިފްކޯ އާއި ޕީސީބީގެ އޮފިޝަލުން މަޖިލީހުގައި--ފޮޓޯ: މަޖިލިސް
25 މާޗް 2024 - 18:42
މަގާމުން ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މަގާމުން އެކަހެރި ކުރި މައްސަލައިގައި ޕީސީބީ އާއި މިފްކޯގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.
އެ މައްސަލާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަމާހު ވިދާޅުވީ ޕީސީބީން އޭނާ ސަސްޕެންޑް ކުރި އިރު އެއްވެސް ނޯޓިސްއެއް ފޮނުވާފައި ނުވާ ކަމަށާއި ސަސްޕެންޑް ކުރި ސަބަބެއް އަދި އޭނާ ކުރީ ކޮން ކަމެއް ކަމެއް އަންގާފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ގާނޫނީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމައެއް ނުވޭ." ސަމާހު ވިދާޅުވި އެވެ.
އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން 12 ނުކުތާއެއް ހިމެނޭ ސިޓީއެއް ޕީސީބީން މިފްކޯ އަށް ފޮނުވާފައިވާ ކަމަށާއި އެ ސިޓީ ވެސް އޭނާ އަށް ލިބުމުގެ ކުރިން ހުއްދަ ނެތި ކުންފުނީގެ ބޯޑުގެ އެހެން މެންބަރުންނާއި ސޯޝަލް މީޑިއާ އަށް ބޭރުވެފައިވާ ކަމަށް ސަމާހު ވިދާޅުވި އެވެ. އެއީ ސީދާ އަބުރު ކަތިލުމުގެ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަސްޕެންޑް ކުރުމަށް ފަހު ޕީސީބީން ފަސް ނުކުތާ ހިމެނޭ ލިސްޓެއް ފޮނުވާފައިވާ ކަމަށް ސަމާހު ވިދާޅުވި އެވެ. އެއީ އާއިލީ ނުވަތަ ވިޔަފާރީގެ ގުޅުން އޮތް ބަޔަކާ މިފްކޯ އިން ޑީލް ކުރޭތޯ އާއި ތިމާގެ މީހަކަށް ވަޒީފާ ދީފައިވޭތޯ އާއި ބޯޑުގެ ނިންމުންތައް ދިނުމަށް އެދިފައިވާ ކަމަށް ސަމާހު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މުނި މުނި ކާފަ އަށް ބެލިޔަސް އަޅުގަނޑުގެ ލޭ ހިނގާ އެއްވެސް މީހަކު މިފްކޯގައި ނުހުންނާނެ. އަދި އެއީ ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ އާ ވިޔަފާރީގެ ގޮތުންނާއި އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް ބަޔަކާ މިފްކޯ އިން އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށް ވެސް ސަމާހު ވިދާޅުވި އެވެ.
މި މައްސަލާގައި ވާހަކަ ދައްކަވަމުން ޕީސީބީގެ ނައިބު މުހައްމަދު ފިރާޒް ފުރަތަމަ އެދިވަޑައިގަތީ ކޮމިޓީ ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި ތަހުގީގު ކުރިޔަށް ދާތީ މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަށް އެނގޭ ގޮތަށް ބައެއް ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޮމިޓީ ސިއްރު ކުރަން ފެނޭތޯ މުގައްރިރު ސުވާލު ކުރެއްވުމުން އެކަމަށް މެންބަރުންގެ ތާއީދެއް ނުލިބުނެވެ. މެންބަރުންގެ ވިސްނުމަކަށްވީ މިފްކޯގެ ތެރޭގައި ހިނގާ ކަންކަން ފުރިހަމަ އަށް ރައްޔިތުންނަށް ސާފު ވާނީ މިހާރަށް ވުރެ ބޮޑަށް ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުންނެވެ.
އެ މައްސަލަ ސިއްރު ނުކޮށް ކުރިޔަށް ގެންދަން ނިންމުމުން ފިރާޒް ވިދާޅުވި ގޮތުގައި މިފްކޯގެ ސީއީއޯ އާ ދެކޮޅަށް މައްސަލަތައް ލިބުނީ ޕީސީބީގެ ވިސިލްބްލޯ ޕޯޓަލް މެދުވެރިކޮށެވެ. އެހެންވެ އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ މައްސަލަ އާ ގުޅޭ ވަރަށް ގިނަ ކިތާބީ ހެއްކާއި މެސެޖުތައް ފަދަ ތަކެތި ލިބިފައިވާ ކަމަށް ފިރާޒް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ނުވަ ވަރަކަށް ހުލާސާ މައްސަލަ ހުރި ކަމަށާއި ތަފާތު ފަސް ތުހުމަތެއް ސަމާހުގެ މައްޗަށް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި އިންތިހާބު ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުން ކުރުމާއި ގިފްޓް ހެމްޕާތައް ދިން މައްސަލަ އާއި ދަތުރުތަކުގައި 1.3 މިލިއަން ހަރަދު ކުރުމާއި އާއިލީ ބޭފުޅުންނަށް ވަޒީފާތައް ދޭ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު ސަސްޕެންޑް ކޮށްފައި ވަނީ އެ މައްސަލަތަކާ ގުޅިގެން ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ކަމަށާއި އެއީ އެއްވެސް ނުފޫޒެއް ނެތި އެކަންކަން ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި އިދާރީ ގޮތުން ވަގުތީ ގޮތުން އެކަހެރި ކުރީ ކަމަށް ވެސް ފިރާޒް ވިދާޅުވި އެވެ.
އެ މައްސަލާގައި ބައެއް މެންބަރުން ވަނީ ޕީސީބީން އޭނާ އަށް ފިޔަވަޅު އަޅާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރެވޭ ތުހުމަތުތަކަކީ ސަސްޕެންޑް ކުރަން ޖެހޭ މައްސަލަތަކެއް ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ޕީސީބީން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އެއީ މައްސަލަ އަށް ނުފޫޒެއް ނުވަންނަ ގޮތަށް ތަހުގީގު ކުރުމަށްޓަކައި އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫނު
26 March 2024
ފްލެޓް ތަކުން މަކަރުހެދި ފްލެޓް ކޮމެޓީއައް މަޖިލީހުންވަނީ ހުރިހާ ސިއްރު ރިޕޯޓްތައް ހަވާލު ކޮއްފާ އަދި ބައްދަލު ވުންވެސް ސިއްރު. ސަރުކާރުގެ ބޮޑު މީހަކު ވެއްޖެޔާ ސުވާލު ކުރެވޭ އަދި ސިއްރެއްވެސް ނޫން. ވަގު ހެދި މީހުނައް ވަނީ ސުވާލު ނުކޮއްދޫ ކޮއްލާފަ. އަދި އަޅުވަން އުޅެނީ ސަރުކާރު ބޮލުގަ
ކޮލަމާހުއްޓާ
26 March 2024
އިންތިޚާބާ ދިމާކޮށް ޕީއެންސީގެ އެތައްބަޔަކަށް ބޮޑެތިވަޒީފާތައް ދީފި. ހެސްކިޔާފަ ޕްރޮމޯޝަނަ ދެމުންދަނީ.
ޖެއްސު
26 March 2024
މިއީ އެމްޑީޕީ ސަރުކާރެއް ނޫން ނިމިދިޔަ ރިޔާސީ އިންތިހާބުގަ 20 30 ރިސްވަތު ވަޒީ ބަހާ އަދި ހުވާކުރުވާފަ ރުފިޔާ ބަހަން. ތަހުގީގު މިހާރު ވެސް ފެންނަ ގޮތައް އެދަނީ އެބުނީ ކާކުކަން ނޭނގޭ މީހަކު ޕޯޓަލްއިން ކުރި ޝަކުވާ އެކޭ އަދި ހެއްކެއް ވެސް ނެތް. ސިޔާސީ ބޭނުމައް އޭނައައް ޗިޓު ލިބުމުގެ ކުރިން ހުރިހާ ނޫހަކައް ލިބުނީ ވެސް
ޢެފްޕީއައިޑީ މޫނުމަތި ބަދަލުވީ
26 March 2024
މިފްކޯގެ ރިޖެކްޓްމަހުގެ ނުފޫޒު ޕީސީބީއަށް ވަދެއްޖެ ދޯ؟ އެހެންނުވާނީ ސަމާހު އެބުނަނީ ވިއްޔަ ތައިލެންޑަށް ފޮނުވާ ކޮންމެ ޝިޕްމެނޓަކުން 7 މިލިއަންރުފިޔާގެ މަސް ރިޖެކްޓްވެ އަނެއް 7 މިލއަން ރުފިޔާގެ މަސް ވީނުވީއެއްނޭގި ގެއްލެޔޯ؟ ހަނދާންވަނީ އެފްޕީއައިޑީގެ މައްސަލަމަތިން. މިކަރަޕްޝަން އޭރުއްސުރެ މިދަނީ ކުރިއަށްތާ. ނަފާލިބޭމީހުންބަދަލުވަނީ. ރިޖެކްޓްވާމަސް އަނބުރާގެނެސް ވަޅޮމަސްވެސް ހެދޭނެތާ! ތެލުގެ ޝޯޓޭޖް؟ މަސް ސްޓޯރޭޖަށް ވަނުމުގެކުރިންވެސް ޝޯޓޭޖް!
ދިޔާނާބީ
26 March 2024
އޭނަ ބޮލުގަ ކިހިނެއް އެޅުވޭނީ މިހުރިހާ ޒަމާންވި އިރުވެސް ވަމުންދާ ގޮތެއް. ކުރިންވަކިވި ހުރިހާ އެންމެންގެ ބޮލުގަ ވެސް އެޅެންވާނެ. އޭގެ ފައިދާ ނަގަނީ ތައިލެންޑްގެ ވިޔަފާރިވެރިން
ކޮވެލި
25 March 2024
ތީ ގައުމީ ސަލާމަތާ ގުޅޭ ކަމެއްދޯ. ސިއްރުކޮށްގެން ގެންދާށޭ ބޯ ހަލާކު. މިވަރު މީހުން މިތިބެނީ ބޮޑެތި ގޮނޑި ގޮނޑިއަށް އަރާ.
ހަމަދު
26 March 2024
މައްސަލަ ހުށަހެޅި ފަރާތުން ބޭނުންވަނީ ސިއްރުކުރަން އެހެންވެ އިނގެނީ ރަނގަޅު ތުހުމަތެއް ނޫންކަން. ތުހުމަތުވާ މީހާޔައް ފޮނުވި ޗިޓް ފުރަތަމަ ލިބުނީ ވެސް މީޑިޔާތަކައް
ޙަކުރު
25 March 2024
ޢެކިފަހަރު އެކި މޫޑުގަ އިންނަވާބޭކަލެއް. ޙަމަ މީހެއްނުން
ކިހިނެއް
26 March 2024
އޭނާގެ މައްސަލައެއް ނެތް ކަން މިހާރު ވާހަހަކަ ތަކުން އެބަ އިނގޭ
ކޮލަމާހުއްޓާ
25 March 2024
މިފްކޯ، ފެނަކަ، އާރުޑީސީ، ވެމްކޯ މީމިހާރު ރައްޔިތުންގެ ޓެކްސްފައިސާއިން ހެސްކިޔާފަ ސިޔާސީ މަންފާ އެވަގުތަކު އޮންނަ ސަރުކާރުން ކުރާ ތަންތަން. ތިތަންތަން ދިރާގު އަދި އެމްޑަބްލިޔުއެސްސީ ފަދައިން އެބަޖެހޭ ޕްރައިވެޓްކުރަން.
ވައްތަރު
26 March 2024
ނިމިދިޔަ ސަރުކާރުން އަސްލު އޭގެ ރެކޯޑް މުގުރާލީ ހުރިހާ ކުންފުންޏެއް ދަރުވާލާފަ. މިހާރު އެބަ ޖަހާ ހިންގަން އުޅޭ ވައްތަރު
އަސްލުު
25 March 2024
މަޖިލީސް މެމްބަރުންނާ ހުރެ މި ގައުމު ހަމަމަގުން ނުދަނީ. މިނިވަން އިދާރާތަކަށް ބިރުދެއްކުން ކަމަކީ. މި މީހުން ރުހޭ މީހަކުނަމަ ހަޒާނާ ހުސްކޮށްލިއަސް އެއީ ފިޔަވަޅު އަޅަންޖެހޭވަރު ކަމެއް ނޫން.
ނުގސް
25 March 2024
ބަރާބަރު ވާހަކަޔެއް. އަދި ކޮބާ ސަރުކާރަށް މަޖިލިސް ލިބިއްޖިއްޔާ ވާނެ ގޮތް؟ ހުރިހާ މުއައްސަސާތަކުގެ މެންބަރުންވެސް ތިބޭނީ ރޫރޫ އަޅައަޅަ،
ނަންނަނަ
25 March 2024
މަޖިލީސް އެއް ނޫން. މަޖިލީހާއި ކުންފުނިތަކާއި ސަރުކާރުގައި އުޅޭ ކޮރަޕްޓް މީހުނާހެދި ޤައުމު ނުހިނގަނީ. ސިޔާސީ ކޮރަޕްޓް ނޫންމީހަކު ނެތް.
ޖެއްސު
26 March 2024
އެމްޑީޕީ ސަރުކާރުން ހުރިހާ ކުންފުނި ތަކެއް ބަގުރޫޓް ކުރިޔަސް މިފަހަރު ނުވާނެ އިރާދަކުރެއްވިޔާ އެހެނެއް. ނިކަން ބަލާބަލަ ފްލެޓުން ވައްކަން ކުރި ކޮމެޓީއައް މިޖިލީހުންވަނީ ހުރިހާ ތަހުގީގެއްގެ ރިޕޯޓް ހުށަހަޅާފައި އަދި އެމީހުނާ ސުވާލެއްވެސް ނުކުރޭ އަދި ބައްދަލުވުން ސިއްރުކުރީ ވެސް