ފަލަސްތީނުގެ އިންސާނީ ހައްގުތައް ބެލުމަށް ކަނޑައަޅާފައިވާ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް
27 މާޗް 2024 - 08:06
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ބެލެވޭނެ ކިތަންމެ ސަބަބުތަކެއް އެބަހުރި ކަމަށް، ފަލަސްތީނުގެ އިންސާނީ ހައްގުތައް ބެލުމަށް ކަނޑައަޅާފައިވާ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.
އަލްބަނީޒް ވިދާޅުވީ ޔޫއެން ޖެނޮސައިޑް ކޮންވެންޝަންގައި ބަޔާންކުރާ ފަސް ކަމެއްގެ ތެރެއިން ތިން ކަމަކާ އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.
"ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގެ ޒާތާއި މިންވަރާއި އެކަމުގެ ސަބަބުން އޮތް ދިރިއުޅުމުގެ ފަނާކުރަނިވި ހާލަތްތަކުން ހާމަވަނީ ފަލަސްތީނުގެ ނަސްލު ޖުމްލަ ގޮތެއްގައި ނައްތާލުމުގެ ނިޔަތް އޮތްކަން،" އިޒްރޭލުން ވަގުތުން ދެކޮޅު ހަދައި ރައްދު ދިން ރިޕޯޓްގައިވެ އެވެ.
އިޒްރޭލުން ބުނީ މިއީ އެއްފަރާތަކަށް ޖެހިފައިވާ އިންސާފެއް ނެތް ރިޕޯޓެއް ކަމަށެވެ.
އަލްބަނީޒް އަކީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އައްޔަންކޮށްފައިވާ މިނިވަން ބޭފުޅެކެވެ. އެކަމަކު އޭނާ އަކީ އދ.ގެ ނަމުގައި ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. އޭނާ ސާފުކޮށް ވިދާޅުވީ ނަސްލު ނައްތާލުމުގެ އަމަލުތައް އިޒްރޭލުން ހިންގާ ކަމަށް ގަބޫލުކުރަންޖެހޭ ސަބަބުތައް މިހާރު ފެންނަން އެބަހުރި ކަމަށެވެ.
"އެނަޓޮމީ އޮފް އަ ޖެނޮސައިޑް" ގެ ނަމުގައި ނެރުނު ރިޕޯޓުގައި އެ އަމަލުތަކުގެ ގޮތުގައި ބުނެފައިވަނީ ވަކި ބަޔަކު މެރުން، ވަކި ބައެއްގެ ހަށިގަނޑަށް ނުވަތަ ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ދިނުން އަދި ގަސްތުގައި ވަކި ބަޔަކު ނިކަމެތިވެ ހަލާކުވާ ގޮތަށް ބަލައިގެން ދިރިއުޅުމުގެ ހާލަތު ވަކި ގޮތަކަށް މަޖުބޫރުކުރުވުމެވެ.
އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ބުނެ އެކަން ހުއްޓުވަން ދެކުނު އެފްރިކާ އިން އދ.ގެ އެންމެ މަތީ ކޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގައި ވެސް އެފަދަ އަމަލުތައް ނުހިންގަން އޮތީ އަމުރުކޮށްފަ އެވެ. އެކަމަކު އެ އަމުރަށް އިޒްރޭލުން ތަބައެއް ނުވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޕަޓުއާ
28 March 2024
ޔަހޫދީ ނަސްލު ނައްތާލަން ހަމާސްއިން ހަމަލާ ނުދޭތަ
ހުސޭނުގެ ހަސަނު
28 March 2024
ކާމިނީގޭ ވައްތަރު ޖަހާ އެބަ!
ޔަހޫދީ
30 March 2024
ނޭގޭވާހަކަ ނުދައްކައްޗޭ!
0323
27 March 2024
ފަލަސްތީނުގެ ނަސްލު ނައްތާލާން އެންމެ އިސްރޯލެއް ކުޅުނީ އދ..؛