އެމްކިޔުއޭގެ ސީއީއޯ ފިޒާނާ އަދި އެ އޮތޯރިޓީގެ ބައެއް އިސް ވެރިން.-- ފޮޓޯ: އެމްކިޔުއޭ
25 މާޗް 2024 - 23:06
ވަޒީފާއަށް އެދި ހުށަހަޅާ ލޯކަލް ސެޓްފިކެޓްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރުކޮށް، މުއައްސަސާތަކުން ތައްގަނޑުޖެހުން މިއަދު ހުއްޓާލައިފި އެވެ.
އެ އޮތޯރިޓީ އިން ރާއްޖޭގައި ހިންގާ ރާއްޖޭގެ ކޯސްތަކުގެ ސަނަދުގައި ތައްގަނޑުޖެހުން ހުއްޓާލުމާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އެކިއެކި މުއައްސަސާތަކުން ލޯކަލް ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސަނަދުތައް ވެލިޑޭޓްކޮށް ދަނީ ދަރަޖަކުރަމުންނެވެ.
ވަޒީފާއަށް އެދި މީހުން ހުށަހަޅާ ލޯކަލް ސެޓްފިކެޓްތަކުގައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން "ކަށަވަރު ކުރެވިފައި" އެގޮތަށް ބަޔާންކޮށް މުއައްސަސާތަކުން ތައްގަނޑުޖަހާ ސޮއިކޮށްފައި ވެސް ހުރެ އެވެ.
އެމްކިޔުއޭއިން ބުނީ މިއަދުން ފެށިގެން އެގޮތަށް އިބާރާތްކޮށް ސޮއިކުރުމަކީ މަނާކަމެއް ކަމަށެވެ.
ސަނަދުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މަތީ ތައުލީމު ދޭ މަރުކަޒުން ދޫކުރަމުން އަންނަ ކޯސް ނިންމި ކަމުގެ ލިޔުން ވަޒީފާއަށް އެދި ހުށަހަޅާ މީހަކު ވަޒީފާއަށް އެދޭ ލިޔެކިޔުންތަކާއެކު މުއައްސަސާތަކަށް ހުށަހެޅިދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ވަޒީފާއަށް އެދި ހުށަހަޅާ އެއްވެސް ލިޔުމަކާ ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ވަޒީފާއަށް އެދި ހުށަހެޅި އޮފީހަކުން އެމްކިޔުއޭ އަށް އެ ސަނަދާ، އެއާ ގުޅުން ހުރި ލިޔެކިޔުންތައް ހުށަހެޅުމަށް އެމްކިޔުއޭއިން ވަނީ އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
26 March 2024
އެއީ، ކުރިންވެސް، ކަލޭމެންގެ އަމިއްލަ، ދޮންކެޔޮ ޖުމްހޫރީ ތައްގަނޑު ތަކެއް. ހީހީހީހީ.
ބިންގޯ
26 March 2024
ރާއްޖޭން ބޭރުން ކިޔަވައިގެން އަންނަކުދިން ގެންނަ ސެޓިފިކެޓް ގެ ހުކުމަކީ ކޮބާތޯ. ތައްގަނޑު ޖަހަން ޖެހެބާ
އޭންް
25 March 2024
ފްލެޓް ކޮމިޓީ މީހާ ތިހުރީ ފޮޓޯގައި ސަރުކާރު މަގާމެއްގައި ކިހިނެއް އިންސާފުވާނީ
ގުޑް
25 March 2024
ކިޔަވައިގެންތިބި އަޚުލާގު ރަނގަޅު ދިވެހިން ބާކީކޮށް ޕާޓޭންނާ މުޖުރިމުންނާ ނުކިޔަވާ ވަކަރުގޭ ކުދިންނަށް ދައުލަތުގެ އިސް މަގާމުތަށް ދެމުންދާއިރު އެކަމަށްޓަކާ އެޅުނު ރަނގަޅު ފިޔަވަޅެއް. މަރުހަބާ ސަރުކާރު